Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަހު ވަގުތު ލަނޑު ޖަހައިގެން، ގާނާ އިން ޕެނަމާ ބަލިކޮށްފި

18 ޖޫން 2026 | ބުރާސްފަތި 03:06

މި މެޗުގައި ގާނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ތޯމަސް ޕާޓޭ ކުޅެފައި ނުވޭ. އޭނާގެ މައްޗަށް ރޭޕުގެ ދައުވާ ކޮށްފައި އޮތުމުން، ކެނެޑާ އިން ވަނީ އޭނާ އަށް ވިސާ ނުދޭން ނިންމާފައި. އެ މައްސަލަ ޕާާޓޭގެ ފަރާތުން އިސްތިއުނާފު ކުރި ނަމަވެސް، ކާމިޔާބުވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 03:06
މެޗުގައި ލަނޑު ޖެހުމަށް ފަހު ގާނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ގާނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެލްގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ގާނާ މޮޅުވެއްޖެ އެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗު ގާނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ގާނާ އިން ލަނޑު ޖެހީ ވެސް މެޗުގެ ފަހު ވަގުތުގައި އެވެ.

މި މެޗުގައި ގާނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ތޯމަސް ޕާޓޭ ކުޅެފައި ނުވެ އެވެ. އޭނާގެ މައްޗަށް ރޭޕުގެ ދައުވާ ކޮށްފައި އޮތުމުން، ކެނެޑާ އިން ވަނީ އޭނާ އަށް ވިސާ ނުދޭން ނިންމައިފަ އެވެ. އެ މައްސަލަ ޕާާޓޭގެ ފަރާތުން އިސްތިއުނާފު ކުރި ނަމަވެސް، ކާމިޔާބުވެފައި ނުވެ އެވެ.

މެޗު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގައި ލަނޑު ޖެހުމަށް ގާނާ އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެވެ. އެ ލަނޑު ގާނާ އަށް ޖަހައިދިނީ ކަލެބް ޔިރެކްންޔީ އެވެ. 

ގާނާ އިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވާއިރު، މި ގުރޫޕުގެ ތިން ވަނަ ހޯދާ ޓީމަކަށް ވެސް މުބާރާތުގެ ކުރިއަށް އޮތް ބުރުން ޖާގަ ލިބޭނެ އެވެ. މުބާރާތުގައި ގާނާގެ ދެ ވަނަ މެޗުގައި އިންގްލެންޑްއާ ދެކޮޅަށް ނިކުންނައިރު، ޕެނަމާ ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ފަހު މެޗުގައި ގާނާ އިން ކްރޮއޭޝިއާއާ ދެކޮޅަށް ނިކުންނައިރު، ޕެނަމާ ނިކުންނާނީ އިންގްލެންޑްއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ގާނާ ޤައުމީ ފުޓުބޯޅަ ޓީމުޕެނަމާ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

18 ޖޫން 2026
ކޭންގެ ދެ ލަނޑާ އެކު، އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި
18 ޖޫން 2026

ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި

18 ޖޫން 2026
ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި
17 ޖޫން 2026

ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން

17 ޖޫން 2026
މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން
17 ޖޫން 2026

ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ

17 ޖޫން 2026
ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ
17 ޖޫން 2026

ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި

17 ޖޫން 2026
ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި
17 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

17 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް
16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
16 ޖޫން 2026

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

16 ޖޫން 2026
އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް