Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ހުށަހެޅުން އީރާން އިން ދިރާާސާ ކުރަމުން ދަނިކޮށް، ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އެ ޤައުމަށް ވަޑައިގެންފި

މި ދަތުރުފުޅާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރީ ވެރިޔާގެ މި ޒިޔާރަތަކީ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި ވަކި ގޮތެއް ނިމިފައިވާ، ނުވަތަ ނިންމުން ތަކެއް ނިންމާ ހިސާބަށް ދިޔުން ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2026 | ހޮނިހިރު 05:16
އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް ކުރަމުންދާ މެދުވެރިއެއްގެ މަސައްކަތް ތަކުގެ ތެރެއިން، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ސައިދު އާސިމް މުނީރު އީރާން އަށް ވަޑައިގަތުމުން، އީރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޯމެނީ އޭނާ އަށް މަރުހަބާ ދަންނަވަނީ.

އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް ކުރަމުންދާ މެދުވެރިއެއްގެ މަސައްކަތް ތަކުގެ ތެރެއިން، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ސައިދު އާސިމް މުނީރު އީރާން އަށް ވަޑައިގަތުމުން، އީރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޯމެނީ އޭނާ އަށް މަރުހަބާ ދަންނަވަނީ. | ރޮއިޓާސް

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ އައު ހުށަހެޅުންތަކާ މެދު އީރާން އިން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި، މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް އާސިމް މުނީރު ހުކުރު ދުވަހު އީރާން އަަށް ވަޑައިގެންފި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނެރަލް މުނީރު އީރާން އަށް ވަޑައިގަތީ ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ކަމަށެވެ. އީރާންގެ ވެރި ރަށް ތެހެރާން އިން އޭނާ އަށް މަރުހަބާ ދެންނެވީ އީރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޯމެނީ އާއި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހުސިން ނަގްވީ އެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރީ ވެރިޔާގެ މި ޒިޔާރަތަކީ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި ވަކި ގޮތެއް ނިމިފައިވާ، ނުވަތަ ނިންމުން ތަކެއް ނިންމާ ހިސާބަށް ދިޔުން ނޫން ކަމަށެވެ. އީރާންގެ އިސްނާ ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާން އާއި އެމެރިކާއާ ދެމެދު ހުރި ޚިޔާލު ތަފާތުވުން ތަކަކީ ވަރަށް ފުން އަދި ފުޅާ ދާއިރާއެއްގައި ހުރި ކަންތައް ތަކެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މި ހަނގުރާމަ ފެށުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަކަށް އައި ނަމަވެސް، ދާއިމީ ސުލްހައެއް ގާއިމު ކުރުމަށް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ މަޝްވަރާތައް އޮތީ އެއްބަސްވުމަކަށް އައުމާއި، އަލުން ހަމަލާ ބަދަލު ކުރަން ފެށުމާ ދެމެދުގެ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ކުރިއެރުން ތަކެއް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މީގެ ކުރިން ބޭއްވި މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާ އިން އިންސާފުން ބޭރު، ބޮޑެތި ޑިމާންޑު ތަކެއް ކުރަމުންދާ ކަމަށް ބުނެ އީރާން އިން އެކަމާ ދެކޮޅު ހެދުމުންނެވެ. އޭޕްރީލް މަހު ޕާކިސްތާންގައި ބޭއްވި މަޝްވަރާ ތަކުގައި ޖެނެރަލް މުނީރު ވަނީ އިސް ދައުރެއް އަދާ ކުރައްވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ އެކު ގާތް ގުޅުމެއް ބާއްވަވާފަ އެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހުސިން ނަގްވީ މިދިޔަ ބުދަ ދުވަހު އީރާން އަށް ކުރެއްވި ޒިޔާރަތުގައި އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ ބައްދަލު ކުރައްވާފައިވެ އެވެ. މިއީ އެއް ހަފުތާ ތެރޭގައި އޭނާ އީރާން އަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މީގެ އިތުރުން، ގަތަރުގެ ވަފުދަކުން ވެސް ހުކުރު ދުވަހު އީރާނުގެ ފޮރިން މިނިސްޓަރާ ބައްދަލު ކޮށްފައިވާ ކަމަށް ތަރުޖަމާނު ބަގާއީ ވިދާޅުވި އެވެ.

އީރާން އިން ބުނާ ގޮތުގައި ފަހަކަށް އައިސް ސަރަހައްދީ ގައުމު ތަކާއި، އެ ނޫން ގައުމު ތަކުން ވެސް ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވަމުންދެ އެވެ. ނަމަވެސް، މި މައްސަލައިގައި ރަސްމީ މެދުވެރިއެއްގެ ގޮތުގައި ދެމިއޮތީ އީރާންގެ އަވަށްޓެރި ޕާކިސްތާނެވެ. ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، ދެ ފަރާތުން ވެސް އެކި ހުށަހެޅުންތައް ބަދަލު ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އަދިވެސް އޮތް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންޖެނެރަލް އާސިމް މުނީރު

އިތުރަށް ކިޔާލަން

22 މެއި 2026

ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި

22 މެއި 2026
ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި
22 މެއި 2026

އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި

22 މެއި 2026
އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި
22 މެއި 2026

އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް

22 މެއި 2026
އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް
22 މެއި 2026

އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

22 މެއި 2026
އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި
21 މެއި 2026

ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި

21 މެއި 2026
ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު