Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ޕާކިސްތާން އިން އަބަދު ވެސް ތައްޔާރަށް އޮތް ކަމަށް. އަދި މިކަމުގައި ޕާކިސްތާން އިން މަސައްކަތް ކުރާނީ، ނުހަނު އިޚުލާޞްތެރި ކަމާއެކު ކަމުގެ ޔަގީންކަން ވެސް ބޮޑު ވަޒީރު ވަނީ ދެއްވާފައި އެވެ. މަޝްވަރާ ތަކުގެ އައު ބުރެއް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަކީ ސަރަހައްދީ ހަމަޖެހުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބޮޑު ވަޒީރު ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މެއި 2026 | އާދީއްތަ 09:46
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް ބާއްވާ ސުލްހައިގެ މަޝްވަރާ ތަކުގެ ކުރިއަށް އޮތް ބުރު ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ބޮޑު ވަޒީރު މިހެން ވިދާޅުވީ ދެ ގައުމުގެ ދެ މެދުގައި އޮތް މައްސަލަ ތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޕާކިސްތާން އިން ކުރަމުންދާ މަސައްކަތް ތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ޕާކިސްތާން އިން އަބަދު ވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިކަމުގައި ޕާކިސްތާން އިން މަސައްކަތް ކުރާނީ، ނުހަނު އިޚުލާޞްތެރި ކަމާއެކު ކަމުގެ ޔަގީންކަން ވެސް ބޮޑު ވަޒީރު ވަނީ ދެއްވާފައި އެވެ. މަޝްވަރާ ތަކުގެ އައު ބުރެއް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަކީ ސަރަހައްދީ ހަމަޖެހުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބޮޑު ވަޒީރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ބޮޑު ވަޒީރު ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ ވާހަކަ ދައްކައިގެން ކަމަށް ޕާކިސްތާން އިން އަބަދު ވެސް ގަބޫލު ކުރާ ކަމަށެވެ. އެމެރިކާ އާއި އީރާން އަކީ ވެސް ޕާކިސްތާންއާ ގާތް ގުޅުމެއް ބާއްވާ ދެ ގައުމު ކަމަށްވުމާ އެކު، ދެ ގައުމުގެ ދެ މެދުގައި އޮތް ދެބަސްވުންތައް ނައްތާލުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ޕާކިސްތާންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި އެވެ.

އެމެރިކާ އާއި އީރާންގެ ގުޅުން ގޯސް ވެފައި ވަނީ އީރާނުގެ ނިއުކްލިއާ މައްސަލަ އާއި ސަރަހައްދީ އެކި އެކި ކަންކަމާ ގުޅިގެންނެވެ. މި މައްސަލަތައް ހައްލު ކުރުމަށް މީގެ ކުރިން ވެސް އެކި ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގޮސްފައިވީ ނަމަވެސް، ދާއިމީ ހައްލެއް މިހާތަނަށް ފެނިފައި ނުވެ އެވެ. ޕާކިސްތާން އިން މި ހުށަހެޅުން ހުށަހަޅާފައި ވަނީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕާކިސްތާންގެ މި އިސް ނެގުން ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް ބަލަމުންދާ އިރު، މިއީ އެ ސަރަހައްދުގެ ސުލްހަ އަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ސިފަ ކުރެ އެވެ. ނަމަވެސް މި މަޝްވަރާތައް ބޭއްވުމާ މެދު އެމެރިކާ އާއި އީރާން އިން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންޝެހްބާޒް ޝަރީފް

އިތުރަށް ކިޔާލަން

24 މެއި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު

24 މެއި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު
24 މެއި 2026

އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް

24 މެއި 2026
އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް
24 މެއި 2026

60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް

24 މެއި 2026
60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް
23 މެއި 2026

އީރާން އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

23 މެއި 2026
އީރާން އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
23 މެއި 2026

އެމެރިކާގެ ހުށަހެޅުން އީރާން އިން ދިރާާސާ ކުރަމުން ދަނިކޮށް، ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އެ ޤައުމަށް ވަޑައިގެންފި

23 މެއި 2026
އެމެރިކާގެ ހުށަހެޅުން އީރާން އިން ދިރާާސާ ކުރަމުން ދަނިކޮށް، ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އެ ޤައުމަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު