Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން

9 މެއި 2026 | ހޮނިހިރު 08:33

ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިންނަށް އެއްވެސް ބާރެއް ނެތް ކަމަށާއި، ކަންކަމުގެ ޒިންމާ ނެންގެވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ކަންކަމުން ރެކިވަޑައިގަންނަވާ ކަމަށް ގާނޫނީ ވަކީލު ނިޝާން ވަނީ ވިދާޅުވެފައި. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ މެދުގައި އެއްވެސް ކޯޑިނޭޝަނެއް ނެތް ކަމަށާއި، މި ސަރުކާރު މިހާރު ވަނީ ފެއިލްވެފައި ކަމަށް އޭނާ ފާހަގަކުރެއްވި. މި ހާލަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގައުމަށް ހުރިހާ ގޮތަކުން ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް ނިޝާން ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2026 | ހޮނިހިރު 08:33
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިސަރުކާރުގެ ނައިބް ރައީސް އަކީ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. 

Advertisement - newsAdvertisement

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ރައީސް މުއިއްޒުގެ މިސަރުކާރުގައި މިހާތަނަށް އައިރު މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކުގެ ވެރީންގެ ގޮތުގައި ދެތިން ހަތަރު ބޭފުޅުން އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި ބަދަލު ނުކުރެވި ހުރި ބޭފުޅަކީ ނައިބު ރައީސްގެ މަގާމު ކަމަށާއި، އެބޭރު ވެސް ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިޝާން ވިދާޅުވީ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ ވެރީންގެ އަތުގައި އެއްވެސް ބާރެއް ނެތް ކަމަށާއި، އެއީ ހަމައެކަނި ތިއްބަވާ ބައެއް ކަމަށެވެ. އަދި ގިނަ ފަހަރަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފުރިހަމަ މައުލޫމާތު ރައީސް އޮފީހަށް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނިޝާން ވިދާޅުވީ ގައުމުގައި ހިނގާ އެއްވެސް ގޯސް ކަމެއް ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، އެކަމުގެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ ސަރުކާރުގެ އެހެން ބޭފުޅުން ކަމަށެވެ. އަދި އެފަދަ ހުރިހާ ކަމަކުން އެމަނިކުފާނު ރެކިވަޑައިގަންނަވާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

ނަމަވެސް ހުރިހާ ރަނގަޅު ކަމެއްގެ ކްރެޑިޓް ރައީސް މުއިއްޒު އަބަދުވެސް ނަންގަވާ ކަމަށާއި، އެކަން ކުންފުނިތަކާއި، މިނިސްޓްރީތަކުން ވެސް ފެންނަމުންދާ ކަމަށް ނިޝާން ވިދާޅުވި އެވެ. 

މި ވާ މުއްދަތުގެ ތެރޭގައި ދާނެ ހިސާބަކާ މެދު އަޅުގަނޑުމެން ފުންކޮށް އެބަޖެހޭ ވިސްނަން. މިހާރު މި ހާލަތުގައި ހުރީމަ. އެހެންވީމަ، ނޭނގޭނެ. މިހާރު މިސާލަކަށް، ދެންމެ ތި ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީ. އެއާޕޯޓްސް ކޮމްޕެނީ އެކަންޏެއް ނޫން. ކޮންމެ ތަނެއްގައި ވެސް ތި ސުވާލު ކުރިޔަސް ކޮންމެ ތަނެއްގައި ހުރި މީހަކުވެސް ދޭނީ އެ ޖަވާބު. އެއީ ކީއްވެގެން. އެގޮތަށް އޮންނާނެ ބައިވަރު އެ މީހުންނަށް ވާހެން ނުވައެއް ނޭނގޭނެ. ރައީސް އޮފީސް ތެރެއިންވެސް އެއާޕޯޓްސް ކޮމްޕެނީއަށް އަމުރުކުރަނީ. މިނިސްޓްރީން ވެސް އަމުރުކުރަނީ. މިނިސްޓްރީން ކުރާ ކަމެއް، ރައީސް އޮފީހަކަށް އެނގިވަޑައެއްނުގަންނަވާ. އެއަރޕޯޓުން ކުރާ ކަމެއް، މިނިސްޓްރީއަކަށް އެނގިވަޑައެއްނުގަންނަވާ. އެހެންވީމާ، އެއަރޕޯޓްސް ކޮމްޕެނީން އަމުރުކުރާނެ އެތައް ތަނެއް އޮވޭ. އެމް.ޑީ ހުންނަނީ ނަމެއްގައި. އެމް.ޑީއަކަށް ސުވާމީ ގޮތެއް ނޭނގޭ. ރައީސުލްޖުމްހޫރިއްޔާ އޮފީސް ތެރެއިން ކަނޑައަޅާފައި ހުންނަ މީހަކު ނޭނގި ވެސް ލަނީ. ރައީސުލްޖުމްހޫރިއްޔާ އިރުކޮޅަކު ބުނާނެ ޓީވީއަށް އަރާ ތިމަންނައަކަށް ނޭނގޭ މިކަން މިއިން ވާކަމެއް. އެކަމަކު އަނެއް މީހާ އަނެއް ދުވަހު ބުނާނެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެންނޭ. އެހެންވީމަ 115 ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މީހާ ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ތިމަންނަ އަށް އެނގިގެން ހިނގާ ކަމެއް ނޫނޭ. ކޮންމެ ކަމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް އެނގޭ ކަމެއް ނެތް. 
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ މި ސަރުކާރު ވަނީ ފެއިލްވެފައިވާ ކަމަށާއި، ރައީސް މުއިއްޒު ފެއިލްވާ ހިސާބުން އެމަނިކުފާނުގެ ފަހަތްޕުޅުން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް ދާނީ ފެއިލްވަމުން ކަމަށެވެ. މިސަރުކާރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ގައުމަށް ހުރިހާ ގޮތަކުން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހުސައިން މުހައްމަދު ލަޠީފްމުހައްމަދު ނިޝާން އިބްރާހިމްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

07 މެއި 2026

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި
07 މެއި 2026

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
06 މެއި 2026

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

06 މެއި 2026
އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން
06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
05 މެއި 2026

އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

05 މެއި 2026
އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!
29 އެޕްރީލު 2026

"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ނޫހުގެ ތަކެތި ގެންދިޔުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ކުއްވެރި ކުރައްވައިފި

29 އެޕްރީލު 2026
 "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ނޫހުގެ ތަކެތި ގެންދިޔުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ކުއްވެރި ކުރައްވައިފި
27 އެޕްރީލު 2026

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި
27 އެޕްރީލު 2026

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް