Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އޮންރީ ބުނީ މުހިންމު ކަމަކީ ޓީމުން ލަނޑު ޖެހުން ކަމަށާއި، އެއީ ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުން ނޫން ކަމަށް. މެޗުގެ ދެ ވަނަ ހާފުގައި ފްރެންސިސްކޯ ކޮންސެއިސާއޯ ބޯޅަ ހިފައިގެން އޭރިޔާގެ ތެރެއަށް ވަތް ވަގުތު، ރޮނާލްޑޯ އަމަލު ކުރި ގޮތަށް އޮންރީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 07:56
ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.

ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. | ސޯޝަލް މީޑިއާ

މުހިންމީ ޓީމުން ލަނޑު ޖެހުން ކަމަށާއި، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުން ނޫން ކަމަށް ބުނެ ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީގެ ފާޑު ކިޔުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަމާޒު ކޮށްފި އެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް އާއި ކޮންގޯ ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމުމާ އެކު، ފޮކްސް ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮންރީ ވަނީ ރޮނާލްޑޯގެ ކުޅުމަށް ފާޑު ކިޔައިފަ އެވެ. 

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އޮންރީ ބުނީ މުހިންމު ކަމަކީ ޓީމުން ލަނޑު ޖެހުން ކަމަށާއި، އެއީ ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުން ނޫން ކަމަށެވެ. މެޗުގެ ދެ ވަނަ ހާފުގައި ފްރެންސިސްކޯ ކޮންސެއިސާއޯ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަތް ވަގުތު، ރޮނާލްޑޯ އަމަލު ކުރި ގޮތަށް އޮންރީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. 

އޮންރީ ފާހަގަ ކުރި ގޮތުގައި ރޮނާލްޑޯ އަމިއްލަ އަށް ލަނޑު ޖަހަން ބޭނުން ވެފައި ހުރުމުގެ ސަބަބުން، ބްރޫނޯ ފެނާންޑޭސް އަށް ހުސްކޮށް އޮތް ޖާގަ އަށް ހުރަސްއެޅި ކަމަށާއި، އެކަމުގެ ސަބަބުން ޑިފެންޑަރުންނަށް އެ ބޯޅަ ދިފާއު ކުރަން ފަސޭހަވި ކަމަށެވެ. 

އޮންރީގެ އިތުރުން، ކޮންގޯގެ މިޑްފީލްޑަރު އެންގަލްއަޔަމް މުކާާއު ވެސް ވަނީ ރޮނާލްޑޯގެ މިހާރުގެ ކުޅުމާ މެދު ސުވާލު އުފައްދައިފަ އެވެ. މުކާއު ބުނި ގޮތުގައި ރޮނާާލްޑޯ އަކީ މިހާރު ކުރީގެ ކުޅުންތެރިޔެއް ނޫން ކަމަށާއި، އޭނާގެ އުމުރުން ދުވަސް ވުމުގެ އަސަރު ކުޅުމުން ފެންނަ ކަމަށެވެ.

ނަމަވެސް، މި ފާޑު ކިޔުން ތަަކަށް ރޮނާލްޑޯ މާ ބޮޑު ސަމާލު ކަމެއް ދީފައި ނުވެ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ، މިއީ ފުޓުބޯޅައިގެ އާންމު އުސޫލު ކަމަށާއި، މެޗުން މޮޅުވުމާއި ބަލިވުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ. 

މީގެ އިތުރުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނީ، އެއީ ޕޯޗުގަލް އިން ބޭނުންވި ފެށުން ނޫން ކަމަށް ވިޔަސް، އަދި ހުރިހާ ކަމެއް ނިމުނީ ނޫން ކަމަށެވެ. އަދި އިސް އުފުލައިގެން ތިބެ، ދެން އޮތް މެޗަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައި އެވެ.

ރޮނާލްޑޯ އަށް އަމާޒުވާ ފާޑު ކިޔުން ތަަކަށް ރައްދު ދެމުން ޕޯޗުގަލްގެ ޔާއޯ ނެވެސް ބުނީ، ރޮނާލްޑޯ އަކީ ޓީމަށް ވަރަށް ބޮޑަށް އެހީތެރިވާ ކުޅުންތެރިޔެއްް ކަމަށާއި، އޭނާގެ ތަޖުރިބާ ޓީމަށް ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. 

ފީފާ ވާރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯތިއެރީ އޮންރީ

އިތުރަށް ކިޔާލަން

18 ޖޫން 2026

ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް

18 ޖޫން 2026
ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް
18 ޖޫން 2026

ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި

18 ޖޫން 2026
ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި
18 ޖޫން 2026

ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި

18 ޖޫން 2026
ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި
18 ޖޫން 2026

ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

18 ޖޫން 2026
ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި
18 ޖޫން 2026

ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި

18 ޖޫން 2026
ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު