Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޟްޙާ އީދު

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އަޟްހާ އީދުގެ މުނާސަބަތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ ހައްޖުގެ މަތިވެރި ފިލާވަޅުތަކުން އިބުރަތް ހާސިލުކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމާއެކު ބަދަހި އެކުވެރި ބަޔަކަށް ވުމަށް އިލްތިމާސްކުރައްވާފައި. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި އީދު ޚުތުބާގައި ވެސް ވަނީ އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކުގައި ހިފެހެއްޓުމަށާއި، ދީނާ ފުށުއަރާ ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2026 | ބުދަ 08:05
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު "ދިވެހި ސިވިލްސަރވިސް ކޮންފަރެންސް 2024" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު "ދިވެހި ސިވިލްސަރވިސް ކޮންފަރެންސް 2024" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ. | ރައީސް އޮފީސް

އަޟްޙާ އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ގޮވާލައްވައިފި އެވެ. 

އަޟްޙާ އީދުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ހައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ އީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާން ޖެހޭކަން ފާހަގަކުރައްވައި، އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ނައިބު ރައީސްގެ މި ޕޯސްޓުގައި އެކުވެރި ކަމަކީ ގަދަފަދަ ބާރެއްކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ. 

ނައިބު ރައީސް މިފަދަ އިލްތިމާސް ކުރެއްވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރައްވާފަ އެވެ. 

އަޟްޙާ އީދަކީ، މުސްލިމުންނަށް އަންނަ ބޮޑު 2 އީދުގެ ތެރެއިން ހައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ އީދެވެ. މުޅި ރާއްޖޭގައި ކުލަގަދަކޮށް މި އީދު ފާހަގަ ކުރަމުންދާއިރު، އީދު ޚުތުބާގައި ވެސް ވަނީ  މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތައް ފެންނާތީ، މިކަންކަމުން ދުރުހެލިވުމަށް ގޮވާލާފަ އެވެ. އަދި އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާން ކޮށްދީފައިވެ އެވެ.

ހުސައިން މުހައްމަދު ލަޠީފްއަޟްހާ އީދު

އިތުރަށް ކިޔާލަން

27 މެއި 2026

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ
27 މެއި 2026

އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

27 މެއި 2026
އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
26 މެއި 2026

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

26 މެއި 2026
ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި
25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
24 މެއި 2026

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު