Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމާއެކު ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނިންމުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ދަށަށްގޮސް އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ބްލޮކޭޑް އުވާލަން ނިންމި ނަމަވެސް، ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަމާ މެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން ޝިޕިންގ ކުންފުނިތަކުން އަދިވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެހެންކަމުން، ސަރަހައްދީ މަސްރަހު އާންމު ހާލަތަކަށް ރުޖޫއަވުމަށްޓަކައި ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނ.

ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 06:03
އީރާނުގެ ބަންދަރު އައްބާސްގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ލިބެންދެން އީރާނާއި ބޭރު ގައުމުތަކުގެ މުދާ އުފުލާ ބޯޓުފަހަރުތައް ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގައި ތާށިވެފައި.

އީރާނުގެ ބަންދަރު އައްބާސްގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ލިބެންދެން އީރާނާއި ބޭރު ގައުމުތަކުގެ މުދާ އުފުލާ ބޯޓުފަހަރުތައް ފާރިސީ ކަނޑުއޮޅީގެ އައްސޭރިފަށުގައި ތާށިވެފައި. | ގެޓީ އިމޭޖަސް

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރުމާ ގުޅިގެން، ތެލުގެ އަގު ދަށަށް ގޮސް ހިއްސާގެ ބާޒާރުތަކަށް ކުރިއެރުން ލިބިއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އަސްކަރީ ހަމަލާތައް ފައްޓަވައިފާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން ތެލުގެ އަގު އުފުލުނު ނަމަވެސް، ވަގުތީ ސުލްހައިގެ އެއްބަސްވުމާއެކު އަގުތައް މިވަނީ އަނެއްކާވެސް ދަށަށް ދާން ފަށާފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އޭޝިއާގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު 1.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މިއީ އޭގެ 24 ގަޑިއިރު ކުރިން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރެވެ. އަންނަ އޮގަސްޓް މަހު ސަޕްލައިކުރުމަށް ހަމަޖެހިފައިވާ ބްރެންޓް ފިއުޗާސްގެ އަގު ހުރީ ފީފާއެއް 78.07 ޑޮލަރުގައެވެ. މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގުތައް ހުރި މިންވަރަށްވުރެ އެންމެ 7 އިންސައްތަ މަތީ އަދަދެކެވެ.

ތެލުގެ އަގުތައް ދަށަށް ދާތާ ދުވަސްތަކެއް ވުމަށްފަހު، އީރާނުން "ރަނގަޅަށް އަމަލުނުކުރާނަމަ" އަލުން ބޮން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެ ބުދަ ދުވަހު ޓްރަމްޕް ދެއްވި އިންޒާރާއެކު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަގުތީ ގޮތުން 81 ޑޮލަރަށްވުރެ މައްޗަށް އެރިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައި ޗެއިނަށް ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ކުރިމަތިވި ހުރަސްތަކަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދު އާވެ، އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ޖަޕާނުގެ ނިކޭ 225 އިންޑެކްސް 2 އިންސައްތައަށްވުރެ މަތިވެފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 1.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މިއީ މި ދެ ގައުމުގެ ހިއްސާގެ ބާޒާރުގައި ރެކޯޑް މިންވަރެކެވެ.

ތައިވާނުގެ ޓައިއެކްސް އިންޑެކްސް 1.3 އިންސައްތައަށް އުފުލިފައިވެއެވެ.

ނަމަވެސް ހޮންކޮންގުގެ ހޭންގް ސެންގް އިންޑެކްސް ވަނީ 1.7 އިންސައްތަ ދަށަށް ގޮސްފައެވެ.

އާންމުކޮށް ބާޒާރު ބަންދު ގަޑިތަކުގައި މުއާމަލާތްކުރާ އަދި ކުރިއަށް އޮތް ދުވަހުގެ ބާޒާރުގެ ހާލަތު އަންދާޒާކޮށްދޭ އެމެރިކާގެ ސްޓޮކް ފިއުޗާސްތައް ވެސް ވަނީ މަތިވެފައެވެ. އެގޮތުން އެސް އެންޑް ޕީ 500 އާ ގުޅޭ ފިއުޗާސް 0.8 އިންސައްތަ އަދި ޓެކްނޮލޮޖީ ކުންފުނިތައް ގިނަ ނަސްޑެކް ކޮމްޕޮސިޓް 1.3 އިންސައްތަ މަތިވެފައިވެއެވެ.

ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ފަހުމުނާމާއަށް ވަގުތުން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އީރާނުން ވަގުތުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލާނެއެވެ. އަދި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ ބަންދު ވަގުތުން އުވާލާނެއެވެ. ނަމަވެސް މި އިއުލާނާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް އައި ބަދަލެއް އަދި ސާފެއް ނުވެއެވެ.

އީރާނުގެ މިސައިލާއި، ޑްރޯން އަދި މައިންތަކުގެ ނުރައްކަލުގެ އިތުރުން އެމެރިކާގެ ބްލޮކޭޑާ ގުޅިގެން، އެ ކަނޑުއޮޅިން ކުރާ ދަތުރުފަތުރު ވަނީ އާންމު ހާލަތާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެފައެވެ.

ގަލްފް ސަރަހައްދުން ނުކުތުމަށް 500 އަށްވުރެ ގިނަ އުޅަނދު ކިއޫގައި އޮތް ކަމަށް ލަފާކުރެވޭއިރު، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރާނެ ގޮތުގެ ސާފު މައުލޫމާތެއް ނެތުމުން ޝިޕިންގ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ އެސޯސިއޭޝަން ކަމަށްވާ ބޯލްޓިކް އެންޑް އިންޓަނޭޝަނަލް މެރިޓައިމް ކައުންސިލް (ބިމްކޯ) އިން މި ހަފުތާގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނީ، ދަތުރުފަތުރު ކުރާނެ ވަގުތުތަކާއި ރައްކާތެރި މަގުތަކާ ގުޅޭ މުހިންމު މައުލޫމާތު އެމެރިކާއާއި އީރާނުން އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ފަހުމުނާމާގެ ފުރަތަމަ އިއުލާނާ ގުޅިގެން ބިމްކޯގެ ޗީފް ސޭފްޓީ އެންޑް ސެކިއުރިޓީ އޮފިސަރު ޖެކޮބް ލާސަން ހޯމަ ދުވަހު ވިދާޅުވީ، ކަންކަން ހިނގާނެ ގޮތުގެ ތަފްސީލު ނެތުމާއި މީގެ ކުރިން ވެސް މިފަދަ އުންމީދީ ވާހަކަތަކަށްފަހު ކަންކަން ބަދަލުވެފައިވާތީ، ޝިޕިންގ ދާއިރާގެ ސަލާމަތީ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށެވެ. އަދި މި ވަގުތު އެ ސަރަހައްދުން ދަތުރު ފެށުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އުޅަނދުތަކުގެ ވެރިން ރައްކާތެރިކަމުގެ އެސެސްމަންޓްތައް ހެދުމުގައި ދެމިތިބުމަށާއި، ހުރިހާ ފަރާތްތަކަކުން ވެސް ފަޅުވެރިންގެ ސަލާމަތަށް އިސްކަންދިނުމަށް ބިމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމެރިކާ-އީރާންޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިޝެހްބާޒް ޝަރީފް ބިމްކޯނިކޭ 225

އިތުރަށް ކިޔާލަން

18 ޖޫން 2026

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

18 ޖޫން 2026
އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި
18 ޖޫން 2026

އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 ޖޫން 2026
އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
17 ޖޫން 2026

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

17 ޖޫން 2026
އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ
17 ޖޫން 2026

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
17 ޖޫން 2026

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

17 ޖޫން 2026
ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު