Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީވީޓޯކް

އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު

21 ޖޫން 2026 | އާދީއްތަ 07:17

ރާއްޖޭގެ އިޤްތިސާދު ހީނަރުވެ، ބޭސްފަރުވާއާއި ބޭރުގެ ފައިސާގެ މުއާމަލާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވި. ސަރުކާރުގެ އިތުބާރު ގެއްލިފައިވުމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުން ލޯނު ނުލިބޭކަން ފާހަގަކުރައްވައި، ރިޔާޒު ވަނީ ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ތުހުމަތުކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2026 | އާދީއްތަ 07:17
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު | ރާއްޖެއެމްވީ

ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ލޯނުތައް ދައްކަމުންދާނެ ކަމަށާއި، އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒު ވަނީ މި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރިޔާޒު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު މިއަދު މިއޮތީ ހަލާކުވެފައި ކަމަށާއި، އޭގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ބޭސްފަރުވާ ކުރުމަށް ބޭނުންވާ ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމާއި، އެކި ބޭނުންތަކަށް ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާ ނުވަތަ ޕޭމަންޓްތައް ނުހެދި ތާށިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ އަސާސީ ކަންކަން ހަމަނުޖެހި އޮތްއިރު، މި ސަރުކާރަށް ހާސިލްކުރެވުނު ކާމިޔާބީއަކީ ކޮބައިތޯ ރިޔާޒު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލިފައިވާކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ، މިއީ މިއަދު ރައްޔިތުން އުޅެމުންދާ ހާލަތު ކަމަށެވެ.

އެހެންނަމަވެސް މި ހަގީގަތްތައް މިހެން ހުރިއިރުވެސް، ރައީސުލްޖުމްހޫރިއްޔާ ދައްކަވަނީ ލޯނުތައް ދައްކަމުންދާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ލޯނުތައް ދައްކަމުންދާނެ ކަމަށާއި، އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައިވާ ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ.

އިޤްތިސާދު މިއަދު މިއޮތީ ހަލާކުވެފައި، ރައްޔިތުން މިއަދު މި ތިބީ ހަލާކުވެފައި، ބޭސް ލިބެނީއެއް ނޫން، އެއްޗަކަށް ޕޭމަންޓެއް ހެދެނީއެއް ނޫން، ދެން ކޮބައިތޯ ލިބުނު ކާމިޔާބީއަކީ މި ވެރިކަމުގައި؟ ރެކޯޑު މިންވަރަކަށް ޑޮލަރުގެ އަގު ވަނީ އަރާފައި، މިއީ ރައްޔިތުން އުޅޭ ހާލަކީ.  އެވަރުންވެސް ރައީސް ދައްކަވާ ވާހަކައަކީ ލޯނެއް ދައްކައިފީމޭ، އެހެން ވެރިކަންތަކުގައިވެސް ލޯނުތައް ދައްކާ، އެކަމަކު ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭ،
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު 

ސަރުކާރުން އާންމުންނަށް އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ރިޔާޒު ވިދާޅުވީ، މި ސަރުކާރުން ލޯނު ނުނަގައި ޚިދުމަތް ދެމުންދާކަމަށް ވަރަށް ބާރަށް ބުނަމުންދިޔަ ނަމަވެސް ކަން އޮތީ އެހެން ނޫން ކަމަށެވެ. ހަގީގަތަކީ ސަރުކާރުން ލޯނު ނުނަގަނީ ނޫން ކަމަށާއި، އެއްވެސް މާލީ އިދާރާއަކުން ނުވަތަ ތަނަކުން ސަރުކާރަށް ލޯނު ދޫނުކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ސަރުކާރަށް ލޯނު ދޫނުކުރަނީ މިއަދު ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާތީ ކަމަށެވެ. މި ސަބަބާ ހުރެ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މުޅި އިޤްތިސާދީ ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރިޔާޒު މަންސޫރުއިކޮނޮމިކް މިނިސްޓްރީރާއްޖެ ޓީވީޓީވީ ޓޯކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
18 ޖޫން 2026

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް