Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

އަނގަ ނިވާ ކޮށްގެން ވާހަކަ ދެއްކުން މަނާ ކުރާ މި އައު ގަވާއިދަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އަލަށް އަމަލު ކުރަން ފެށި ގަވާއިދެއް. މި ގަވާއިދު ތައާރަފު ކުރަން ނިންމީ މިދިޔަ އޭޕްރީލް މަހު ވެންކޫވަރުގައި ބޭއްވި އިފާބްގެ ހާއްސަ ބައްދަލުވުމެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 07:34
އަނގަ މަތީ އަތް އަޅަައިގެން ވާހަކަ ދެއްކުމުގެ ސަބަބުން ރަތް ކާޑު ދެއްކުމުން، އަލްމިރޮން ރެފްރީއާ ވާހަކަ ދައްކަނީ.

އަނގަ މަތީ އަތް އަޅަައިގެން ވާހަކަ ދެއްކުމުގެ ސަބަބުން ރަތް ކާޑު ދެއްކުމުން، އަލްމިރޮން ރެފްރީއާ ވާހަކަ ދައްކަނީ. | ރޮއިޓާސް

އިދިކޮޅު ކުޅުންތެރިޔާއާ ވާހަކަ ދެއްކިއިރު އަނގަ މަތީގައި އަތް އަޅައިގެން ހުރުމުގެ ސަބަބުން، މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ މިގޭލް އަލްމިރޮން ވެއްޖެ އެވެ.

ހޮނިހިރު ދުވަހު ޕެރަގުއޭ އިން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރެއިން، އަލްމޮރިން ވަނީ އަނގަ މަތީގައި އަތް އަޅައިގެން ހުރެ ތުރުކީގެ ކުޅުންތެރިޔަކާ ވާހަކަ ދައްކައިފަ އެވެ. އެއާ އެކު ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މިއީ ފުޓުބޯޅައިގައި އަލަށް ތައާރަފު ކުރި މި ޤަވާއިދުގެ ދަށުން ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ. 

އުމުރުން 32 އަހަރުގެ އަލްމިރޮން ވަނީ، ތުރުކީގެ މާޓް މުލްދޫރްއާ ވާހަކަ ދެއްކިއިރު އަނގަ މަތީގައި އަތް އަޅައިގެން އަނގަ ނިވާ ކޮށްފައި އެވެ. އެއާ އެކު މުލްދޫރް ވަނީ އެ ތަނުގައި ހުރި އޮފިޝަލްގެ ސަމާލު ކަމަށް އެކަން ގެނެސްފައި އެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު، މެޗުގެ ރެފްރީ އިވާން ބާޓަން ވަނީ އަލްމިރޮން އަށް ސީދާ ރަތް ކާޑު ދައްކައިފަ އެވެ. 

މިކަމާ ގުޅޭ ގޮތުން ބީބީސީ ރޭޑިއޯ ފަހެއްގެ ލައިވްގައި ވާހަކަ ދައްކަމުން އަޔަލެންޑުގެ ކުރީގެ ފޯވާޑު ކްލިންޓަން މޮރިސަން ބުނީ، ޤަވާއިދުތައް އިނގޭ ނަމަ އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، މެޗުގެ ރެފްރީ އާއި ވީއޭއާރު އިން ނިންމި ނިންމުމަށް ސާބަސް ދޭން ޖެހޭ ކަމަށެވެ. އަދި ހުރިހާ އެންމެން މި ނިންމުމަށް އެއްބަސް ނުވި ނަަމަވެސް، ޤަވާއިދެއް އޮތް ނަމަ އެއަށް ތަބާވާން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. 

އަނގަ ނިވާ ކޮށްގެން ވާހަކަ ދެއްކުން މަނާ ކުރާ މި އައު ގަވާއިދަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އަލަށް އަމަލު ކުރަން ފެށި ގަވާއިދެކެވެ. މި ގަވާއިދު ތައާރަފު ކުރަން ނިންމީ މިދިޔަ އޭޕްރީލް މަހު ކެނެޑާގެ ވެންކޫވަރުގައި ބޭއްވި އިންޓަނޭޝަނަލް ފުޓުބޯލް އެސޯސިއޭޝަން ބޯޑް (އިފާބް) ގެ ހާއްސަ ބައްދަލުވުމެއްގައި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައި ވަނީ، ކުޅުންތެރިން އަނގަމަތި ނިވާ ކުރަނީ ބުނަން ނުޖެހޭ އެއްޗެއް ބުނުމުގެ ނިޔަތުގައި ކަމަށް ރެފްރީން ބަލަން ޖެހޭ ކަމަށާއި، އެފަދަ އަދަބެއް ދިނުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރަތް ކާޑު ދެއްކުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނީ ހާލަތަށް ބަލައި ރެފްރީއަށް ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ކުޅުންތެރިން އަނގަ ނިވާ ކޮށްގެން ވާހަކަ ދެއްކުމުގެ މައްސަލަ ބޮޑުވީ މިދިޔަ ފެބްރުވަރީ މަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއާ ވާހަކަ ދެއްކިއިރު ޖާޒީން އަނގަ ނިވާ ކުރި ހާދިސާއާ ގުޅިގެންނެވެ. އެ ފަހަރު އޭނާގެ މައްޗަށް ނަސްލީ ތަފާތު ކުރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ޔޫއެފާގެ ތަހުގީގަށް ފަހު، އޭނާ ހަ މެޗަށް ސަސްޕެންޑު ކުރި އެވެ.

ފީފާ ވާރލްޑް ކަޕް 2026ޕެރަގުއޭ ޤައުމީ ފުޓުބޯޅަ ޓީމުމިގޭލް އަލްމިރޯން

އިތުރަށް ކިޔާލަން

20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
20 ޖޫން 2026

މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި

20 ޖޫން 2026
މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި
20 ޖޫން 2026

އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް

20 ޖޫން 2026
އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް
18 ޖޫން 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

18 ޖޫން 2026
ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު