Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އެމެރިކާ

އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ފަހުމުނާމާއަށް އިސްރާއީލުގެ އިސްވެރިން ފާޑުކިޔަމުންދާތީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އެ ގައުމަށް ވަރުގަދަ ރައްދެއް ދެއްވައިފި. ވޭންސް ވިދާޅުވީ އިސްރާއީލުގެ ދިފާއީ ހަތިޔާރުގެ ބޮޑު ބައެއް އެމެރިކާއިން ފޯރުކޮށްދޭއިރު، އެ ގައުމުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ރައީސް ޓްރަމްޕަށް ހަމަލާދިނުމުގެ ބަދަލުގައި އިސްރާއީލުން ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށް.

ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 06:18
ވައިޓް ހައުސްގައި 2026 ޖޫން 18 ވީ ބުރާސްފަތި ދުވަހު ނައިބު ރައީސް ޖޭޑީ ވޭންސް ނޫސްވެރިންނާ ވާހަކަދައްކަވަނީ.

ވައިޓް ހައުސްގައި 2026 ޖޫން 18 ވީ ބުރާސްފަތި ދުވަހު ނައިބު ރައީސް ޖޭޑީ ވޭންސް ނޫސްވެރިންނާ ވާހަކަދައްކަވަނީ. | ރޮއިޓާސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ހުކުރު ދުވަހު އަމާޒުކުރައްވައި، "ހޭލައި، ހަގީގަތާ ކުރިމަތިލުމަށް" ގޮވާލައްވައި އިންޒާރު ދެއްވައިފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވޭންސް ވަނީ، އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ބުދަ ދުވަހު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ދިފާއުކުރައްވައި ވާހަކަދައްކަވާފައެވެ.

މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ނިންމާފައިވާއިރު، އީރާނުން އެމްއޯޔޫގައިވާ ކަންކަމަށް އަމަލުކުރާނަމަ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ދުނިޔޭގެ އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު އެ ގައުމަށް އަލުން ލިބިގެންދާނެއެވެ.

އިސްރާއީލުގެ އިސްވެރިންނާއި، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން ވޮޝިންގޓަނުގެ ކޮންޒަވޭޓިވް ފިކުރުގެ ނުފޫޒުގަދަ ފަރާތްތަކުން ވަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހެއްދެވުނު ގޯހެއް ކަމަށް ބުނެ، އެ ފަރާތްތަކުން ދަނީ ފާޅުގައި ރައީސް ޓްރަމްޕަށް ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ވެންސް ވަނީ ނަތަންޔާހޫގެ ކެބިނެޓްގެ ވަކިވަކި މެންބަރުންގެ ނަން ހާމަނުކުރައްވައި، އެ ބޭފުޅުން މި އެއްބަސްވުމަށް ފާޑުވިދާޅުވެ، ރައީސް ޓްރަމްޕްގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކަވާތީ އެކަމަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. 

"މިވަގުތު މުޅި ދުނިޔޭގައިވެސް އިސްރާއީލާ މެދު ހަމްދަރުދީވާ ހަމައެކަނި ދައުލަތުގެ ވެރިޔަކީ ޑޮނަލްޑް ޖޭ ޓްރަމްޕް. އަދި އެމަނިކުފާނަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ވެރިޔާ،" ނުރުހުންވެ ހުންނަވައި ވޭންސް ވިދާޅުވިއެވެ. "އަޅުގަނޑަކީ އިސްރާއީލު ސަރުކާރުގެ ކެބިނެޓް މެންބަރެއް ނަމަ، މުޅި ދުނިޔޭގައިވެސް އޮތް ހަމައެކަނި ބާރުގަދަ އެކުވެރިޔާއަށް މިގޮތަށް ހަމަލާއެއް ނުދޭނަން."

މީގެ އިތުރުން ވެންސް ވިދާޅުވީ، އިސްރާއީލުގެ ދިފާއުގައި ބޭނުންކުރާ ހަތިޔާރުގެ ތިންބައިކުޅަ ދެބަޔަކީ އެމެރިކާގެ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން އުފައްދާ އެ ގައުމަށް ފޯރުކޮށްދީފައިވާ ތަކެތި ކަމަށެވެ.

"އިސްރާއީލަށް އޮތް މައްސަލައަކީ ޑޮނަލްޑް ޖޭ ޓްރަމްޕެއް ނޫން. އިސްރާއީލުގެ އެންމެ ބޮޑު މައްސަލައަކީ އެމެރިކާގެ ރައީސް ކަމަށް ގަބޫލުކުރާ ކޮންމެ މީހަކުވެސް، ހޭލައި އެ ގައުމު މިހާރު އޮތް ހަގީގީ ހާލަތަށް ވިސްނަންޖެހޭ،" ވެންސް ވިދާޅުވިއެވެ.

ޖޭޑީ ވޭންސްބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްއެމެރިކާ-އީރާންއިޒްރޭލްއެމެރިކާ-އިޒްރޭލް

އިތުރަށް ކިޔާލަން

18 ޖޫން 2026

އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!

18 ޖޫން 2026
އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!
18 ޖޫން 2026

އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 ޖޫން 2026
އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
17 ޖޫން 2026

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

17 ޖޫން 2026
އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ
17 ޖޫން 2026

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

17 ޖޫން 2026
އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި
17 ޖޫން 2026

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

17 ޖޫން 2026
ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު