Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަން

ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި. ނޫސްވެރިންގެ މަސައްކަތްތަކަށް ރައީސް ތައުރީފު ކުރެއްވި ނަމަވެސް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން ހުށަހަޅާ ކަންކަމަށް ޖަވާބު ދިނުން ލަސްވުމުގެ ޝަކުވާތައް ވަނީ އިތުރުވެފައި. އެހެންކަމުން، ދައުލަތުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ނޫސްވެރިންވެސް އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2026 | އާދީއްތަ 03:51
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މި މިނިވަންކަމުގެ ބޭނުން ހިފުމަށް ހުރިހާ ނޫސްވެރިންނަށް ސަރުކާރުން އިލްތިމާސް ކުރާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމުޢިއްޔާތަކުގެ އަގުވަޒަންކުރުމުގެ މުހިންމުކަން ސަރުކާރުން ބަލައިގަންނަ ކަމަށެވެ.

މީގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމެއް ހިންގުމުގައާއި، ދެމެހެއްޓެނިވި ތަރައްޤީއަށާއި، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމުގައި މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ އިތުރުން، އާންމުންގެ މެދުގައި ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދީ، ނޫސްވެރިކަމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެގޮތުން ކުރެވޭ ގުޅިފައިވާ މަސައްކަތްތަކަކީ ދައުލަތުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކުރުވުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށްވާއިރު، މިއީ ރައްޔިތުންގެ އިތުބާރު ހޯދުމަށާއި ދައުލަތުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ކިބައިގައި ހުރި ފަންނީ ހުނަރާއި، ހިތްވަރާއި، އަދި ނަޒާހަތްތެރިކަމާއެކު އާންމު މަސްލަހަތަށް ޚިދުމަތްކުރުމުގައި ދައްކުވައިދޭ ސާބިތުކަމަށްޓަކައި އެ ފަރާތްތަކަށް ސަރުކާރުން ތައުރީފުކުރާ ކަމަށެވެ.

ހަމައެއާއެކު، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ތެދުވެރިކަމާއި، ވަކި ފަރާތަކަށް ނުޖެހި، އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މި މިނިވަންކަމުގެ ބޭނުން ހިފުމަށް ހުރިހާ ނޫސްވެރިންނަށް ސަރުކާރުން އިލްތިމާސްކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވަވާފައިވާއިރު، ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް މައުލޫމާތު ހޯދުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމުގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރް.ޓީ.އައި) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ނުލިބުމާއި، އާދަޔާ ޚިލާފަށް ލަސްވުން ވަނީ އާންމުވެފަ އެވެ. ސަރުކާރުގެ ރަސްމީ ދާއިރާތަކުން ކުރާ ސުވާލުތަކަށްވެސް ގިނަ ފަހަރަށް ޖަވާބެއް ނުލިބެ އެވެ.

 

މުއިއްޒުގެ ސަރުކާރުނޫސްވެރިންނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

އިތުރަށް ކިޔާލަން

02 މެއި 2026

ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...

02 މެއި 2026
ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...
02 މެއި 2026

ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން

02 މެއި 2026
ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން
29 އެޕްރީލު 2026

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!
28 އެޕްރީލު 2026

މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!

28 އެޕްރީލު 2026
މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!
27 އެޕްރީލު 2026

ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން

27 އެޕްރީލު 2026
ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު