Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި

މިއީ މިފަހަރުގެ މުބާރާތުގައި މޮރޮކޯ އިން ހޯދި ފުރަތަމަ މޮޅު. ފުރަތަމަ މެޗުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެ އެ ޓީމު ވަނީ އެއްވަރުވެފައި. ގުރޫޕު ސްޓޭޖުގައި މޮރޮކޯގެ ފަހު މެޗުގައި ނިކުންނާނީ ހައިޓީއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 03:51
މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސީފައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މޮރޮކޯ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އެމެރިކާގެ ބޮސްޓޮން ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ފަތިހު ކުޅުނު މެޗު މޮރޮކޯ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި މޮރޮކޯ އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގައި އެވެ. 

މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި މޮރޮކޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު މޮރޮކޯ އަށް ޖަހައިދިނީ އިސްމާއިލް ސައިބާރީ އެވެ. އެ ލަނޑު ޖަަހަން ސައިބާރީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރަހިމް ޑިއާޒް އެވެ. މިއީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑެވެ.

އޭގެ ފަހުން ވެސް މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯ އަށް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފައި އެވެ. އެގޮތުން ސައިބާރީ އާއި، އަޝްރަފް ޙަކީމީ އަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސްކޮޓްލެންޑަށް ފުރުސަތު ލިބުނު ނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މިއީ މިފަހަރުގެ މުބާރާތުގައި މޮރޮކޯ އިން ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެ އެ ޓީމު ވަނީ އެއްވަރުވެފައި އެވެ. ގުރޫޕު ސްޓޭޖުގައި މޮރޮކޯގެ ފަހު މެޗުގައި ނިކުންނާނީ ހައިޓީއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026މޮރޮކޯ ޤައުމީ ފުޓުބޯޅަ ޓީމުސްކޮޓްލެންޑު ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

20 ޖޫން 2026

އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް

20 ޖޫން 2026
އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް
18 ޖޫން 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

18 ޖޫން 2026
ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި
18 ޖޫން 2026

މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ

18 ޖޫން 2026
މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ
18 ޖޫން 2026

އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"

18 ޖޫން 2026
އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"
18 ޖޫން 2026

ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް

18 ޖޫން 2026
ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު