Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އީރާން ޓީމު ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް އެމެރިކާ އިން އެއްވެސް ލުޔެއް ނުދިން

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ގިއުލިއާނީ ރޮއިޓާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން ހޮނިހިރު ދުވަހު ވިދާޅުވީ، އީރާން ޓީމުގެ ދަތުރު ފަތުރުގެ ކަންކަން އެމެރިކާ އިން މޮނިޓަރ ކުރަމުން ދާނެ ކަމަށާއި، ނަމަވެސް މިވަގުތަށް ކުރިން ކަނޑަ އެޅިފައިވާ އުސޫލު ތަކަށް ބަދަލެއް ނުގެންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 07:12
އީރާން ޓީމުގެ ކުޅުންތެރިން ފްލައިޓުން ފައިބައިގެން ހިނގާފައިވާ ދާ މަންޒަރު.

އީރާން ޓީމުގެ ކުޅުންތެރިން ފްލައިޓުން ފައިބައިގެން ހިނގާފައިވާ ދާ މަންޒަރު. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރާ އީރާންގެ ޓީމުން ކުޅޭ މެޗުތަކާާ ދިމާކޮށް އެމެރިކާ އިން، އެ ޤައުމުގެ ދަތުރު ފަތުރަށް އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަލަށް ލުޔެއް ނުދޭން އެމެރިކާގެ ސަރުކާރުން ނިންމައިފި އެވެ. 

މި މައްސަލައިގައި އީރާން އިން ވަނީ ފީފާ އަށް ޝަކުވާ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެމެރިކާ އިން ބުނެފައި ވަނީ ލޮސް އެންޖެލިސް އާއި ސިއެޓްލްގައި ކުޅޭ މެޗު ތަކަށް އީރާން ޓީމު ދަތުރު ކުރާއިރު އަމަލު ކުރަން ޖެހޭނީ މިހާރު ވެސް އޮތް އުސޫލުގެ ދަށުން ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ގިއުލިއާނީ ރޮއިޓާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން ހޮނިހިރު ދުވަހު ވިދާޅުވީ، އީރާން ޓީމުގެ ދަތުރު ފަތުރުގެ ކަންކަން އެމެރިކާ އިން މޮނިޓަރ ކުރަމުން ދާނެ ކަމަށާއި، ނަމަވެސް މިވަގުތަށް ކުރިން ކަނޑަ އެޅިފައިވާ އުސޫލު ތަކަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

އެމެރިކާ އިން ކަނޑަ އަޅާފައިވާ އުސޫލު ތަކުގެ ދަށުން އީރާން ޓީމަށް މެޗު ކުޅޭ ސިޓީ ތަކަށް ދެވޭނީ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިންނެވެ. އަދި މެޗު ނިމުމާ އެކު އެނބުރި މެކްސިކޯގެ ޓިޖުއާނާގައި ހުންނަ އެ ޓީމުގެ ބޭސް ކޭމްޕް އަށް ދާން ޖެހެ އެވެ. މިކަމާ ގުޅިގެން އީރާންގެ ކޯޗު އާމިރު ގަލެނޮއީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އީރާން ޓީމަކީ މުޅި ވޯލްޑް ކަޕްގައި ވެސް އެންމެ ބޮޑަށް އަނިޔާ ލިބެމުންދާ ޓީމު ކަމަށް ސިފަ ކޮށްފައި އެވެ.

މިދިޔަ ހަފުތާގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ނިމުނުތާ މަދު ގަޑިއިރު ތަކެއްގެ ތެރޭގައި އީރާން ޓީމަށް ވަނީ އެމެރިކާ ދޫކޮށް ދާން މަޖުބޫރު ވެފައި އެވެ. އެ މެޗު ނިމުނީ އެ ގައުމުގެ ގަޑިން ރޭގަނޑު އަށެއް ޖެހި އިރު ކަމަށްވާއިރު، މެޗަށް ފަހު ހޮޓަލުގައި އަރާމު ކޮށްލުމުގެ ފުރުސަތު ނުލިބި، މަދު ގަޑިއިރު ތަކެއްގެ ތެރޭގައި އެނބުރި މެކްސިކޯ އަށް ދާން ޖެހުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެމެރިކާ އަށް ވަނީ އަމާޒު ވެފައި އެވެ.

އީރާންގެ ކޯޗު ގަލެނޮއީ ބުނި ގޮތުގައި ޓީމުން އުންމީދު ކޮށްގެން ތިބީ ކުޅުންތެރިންގެ ރިކަވަރީއަށްޓަކައި އެ ރޭ އެމެރިކާގެ ކެލިފޯނިއާގައި މަޑު ކޮށްލެވޭނެ ކަމަށެވެ. ނަމަވެސް، އީރާާންގެ ޓީމަށް އެމެރިކާ އިން އެ ފުރުސަތު ދީފައި ނުވެ އެވެ. އެހެންކަމުން މުބާރާތުގައި އީރާން އިން ވާދަ ކުރަމުން އަންނަނީ އެތައް ގޮންޖެހުންތަކާއި، ދަތިތަކާ އެކު އެވެ. 

މީގެ އިތުރުން، އީރާން ޓީމުގައި ހިމެނޭ މެހްދީ ތޮރާބީގެ ވިސާގެ މުއްދަތު ފުރަތަމަ މެޗަށް ފަހު ހަމަވުމާ ގުޅިގެން ވެސް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވި އެވެ. ނަމަވެސް، އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ އޭނާ އަށް މަލްޓިޕަލް އެންޓްރީ ވިސާ ދީފައިވާކަން ކަށަވަރުކޮށްދީ، އެ މައްސަލަ ހައްލު ވެފައިވާ ކަމަށް ބުނެފައި އެވެ.

އީރާން އިން އާދީއްތަ ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އެމެރިކާ އިން އެ ޓީމާ މެދު އަމަލު ކުރާނީ ހަމަ އެއް އުސޫލަކުން ކަމަށް ބުނެފައި އެވެ. އީރާންގެ ޓީމަށް އެމެރިކާގެ ލޮސް އެންޖަލިސް އަށް އާދެވިފައި ވަނީ ހޮނިހިރު ދުވަހުގެ އިރު އޮއްސުނު ވަގުތު އެވެ. އެހެންކަމުން، އާދީއްތަ ދުވަހުގެ ރޭ ބެލްޖިއަމްްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ޓީމަށް އެމެރިކާގައި ލިބެނީ 24 ގަޑިއިރުގެ ވަގުތު ކޮޅެކެވެ.

ފީފާ ވާރލްޑް ކަޕް 2026އީރާން ޤައުމީ ފުޓުބޯޅަ ޓީމުއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

21 ޖޫން 2026

ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި

21 ޖޫން 2026
ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި
21 ޖޫން 2026

ކިއުރުސާއޯ އާއި އެކުއެޑޯ އެއްވަރުވި މެޗުގައި ކީޕަރު އެލޯއީ ރޫމް ތަފާތު ދައްކައިފި

21 ޖޫން 2026
ކިއުރުސާއޯ އާއި އެކުއެޑޯ އެއްވަރުވި މެޗުގައި ކީޕަރު އެލޯއީ ރޫމް ތަފާތު ދައްކައިފި
21 ޖޫން 2026

އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް

21 ޖޫން 2026
އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް
21 ޖޫން 2026

ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި

21 ޖޫން 2026
ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި
20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު