Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި

21 ޖޫން 2026 | އާދީއްތަ 06:02

މި ގުރޫޕުގެ އެއް ވަަނައިގައި އޮތް ނެދަލެންޑްސް އާއި ދެ ވަނައިގައި އޮތް ޖަޕާން އަށް ވެސް ލިބެނީ ހަތަރު ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 06:02
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަޕާންގެ ކަމަޑާ އުފާ ފާާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަޕާންގެ ކަމަޑާ އުފާ ފާާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެފްގައި ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖަޕާން އިން އަނެއް ބުރުގެ އުންމީދު ބޮޑު ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަޕާން އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަޕާން އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ. 

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖަޕާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑައިޗީ ކަމަޑާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެއިޓޯ ނަކަމޫރާ އެވެ. 

އޭގެ ފަހުން ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އަޔާސޭ ޔުއެޑާ ވަނީ ޖަޕާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެއީ ކޯ އިޓަކުރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގައި ޖަޕާން އިން ރަނގަޅަށް ކުޅެފައިވާއިރު، ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. އެ ލަނޑު ޖަޕާން އަށް ޖަހައިދިނީ ޖުންޔާ ތޯ އެވެ. އެއީ ޔުއެޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައު ޔުއެޑާ ވަނީ ޖަޕާންގެ ހަތަރު ވަނަ ލަނޑު ޖަހައި، އިތުރަށް ލީޑު ފުޅާ ކޮށްދީފައި އެވެ. އެއީ ކައިސޫ ސަނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މުބާރާތުގައި ޖަޕާން އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނެދަލެންޑްސްއާ އެއްވަރު ކޮށްފައި އެވެ. އަދި ޓިއުނީޝިއާގެ ފުރަތަމަ މެޗުގައި ވަނީ ސްވިޑެން އަތުން ބަލިވެފައި އެވެ. މި ގުރޫޕުގެ އެއް ވަަނައިގައި އޮތް ނެދަލެންޑްސް އާއި ދެ ވަނައިގައި އޮތް ޖަޕާން އަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ދެ މެޗުން ވެސް ބަލިވެ ޓިއުނީޝިއާ ވަނީ ވޯލްޑް ކަޕް އިން ކަޓައިފަ އެވެ.

ގުރޫޕު ސްޓޭޖުގައި ޖަޕާންގެ ފަހު މެޗުގައި ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. އަދި ނެދަލެންޑްސް ނިކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ޖަޕާން ޤައުމީ ފުޓުބޯޅަ ޓީމުޓިއުނީޝިއާ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2026

ކިއުރުސާއޯ އާއި އެކުއެޑޯ އެއްވަރުވި މެޗުގައި ކީޕަރު އެލޯއީ ރޫމް ތަފާތު ދައްކައިފި

21 ޖޫން 2026
ކިއުރުސާއޯ އާއި އެކުއެޑޯ އެއްވަރުވި މެޗުގައި ކީޕަރު އެލޯއީ ރޫމް ތަފާތު ދައްކައިފި
21 ޖޫން 2026

އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް

21 ޖޫން 2026
އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް
21 ޖޫން 2026

ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި

21 ޖޫން 2026
ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި
20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
20 ޖޫން 2026

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

20 ޖޫން 2026
1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!
20 ޖޫން 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

20 ޖޫން 2026
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން
20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
20 ޖޫން 2026

މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި

20 ޖޫން 2026
މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި
20 ޖޫން 2026

އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް

20 ޖޫން 2026
އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް