Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި

މުބާރާތުގައި ނެދަލެންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި ޖަޕާންއާ އެއްވަރުވެފައިވާއިރު، މިއީ ނެދަލެންޑްސް އިން ހޯދި ފުރަތަމަ މޮޅު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 01:24
މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެފްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދައި، ނެދަލެންޑްސް ހަމަޖެހިލައިފި އެވެ.

އެމެރިކާގެ ހައުސްޓަން ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ބްރަޔަން ބްރޮބީ ވަނީ ލަނޑު ޖަހައި ނެދަލެންޑްސް އަށް ލީޑު ނަަގައިދީފައި އެވެ. އެއީ ކޯޑި ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގަައި ބްރޮބީ ވަނީ ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ގަކްޕޯ ވަނީ ނެދަލެންޑްސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ހަތް މިނެޓު ފަހުން ގަކްޕޯ ވަނީ އިތުރު ލަަނޑެއް ޖަހައި، ނެދަލެންޑްސް އަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައި ދީފައި އެވެ. 

މެޗުގެ 59 ވަނަ މިނެޓުގައި ސްވިޑެންގެ ހަމައެކަނި ލަނޑު ޖެހީ އެންތަނީ އެލަންގާ އެވެ. މެޗުގެ ފުރިހަމަ ހާފުގެ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ނެދަލެންޑްސްގެ ފަސް ވަނަ ލަނޑު ޖެހީ ކްރައިސެންސިއޯ ސަމާވިލް އެވެ. 

މުބާރާތުގައި ނެދަލެންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި ޖަޕާންއާ އެއްވަރުވެފައިވާއިރު، މިއީ ނެދަލެންޑްސް އިން ހޯދި ފުރަތަމަ މޮޅެވެ. ދެ މެޗުން ހަތަރު ޕޮއިންޓާ އެކު މިވަގުތު ނެދަލެންޑްސް އޮތީ އެއް ވަނައިގައި އެވެ.

ފީފާ ވާރލްޑް ކަޕް 2026ނެދަލެންޑްސްގެ ގައުމީ ޓީމުސްވިޑަން ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
20 ޖޫން 2026

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

20 ޖޫން 2026
1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!
20 ޖޫން 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

20 ޖޫން 2026
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން
20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު