Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް

ސައުދީގެ ދިދަ ވިނަ ގަނޑު މަތީގައި ނުބާއްވަން ނިންމީ، އެ ދިދައިގައި އިސްލާމީ ޝަހާދަތުގެ ކަލިމަ ލިޔެފައި ވުމުން. އެހެންވެ އެ ދިދަ ވިނަ ގަނޑު މަތީގައި ބޭއްވުމަކީ އިޙުތިރާމް ކުޑަ ގޮތަކަށް ވާނެތީވެ، ވިނަ ގަނޑު މަތީގައި ދިދަ ނުބާއްވަން ނިންމީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 07:13
ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބައްދަލު ކުރި މެޗު ފެށުމުގެ ކުރިން، ދެ ޤައުމުގެ ދިދަ ދައްކާލަނީ.

ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބައްދަލު ކުރި މެޗު ފެށުމުގެ ކުރިން، ދެ ޤައުމުގެ ދިދަ ދައްކާލަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ މެޗުތައް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި މެޗުގައި ބައްދަލު ކުރާ ދެ ޤައުމުގެ ދިދަ ދައްކާލާއިރު، ސައުދީ އަރަބިއްޔާގެ ދިދަ އަށް ފީފާ އިން ޚާއްޞަ އުސޫލެއްގެ ދަށުން އަމަލު ކުރަން ފަށައިފި އެވެ.

އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ސައުދީ އާއި އުރުގުއޭ ބައްދަލު ކުރި މެޗު ފެށުމުގެ ކުރިން އޮތް ރަސްމިއްޔާތުގައި، ސައުދީގެ ދިދަ ބިން މަތީގައި ބާއްވާފައި ނުވެ އެވެ. އާންމު ގޮތެއްގައި ދެ ޤައުމުގެ ދިދަ ހިފައިގެން ތިބޭ ކުދިން ތިބެނީ، ދަނޑުގެ ވިނަ ގަނޑު މަތީގައި ދިދަ ބާއްވައިގެންނެވެ.

ނަމަވެސް، ސައުދީ އާއި އުރުގުއޭ ބައްދަލު ކުރި މެޗުގައި ސައުދީގެ ދިދަ ވިނަ ގަނޑު މަތީގައި ބޭއްވުމުގެ ބަދަލުގައި، ކުދިން ތިބީ ދިދަ ވިނަ ގަނޑުގައި ނުޖެހޭނެހެން ހިފަހައްޓައިގެންނެވެ. ހަމަ އެއާ އެކު، ތަފާތު ނުވާނެ ގޮތަށް އުރުގުއޭގެ ދިދަ ވެސް ވަނީ ވިނަ ގަނޑުގައި ނުޖެހޭނެހެން ހިފައިގެން ތިބެފަ އެވެ. 

ސައުދީގެ ދިދަ ވިނަ ގަނޑު މަތީގައި ނުބާއްވަން ނިންމީ، އެ ދިދައިގައި އިސްލާމީ ޝަހާދަތުގެ ކަލިމަ ލިޔެފައި ވުމުންނެވެ. އެހެންވެ އެ ދިދަ ވިނަ ގަނޑު މަތީގައި ބޭއްވުމަކީ އިޙުތިރާމް ކުޑަ ގޮތަކަށް ވާނެތީވެ، ވިނަ ގަނޑު މަތީގައި ދިދަ ނުބާއްވަން ނިންމީ އެވެ. ފީފާ އިން މި ނިންމުން ނިންމާފައި ވަނީ ސައުދީ އަކީ އިސްލާމީ ޤައުމަކަށް ވެފައި، އެ ޤައުމުގެ ދިދަ އަށް އިޙުތިރާމް އާއި ރައްކާތެރިކަން ދިނުމުގެ މަޤުޞަދުގައި އެވެ. 

ކޮންމެ މެޗެއް ފެށުމުގެ ކުރިން ފީފާ އިން ބާއްވާ މި ރަސްމިއްޔާތުގައި ދެ ޓީމުގެ ޤައުމީ ދިދަ ދައްކާލުމުގެ އިތުރުން، ޤައުމީ ސަލާމް ޖެހުން ވެސް ކުރިއަށް ގެންދެ އެވެ. މިއީ އާންމު ގޮތެއްގައި ފީފާ އިން ކުރާ ކަމެކެވެ. މިފަހަރުގެ މުބާރާތުގައި ބައެއް މެޗު ތަކުގައި ފެށުމުގެ ރަސްމިއްޔާތު ދިގުވުމުގެ ސަބަބުން، މެޗު ފެށުން ލަސްވެގެން ގޮސްފައިވާ ކަމަށް ވެސް ފާހަގަވެފައިވެ އެވެ.

މުބާރާތުގައި ސައުދީ އިން ކުޅޭ ކޮންމެ މެޗެއްގައި ވެސް، މި އުސޫލުން އަމަލު ކުރާނެ ކަމަށް ވަނީ ބެލެވިފައި އެވެ.

ފީފާ ވާރލްޑް ކަޕް 2026ފީފާސައޫދީ ޤައުމީ ފުޓުބޯޅަ ޓީމުސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

18 ޖޫން 2026

ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި

18 ޖޫން 2026
ޑިއާޒް އާއި މުނޯޒްގެ ލަނޑުން، ކޮލަމްބިއާ އިން އުޒްބެކިސްތާން ބަލިކޮށްފި
18 ޖޫން 2026

ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި

18 ޖޫން 2026
ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި
18 ޖޫން 2026

ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

18 ޖޫން 2026
ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި
18 ޖޫން 2026

ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި

18 ޖޫން 2026
ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި
17 ޖޫން 2026

ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު