Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ

މީގެ އިތުރުން ރޮނާލްޑޯ ބުނެފައި ވަނީ ދުނިޔެ އިން މިހާރު ހަގީގަތް ޤަބޫލު ކުރަން ޖެހޭ ކަމަށް. އެގޮތުން ފިލައި ނުތިބެ، މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަށް ޤަބޫލު ކުރަން ޖެހޭ ކަމަށް ރޮނާލްޑޯ ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 09:37
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމަށް، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ރޮނާލްޑޯ މިހެން ބުނެފައި ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ހެޓްރިކް ހަދާފައި ވަނިކޮށެވެ. އެ މެޗުގައި ޖެހި ތިން ލަނޑާ އެކު، މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރުސްލާވް ކްލޯސާގެ ރެކޯޑާ އަރާ ހަމަ ކޮށްފައި އެވެ. ކްލޯސާ އާއި މެސީ ވޯލްޑް ކަޕްގައި 16 ލަނޑު ޖަހާފައިވާއިރު، މި ރެކޯޑު މުގުރާލުމުގެ ފުރުސަތު މެސީ އަށް އެބަ އޮތެވެ. 

މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެސީ ހެދި ހެޓްރިކަކީ، ވޯލްޑް ކަޕްގައި އޭނާ ހެދި ފުރަތަމަ ހެޓްރިކް އެވެ. އެ ހެޓްރިކާ އެކު، އުމުރުން 38 އަހަރުގެ މެސީ ވެފައި ވަނީ ވޯލްޑް ކަޕްގައި ހެޓްރިކް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

އެކަމަށް އިޝާރާތް ކުރަމުން ރޮނާލްޑޯ ބުނީ، ކޮންމެ ސީޒަނެއްގައި ވެސް އަދި ކޮންމެ ވޯލްޑް ކަޕެއްގައި މެސީ ކުޅެން އެރުމާ އެކު ތާރީޚާ ގުޅޭ ކަމަށެވެ. ރޮނާލްޑޯ ބުނީ އެއީ ހަނދާން ނައްތައި ނުލެވޭނެ ތާރީޚީ ކަމެއް ކަމަށެވެ. ފުޓުބޯޅައިގެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ރޮނާލްޑޯ ބުނީ، ފުޓުބޯޅައިގައި މިހާ ގިނަ އަހަރު ތަކެއް ވަންދެން، އެހާ ހަމަޖެހިލައިގެން ކުޅުމަކީ ކޮންމެ ކޮންމެ ކުޅުންތެރިޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

މީގެ އިތުރުން ރޮނާލްޑޯ ބުނެފައި ވަނީ ދުނިޔެ އިން މިހާރު ހަގީގަތް ޤަބޫލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފިލައި ނުތިބެ، މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަށް ޤަބޫލު ކުރަން ޖެހޭ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ. އެކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ ރެކޯޑަކީ މުގުރާލެވޭނެ އެއްޗެއް ކަމަށާއި، މެސީ ރެކޯޑު މުގުރަމުން ގެންދިޔުމަކީ ފުޓުބޯޅައިގެ އެއްވެސް މީހަކަށް ހައިރާން ކަމެއް ލިބޭ ކަމެއް ނޫން ކަމަށެވެ. 

މިއީ މެސީގެ ކެރިއަރުގައި އޭނާ ކުޅޭ ހަ ވަނަ ވޯލްޑް ކަޕް އެވެ. އާޖެންޓީނާ އިން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، އެންމެ އިސް ދައުރެއް އަދާ ކުރީ ވެސް މެސީ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މެސީ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވެފައިވާއިރު، އެފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ. 

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީރޮނާލްޑޯ (ބްރެޒިލް)

އިތުރަށް ކިޔާލަން

18 ޖޫން 2026

އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"

18 ޖޫން 2026
އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"
18 ޖޫން 2026

ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް

18 ޖޫން 2026
ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް
18 ޖޫން 2026

ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި

18 ޖޫން 2026
ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި
18 ޖޫން 2026

ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި

18 ޖޫން 2026
ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި
18 ޖޫން 2026

ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

18 ޖޫން 2026
ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު