Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިން

މަހުލޫފްގެ ބަހުގެ ހަމަލާއެއް ނޫސްވެރިންނަށް: ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ނޫސްވެރިން ދަނީ އަތް އުފުލާ ދުއާ ކުރަމުން!

އެމެރިކާ-އިޒްރޭލުން އިރާންއާ ދެކޮޅަށް ކުރިއަށް ކުރިއަށް ގެންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން ބަލައި މެނޭޖްކުރަމުންދާ ކަމަށް މަހުލޫފް ވިދާޅުވި. އޮމާނުން ސީދާ ރާއްޖެއަށް ތެޔޮ ލިބޭތީ ރައްޔިތުންނަށް ދަތިނުވާނެ ކަމަށް ވިދާޅުވެ މަހުލޫފް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާފައި. އަދި އޮމާނުން ޑައިރެކްޓްކޮށް ތެޔޮ ރާއްޖެއަށް ލިބޭކަން މަހްލޫފް ފާހަގަކުރެއްވިއިރު، އެންމެ ކުރީން ފެށިގެން ވެސް އޮމާނުން ޑައިރެކްޓް ކޮށް ރާއްޖެއަށް ތެޔޮ ލިބޭ. އަދި މަހުލޫފް ނޫސްވެރިންނަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވިއިރު، ހަނގުރާމައާ ގުޅިގެން އުފާކުރާ ނޫސްވެރިން ނުވަތަ އެފަދަ ގޮތަކަށް ލިޔެފައިވާ ޚަބަރެއް ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓަކުން ފެނިފައިނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2026 | ހޮނިހިރު 09:40
އެމްއެމްޓީވީ ޕްރޮގްރާމެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަނީ.

އެމްއެމްޓީވީ ޕްރޮގްރާމެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަނީ. | އެމްއެމްޓީވީ

އެމެރިކާ-އިޒްރޭލުން އިރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ބައެއް ނޫސްވެރިން އުފާ ކުރާހެން ހީވާ ކަމަށާއި، ތެޔޮ ފީފީއެއްގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ދުއާ ކުރާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ފްރޮގްރާމެއްގައި މަހުލޫފް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އެމެރިކާ-އިޒްރޭލުން އިރާންއާ ދެކޮޅަށް ކުރިއަށް ކުރިއަށް ގެންދާ ހަނގުރާމައާ ގުޅިގެން އިގްތިސާދަށް އަންނަމުންދާ ބަދަލުތައް މިސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ހުރިހާ ކަމެއް މެނޭޖްކުރަމުންދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަހުލޫފް ވިދާޅުވީ ރާއްޖޭގެ ނަސީބު ވަރަށް ރަނގަޅު ކަމަށާއި، އޮމާނުން ޑައިރެކްޓް ކޮށް ރާއްޖެއަށް ތެޔޮ ލިބޭ ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކަށް ތެޔޮ ނުލިބޭ ކަމަށާއި، ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު މައްޗަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮޮމާނުން ޑައިރެކްޓްކޮށް ތެޔޮ ރާއްޖެއަށް ލިބޭކަން މަހްލޫފް ފާހަގަކުރެއްވިއިރު، އެންމެ ކުރީން ފެށިގެން ވެސް އޮމާނުން ޑައިރެކްޓް ކޮށް ރާއްޖެއަށް ތެޔޮ ލިބެ އެވެ. 

ބައެއް ފަހަރު އަޅުގަނޑަށް ހީވޭ ބައެއް ނޫސްވެރިންވެސް އުޅޭހެން މި ހަނގުރާމަ ފެށުނީމަ އުފަލުން އިނގޭތޯ. އަތްމައްޗަށް ބައެއް ފަހަރު މިހެން ނަގައިގެން ތިބެގެން ތެޔޮ ފީފާއެއްގެ އަގު 200 އަށް އަރާތޯ؟ މިއީ ހަގީގަތެއް އިނގޭތޯ . ދެރަވެސްވޭ ބައެއް ފަހަރު. އެކަމަކު އަސްލު އަޅުގަނޑުމެންނަށް ހީނުކުރާ ލެވެލްއަކަށް މިކަން ގޮއްސިއްޔާ އަޅުގަނޑުމެންގެ ގައުމަށާއި އެންމެންނަށޭ އިނގޭތޯ އެ ހުރިހާ ގެއްލުމެއް ލިބޭނެ. ހުރިހާ އަނެއް އުނދަގުލެއް ވާނީ. ދެއްތޯ؟ އަޅުގަނޑުމެން އެންމެން ދުއާކޮށްގެން މިކަންކަން ސަލާމަތްވާނެ ގޮތަކާ ދޭތެރެއަށް ވިސްނަންވީ. ދެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެން އެ މީހުންގެ އެކްސްޕެކްޓޭޝަންސް ބައެއް ފަހަރު ހުންނަނީ ހަނގުރާމަ އެތާގައި ކުރިއަށް ވެސް ޕެޓްރޯލްގެ އަގުވެސް ބޮޑުވެސް ވާކަށް ނުޖެހޭނެ. ތެލުގެ އަގުވެސް ބޮޑުވާކަށް ނުޖެހޭނެ. އެކަމަކު ސަރުކާރު ހަހީގަތުގައި ހާދަ ރަނގަޅަށޭ އިނގޭތޯ މެނޭޖު އެ ކުރައްވަނީ މި ވަގުތަށް ބަލާއިރުގައި އެ އުނދަގޫ ނުޖެހޭއޭ އެގޮތަށް އިނގޭތޯ. އަދިވެސް ހަމަ އެހާ ބޮޑަށް ރަނގަޅަށް މެނޭޖުކުރަމުން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް

މަހުލޫފް ނޫސްވެރިންނަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވިއިރު، ހަނގުރާމައާ ގުޅިގެން އުފާކުރާ ނޫސްވެރިން ނުވަތަ އެފަދަ ގޮތަކަށް ލިޔެފައިވާ ޚަބަރެއް ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓަކުން ފެނިފައިނުވެ އެވެ.

ސަރުކާރަށް ސަނާ ނުކިޔާ މިނިވަން މީޑިއާތަކުން ދަނީ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރާއި، އަގުތަކަށް އަންނަ ބަދަލުތަކާއި އަދި ދުނިޔޭގެ ތެލުގެ ބާޒާރާއަށް އަންނަ ބަދަލުތައް ވަރަށް ގާތުން ރިޕޯޓު ކުރަމުންނެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ރައްޔިތުންނަށް ދަތިވަމުންދާއިރު، މިސަރުކާރުން ދަނީ މިކަންކަން ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާ-އިޒްރޭލް-އީރާންއަހުމަދު މަހުލޫފުނޫސްވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

13 މާރިޗު 2026
ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ

08 މާރިޗު 2026
ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ތެޔޮ އަގުބޮޑު ކުރުމަކީ ޑްރައިވަރުންނަށް ދަތިކުރުމަށް ސަރުކާރުން އިތުރުކުރި ބޮޅެއް: ނިޔާޒް

ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ތެޔޮ އަގުބޮޑު ކުރުމަކީ ޑްރައިވަރުންނަށް ދަތިކުރުމަށް ސަރުކާރުން އިތުރުކުރި ބޮޅެއް: ނިޔާޒް

07 މާރިޗު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު