Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ހުރިހާ ކުޅުންތެރިން ވެސް މުހިންމު، ޞަލާޙުއާ އެއްވެސް މައްސަލައެއް ނެތް: މިޞްރުގެ ކޯޗު

21 ޖޫން 2026 | އާދީއްތަ 12:05

ޙުސާމް ބުނީ، އޭނާ ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ ޓީމާއި ޤައުމުގެ ފައިދާ އަށް ކަމަށާއި، ޞަލާޙު އަކީ ކޯޗުގެ ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާ ކުޅުންތެރިޔެއް ކަމަަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 12:05
މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު އާއި އެ ޓީމުގެ ކޯޗު ހުސާމް ޙަސަން.

މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު އާއި އެ ޓީމުގެ ކޯޗު ހުސާމް ޙަސަން. | ރޮއިޓާސް

މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު އާއި އެ ޓީމުގެ ކޯޗު ޙުސާމް ޙަސަންއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް، މިޞްރުގެ ކޯޗު ޙުސާމް ދޮގު ކޮށްފި އެވެ. 

މިޞްރުގެ ކޯޗު ޙުސާމް ޙުސާމް އެހެން ބުނެފައި ވަނީ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ދެ ވަނަ މެޗުގައި ނިއުޒިލެންޑާ ދެކޮޅަށް މިޞްރުން ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. 

އެގޮތުން ޙުސާމް ބުނީ، ޞަލާޙު އަކީ މިޞްރުގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން މިވަގުތު ތިބި 26 ކުޅުންތެރިންނަކީ ވެސް އެހާމެ މުހިންމު ކުޅުންތެރިން ކަމަށެވެ. އެއާ އެކު ޙުސާމް ބުނީ، އޭނާ އަކީ ވަރަށް ޕްރޮފެޝަނަލްކޮށް ކަންތައްތައް ކުރާ މީހެއްކަން ކޮންމެ ކުޅުންތެރިޔަކަށް ވެސް އިނގޭނެ ކަމަށާއި، ވަކި ކުޅުންތެރިޔަކަށް އިސްކަން ދިނުމުގެ އުސޫލެއް އޭނާ ނުގެން ގުޅޭނެ ކަމަށެވެ. 

މުބާރާތުގައި މިޞްރުން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވިއިރު، މެޗުގެ ވަކި ހިސާބަކުން ވަނީ ޞަލާޙު ބަދަލު ކޮށްފަ އެވެ. ޞަލާޙުގެ ބަދަލުގައި ޙަމްޒާ ޢަބްދުލް ކަރީމް ކުޅެން އެރުވިއިރު، އެކަމުގެ ސަބަބުން ޞަލާޙު އާއި ހުޝާމްއާ ދެމެދު މައްސަލަ ޖެހުނު ކަމުގެ އަޑުތައް އޮތީ ފެތުރިފައި އެވެ. 

އެކަމަށް ރައްދު ދެމުން ޙުސާމް ބުނީ، ޞަލާޙު އަކީ އޭނާގެ ކުޅުންތެރިންނަށް އެހީވާ އަދި އަޚުލާޤު ރަނގަޅު ނަމޫނާ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ 11 ގައި ހިމެނިޔަސް، ނުވަތަ ބަދަލު ކުރިޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި، ކުޅުންތެރިޔެއްގެ ދައުރަކީ އެއީ ކަމަށް ޙުސާމް ވަނީ ފާހަގަ ކޮށްފައި އެވެ. އެކަން ފާހަގަކޮށް ޙުސާމް ބުނީ، އޭނާ ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ ޓީމާއި ޤައުމުގެ ފައިދާ އަށް ކަމަށާއި، ޞަލާޙު އަކީ ކޯޗުގެ ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާ ކުޅުންތެރިޔެއް ކަމަަށެވެ. 

މިޞްރު އަދި ނިއުޒިލެންޑުން ގުރޫޕު ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދިޔުމަށްޓަަކައި މި މެޗުން މޮޅުވުމަކީ ދެ ޓީމަށް ވެސް މުހިންމު ކަމަކަށް ވަނީ ވެފައި އެވެ. މިއީ މިޞްރުން ވޯލްޑް ކަޕްގައި ވާދަ ކުރާ ހަތަރު ވަނަ ފަހަރު ކަމަށްވާއިރު، އެ ޓީމަށް މިހާާތަނަށް ވޯލްޑް ކަޕްގެ އެއްވެސް މެޗަކުން މޮޅުވެވިފައި ނުވެ އެވެ. އެހެންކަމުން މިޞްރު އޮތީ ނިއުޒިލެންޑު އަތުން މޮޅުވެ، ތާރީޚީ މޮޅަކާ އެކު އަނެއް ބުރުގެ ފުރުސަތު ބޮޑު ކުރުމުގެ އުންމީދުގައި އެވެ.

ޙުސާމް ޙަސަންމުހައްމަދު ޞަލާހްފީފާ ވާރލްޑް ކަޕް 2026މިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖޫން 2026

އީރާން ޓީމު ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް އެމެރިކާ އިން އެއްވެސް ލުޔެއް ނުދިން

21 ޖޫން 2026
އީރާން ޓީމު ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް އެމެރިކާ އިން އެއްވެސް ލުޔެއް ނުދިން
21 ޖޫން 2026

ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި

21 ޖޫން 2026
ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި
21 ޖޫން 2026

ކިއުރުސާއޯ އާއި އެކުއެޑޯ އެއްވަރުވި މެޗުގައި ކީޕަރު އެލޯއީ ރޫމް ތަފާތު ދައްކައިފި

21 ޖޫން 2026
ކިއުރުސާއޯ އާއި އެކުއެޑޯ އެއްވަރުވި މެޗުގައި ކީޕަރު އެލޯއީ ރޫމް ތަފާތު ދައްކައިފި
21 ޖޫން 2026

އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް

21 ޖޫން 2026
އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް
21 ޖޫން 2026

ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި

21 ޖޫން 2026
ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި
20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
20 ޖޫން 2026

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

20 ޖޫން 2026
1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!
20 ޖޫން 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

20 ޖޫން 2026
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން
20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް