Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަރުމަނު-ދިވެހިރާއްޖެ

ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތައް ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަ ވެފައިވާ ދަނޑިވަޅެއްގައި، ފަރުތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ މޫސުމީ ބަދަލުތަކަށް ހޭނުމަކީ ރާއްޖޭގެ ދެމިއޮތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާފައި. މި ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި ސައިންސާއި އިލްމުގެ އަލީގައި ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން މަޝްރޫއުތައް ރޭވުމަށާއި، ތަރައްގީގެ މަސައްކަތްތަކުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޫސުމީ ކަންކަމަށް އަހުލުވެރިވުމަކީ ގައުމީ ތަރައްގީއާ ގުޅިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވި.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 19:46
ރައީސުލްޖުމްހޫރިއްޔާ، ބަރލިންގެ ހަމްބޯލްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި.

ރައީސުލްޖުމްހޫރިއްޔާ، ބަރލިންގެ ހަމްބޯލްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި. | ރައީސް އޮފީސް

ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ބަރލިންގެ ހަމްބޯލްޓް ޔުނިވަރސިޓީއަށް ބުދަ ދުވަހު މެންދުރުފަހު ޒިޔާރަތްކުރައްވާ އެތަނުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

Advertisement - newsAdvertisement

މުއިއްޒު އެ ޔުނިވަރސިޓީ ގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމަކީ ދިވެހިރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހު އަލްޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ނޫން ކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދެއްކެވުމަށް ފަހު ޖަރުމަނުވިލާތުގައި ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ދިވެހިރާއްޖެ އަށް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، ނަމަވެސް، އެއީ ޤައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ޤައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް މުއިއްޒު ގޮވާލެއްވި އެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ޤައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެ ފަދަ ޤައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް  ބާރުއެޅުއްވި އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތްތަކުން މިހާތަނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، މުޢިއްޒު ވަނީ މި މަސައްކަތް ލަސްކުރުމަކީ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއްކަން ފާހަގަކުރައްވާފަ އެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެއްޓަށް އެއްވެސް ބެލުމެއް ނެތި ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ގެނެސްގެން ހިންގަމުންދާ ވެލި ނެގުމާއި ބިންހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށް މީސް މީޑިއާ ގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމުގައި މުއިއްޒު ސިފަކުރެއްވި އެވެ. މީގެ އިތުރުން، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ޤައުމީ ތަރައްގީ އަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައްކަމުގައި ވެސް މުއިއްޒު ވިދާޅުވި އެވެ.

މާލެ އަތޮޅު ދެކުނު ބުރީގެ ބޮޑު ސަރަހައްދަކަށް ކިސަޑު ފެތުރިފައި.
މާލެ އަތޮޅު ދެކުނު ބުރީގެ ބޮޑު ސަރަހައްދަކަށް ކިސަޑު ފެތުރިފައި.

މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް، ނުވަތަ ވަކި ސަރަހައްދީ އިމަކަށް ބެލުމެއް ނެތް ކަމަކަށް ވާއިރު، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް، ޢިލްމީ މަސައްކަތްތަކެއް ކަމަށާއި، ގައުމީ ފެންވަރުގެ ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލަށް އަމާޒުކުރާ ހައްލުތަކަކަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.

މީގެ އިތުރުން، މި ޒިޔާރަތުގައި ހިމެނިގެން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަންގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ހިލާފު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިލްމީ މުއައްސަސާތަކުގެ ދައުރުގެ މައްޗަށް ވެސް މުއިއްޒު ވާހަކަފުޅު ދެއްކެވި އެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ޖައްވަށް އެންމެ ގިނައިން ވިހަގޭސް ބޭރުކުރާ ޤައުމުތަކުން، ނާޒުކު ޤައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.

ހަމްބޯލްޓް ޔުނިވަރސިޓީކްލައިމެޓް ޗޭންޖްޖަރުމަނު-ދިވެހިރާއްޖެރައީސް ޑރ.މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ޖަރުމަނު ކުންފުނިތަކުން ވަނަވަރު ހިއްސާކޮށް ދިވެހި ވަފުދާ އެކު ޚިޔާލު ބަދަލު ކޮށްފި

10 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

09 ފެބުރުއަރީ 2026
ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

04 ފެބުރުއަރީ 2026
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު