Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

ފުރަތަމަ ކައިވެނި ކޮށްފައި ވަނީ އެލެގްޒެންޑާ ބޯން އާއި އޭނާގެ ލޯބިވެރިޔާ ލޫއީސް. ބޮސްޓަންގެ ސިޓީ ހޯލުގައި ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި އެލެގްޒެންޑާ ހުރީ ސްކޮޓްލެންޑުގެ ސަގާފީ ހެދުމެއް ކަމަށްވާ ކިލްޓްގައި. ބޮސްޓަންގައި ކައިވެނި ކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އެއީ ވޯލްޑް ކަޕާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 07:37
ސްކޮޓްލެންޑު ވޯލްޑް ކަޕުގައި ކުޅޭތީ، އެކަމުގެ އުފަލުގައި އެމެެރިކާގައި ކައިވެނި ކުރި ދެމަފިރިން.

ސްކޮޓްލެންޑު ވޯލްޑް ކަޕުގައި ކުޅޭތީ، އެކަމުގެ އުފަލުގައި އެމެެރިކާގައި ކައިވެނި ކުރި ދެމަފިރިން. | ސޯޝަލް މީޑިއާ

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ފޯރިއާ އެކު، ސްކޮޓްލެންޑަށް ނިސްބަތްވާ ބަޔަކު އެމެރިކާގެ މެސެޗުސެޓްސްގައި އެކަމަށް ޚާއްސަކޮށްގެން ކައިވެނި ކޮށްފި އެވެ.

މިއީ 1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރު ކަމަށްވާއިރު، ސްކޮޓްލެންޑަށް ނިސްބަތްވާ މި މީހުން ނިންމީ އެ ޤައުމުގެ މެޗުތައް ބެލުމަށް އެމެރިކާ އަށް އައިސް، އެ ދަތުރުގެ ތެރެއިން ކައިވެނި ކުރުމަށެވެ. 

މިގޮތުން ފުރަތަމަ ކައިވެނި ކޮށްފައި ވަނީ އެލެގްޒެންޑާ ބޯން އާއި އޭނާގެ ލޯބިވެރިޔާ ލޫއީސް އެވެ. ބޮސްޓަންގެ ސިޓީ ހޯލުގައި ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި އެލެގްޒެންޑާ ހުރީ ސްކޮޓްލެންޑުގެ ސަގާފީ ހެދުމެއް ކަމަށްވާ ކިލްޓްގައި އެވެ. ބޮސްޓަންގައި ކައިވެނި ކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އެއީ ވޯލްޑް ކަޕާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.

މި ކައިވެނީގެ ވަޢުދުތައް ކަނޑައަޅާފައި ވަނީ ވެސް މި ދަތުރާ ގުޅުވައިގެންނެވެ. ކައިވެނީގެ އުފަލުގައި ބައިވެރިވި އާއިލާ އާއި ރަހުމަތްތެރިން ވަނީ ސްކޮޓްލެންޑުގެ ސަގާފީ ރާގު ތަކާ އެކު، ލަވަ ކިޔައި އުފާ ފާޅު ކޮށްފައި އެވެ.

މީގެ އިތުރުން، އޯވެން އާއި ޕައުލާ ކުއިގްލީ ނަމަކަށް ކިޔާ ދެމަފިރިއަކު ވެސް ވަނީ މިދިޔަ ބުދަ ދުވަހު މެސެޗުސެޓްސްގެ ވޭމައުތުގައި ކައިވެނި ކޮށްފައި އެވެ. މި ދެމީހުން އެންގޭޖްވީ މީގެ ނުވަ އަހަރު ކުރިން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.

ޕައުލާ ބުނި ގޮތުގައި އެމީހުން ކުރިން ރާވާފައި އޮތީ އެންގޭޖް ވިތާ 10 އަހަރު ފުރޭ ދުވަހު ކައިވެނި ކުރުމަށެވެ. ނަމަވެސް، ސްކޮޓްލެންޑު ވޯލްޑް ކަޕަށް ކޮލިފައި ވުމުން އެ ނިންމުން ބަދަލުކޮށް. ކައިވެނި އެއް އަހަރަށް އަވަސް ކުރީ ވޯލްޑް ކަޕްގެ ތެރެއިން ކައިވެނި ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ.

އެހެން ގައުމެއްގައި ހުރެގެން ކައިވެނީގެ ކަންކަން އިންތިޒާމު ކުރުމުގައި މި ދެމަފިރިންނަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި އެވެ. އެހެންކަމުން، އެމީހުން އެހީތެރި ކަމަށް އެދި ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެން، މެސެޗުސެޓްސްގައި ދިރިއުޅޭ ސްކޮޓްލެންޑުގެ ރައްޔިތެއް ކަމަށްވާ ޖިމް ލެވާ ވަނީ އެހީތެރިކަން ފޯރު ކޮށްދީފައި އެވެ. ޖިމް ވަނީ މި ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވެފައި އެވެ.

މި ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މޫދު ކައިރީގައި ހުރި އެއާ ބީއެންބީ އެކަމަޑޭޝަނެއްގައި އެވެ. މި ރަސްމިއްޔާތުގައި އެމީހުންގެ ދަރިފުޅާއި، ވޯލްޑް ކަޕް ބަލަން ގޮސް ތިބި އާއިލާގެ މެންބަރުން އަދި ރަހުމަތްތެރިން ބައިވެރިވި އެވެ. ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ކުއިންސީގައި ހުންނަ "ދަ ވިއު" ރެސްޓޯރަންޓުގައި އެވެ.

ފީފާ ވާރލްޑް ކަޕް 2026ސްކޮޓްލެންޑު ފުޓުބޯޅަ ޓީމުސްކޮޓްލޭންޑް

އިތުރަށް ކިޔާލަން

20 ޖޫން 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

20 ޖޫން 2026
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން
20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
20 ޖޫން 2026

މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި

20 ޖޫން 2026
މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި
20 ޖޫން 2026

އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް

20 ޖޫން 2026
އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު