Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްއޭ

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

" ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙްކޮށްފައި.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 10:22
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހޯމަ ދުވަހު އޮތް މި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ ( އެން.އެފް.އައި.އެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެން.އެސް.އެފް.އާރ) އިފްތިތާޙުކޮށްދެއްވީ ރައީސް މުޙައްމަދު މުޢިއްޒުއެވެ.

Advertisement - newsAdvertisement

މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީ އެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކޮށް، އެ ޚިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤުޞަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕުން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތަޢާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް ވުނަކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.

" ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙްކޮށްފައެވެ.

މިކުންފުނި އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

"ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަކީ ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ޚިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗަރއެއް ގާއިމް ކުރުމުގެ މަގުސަދުގައި މަރުކަޒީ ބޭންކުން އުފެއްދި ކުންފުންޏެއް ކަމަށް ބުނެފައިވެ އެވެ.

ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

މި ރަސްމިއްޔާތުގައި މަރުކަޒީ ބޭންކަށް އެކިއެކި ގޮތްގޮތަށް އެހީތެރިވެފައިވާ ފަސް ފަރާތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ޙަވާލުކުރައްވާފައެވެ. މިފިލާ ޙަވާލުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމާލީ ބައިވެރިވުންކްލައިމެޓް ޗޭންޖްޕޭމަންޓް މޯލްޑިވްސްއަހްމަދު މުނައްވަރުމަރުކަޒީ ބޭންކް އެމް.އެމް.އޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025
މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

22 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު