Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި

18 ޖޫން 2026 | ބުރާސްފަތި 04:17

މެޗުގައި ކޮލަމްބިއާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އުޒްބެކިސްތާން އިން ނަތީޖާ ހަމަހަމަ ވެސް ކުރި. ނަަމަވެސް، އިތުރު ދެ ލަނޑު ޖަހައިގެން ކޮލަމްބިއާ ވަނީ މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 04:17
މެޗުގައި ލަނޑު ޖެހުމަށް ފަހު ކޮލަމްބިއާގެ ޑިއާޒް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ކޮލަމްބިއާގެ ޑިއާޒް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ކޭގައި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކޮލަމްބިއާ އިން އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފި އެވެ. 

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗު ކޮލަމްބިއާ އިން ކާާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ކޮލަމްބިއާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އުޒްބެކިސްތާން އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަަމަވެސް، އިތުރު ދެ  ލަނޑު ޖަހައިގެން ކޮލަމްބިއާ ވަނީ މެޗުން މޮޅުވެފައި އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ ކޮލަމްބިއާ އިން ލީޑު ނެގީ ފުރަތަމަ ހާާފުގެ ފަހު ވަގުތުގެ ތެރޭގައި އެވެ. އެގޮތުން ފުރަތަމަ ޙާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ ޑެނިއެލް މުނޯޒް އެވެ. އެ ލަނޑު ޖަހަން މުނޯޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލުއިސް ޑިއާޒް އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އުޒްބެކިސްތާން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަބޯސްބެކް ފައިޒުލާވް އެވެ. އުޒްބެކިސްތާން އިން ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓު ފަހުން، ޑިއާޒް ވަނީ ކޮލަމްބިއާގެ ދެ ވަނަ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ކޮލަމްބިއާގެ ތިން ވަނަ ލަނޑު ޖެހީ ޖަމިންޓޮން ކަމްޕާޒް އެވެ.

ގުރޫޕު ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޮލަމްބިއާ ނިކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. އުޒްބެކިސްތާންގެ ދެ ވަނަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި ކުޅޭނީ ކޮންގޯއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026އުޒްބެކިސްތާން ޤައުމީ ފުޓުބޯޅަ ޓީމުކޮލަމްބިއާ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި

18 ޖޫން 2026
ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި
18 ޖޫން 2026

ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

18 ޖޫން 2026
ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި
18 ޖޫން 2026

ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި

18 ޖޫން 2026
ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި
17 ޖޫން 2026

ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން

17 ޖޫން 2026
މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން
17 ޖޫން 2026

ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ

17 ޖޫން 2026
ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ
17 ޖޫން 2026

ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި

17 ޖޫން 2026
ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި
17 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

17 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް
16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް