Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ. ފިޔޯރީ

ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި

ގދ. ފިޔޯރީގައި 6.5 ހެކްޓަރުގެ ބިން ހިއްކައިގެން މަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމުގެ މަޝްރޫއު ސަރުކާރުން ފަށާފައިވަނީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ (އީ.އައި.އޭ) ރިޕޯޓެއް ހެދުމެއް ނެތި ގާނޫނާ ހިލާފަށް. ތިމާވެށީގެ ގާނޫނަށް އެއްވެސް ބެލުމެއްނެތި މިފަދަ މަޝްރޫއުތައް ހިންގަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 18:23
ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމުހޫރިއްޔާގެ ނައިބު އިފްތިތާޙުކޮށް ދެއްވަނީ - ފެބްރުއަރީ 2، 2026.

ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމުހޫރިއްޔާގެ ނައިބު އިފްތިތާޙުކޮށް ދެއްވަނީ - ފެބްރުއަރީ 2، 2026. | ރައީސް އޮފީސް

ރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމުގެ ގާނޫނާ ޚިލާފަށް ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ފަށްޓަވައިދެއްވައިފި އެވެ.

ތިމާވެށީގެ ގާނޫނަށް އެއްވެސް ބެލުމެއް ނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަރައްގީގެ ނަމުގައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮތަށް ބިން ހިއްކުމާއި ވެލި ނެގުމުގެ މަޝްރޫއުތައް ރާއްޖޭގެ އެތައް މިތާނގައި ކުރިއަށް ގެންދާ ދަނޑިވަޅުގައި، ގދ. ފިޔޯރީ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ފެށީ ހޯމަ ދުވަހު ފިޔޯރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

Advertisement - newsAdvertisement

ފިޔޯރީގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާއި ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެފައިވެ އެވެ.

ސަރުކާރުގެ މީޑިއާ - ޕީއެސްއެމް ނިއުސް އިން ވަގުތުން ދެއްކި މި ރަސްމިއްޔާތުގައި ލޮރީ އާއި ހައިމާކު ބޭނުން ކޮށްގެން ގޮނޑުދޮށާއި މޫދަށް ވެލިއަޅާފައިވެ އެވެ. ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި ފިޔޯރީގައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޭން ޕްރައިވެޓު ލިމިޓް ކިޔާ ކުންފުންޏަކާ އެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއިރު ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާފައެއް ނުވެ އެވެ. އަދި އެފަދަ ރިޕޯޓެއް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ވެބްސައިޓްގައި ނެތްކަން ވެސް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ސަރުކާރުން މަޝްރޫއު ފެށިކަމަށް ބުނެފައިވާ އިރު، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭ ފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓެއް ހަދާ ހުށަހަޅަން ވާނެ ކަމަށެވެ.

"ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އިފްތިތާހުކޮށް ދެއްވައިފި،" ކަމަށް ބުނެ ރައީސް އޮފީހުން ހާމަ ކޮށްފައިވާ ޚަބަރުގައި ބުނެފައި ވަނީ، މި މަޝްރޫޢުގެ ދަށުން ކުރިން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެދަޅުގައި މަސް ބަންދުކުކުރެވޭ ކާރުޚާނާއަކާއި ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާކަމަށެވެ.

ހުސައިން މުހައްމަދު ލަޠީފްގދ. ފިޔޯރީތިމާވެށީގެ އަސަރު ދިރާސާތިމާވެށި ހަލާކު ކުރުމުގެ ޖަރީމާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް

އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް

02 ފެބުރުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026
ފިޔޯރީ އިން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފިޔޯރީ އިން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

22 ޖޫން 2024
ރައީސް ފިޔޯރީ ރައްޔިތުންނަށް ދެއްވީ އެދުނުވަރަށްވުރެ ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން

ރައީސް ފިޔޯރީ ރައްޔިތުންނަށް ދެއްވީ އެދުނުވަރަށްވުރެ ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން

08 އޯގަސްޓު 2023
ބާ އިމާރާތް އެނދި ފަހުން ފިޔޯރީ ސްކޫލް ދަތީގައި؛ ހައްލަކަށް ބޭނުންވެފައި!

ބާ އިމާރާތް އެނދި ފަހުން ފިޔޯރީ ސްކޫލް ދަތީގައި؛ ހައްލަކަށް ބޭނުންވެފައި!

17 މާރިޗު 2023

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު