Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ވިޓްކޮފް އީރާނާ ގުޅޭ މަޝްވަރާތަކަށް ސްވިޒަލޭންޑަށް

20 ޖޫން 2026 | ހޮނިހިރު 06:06

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އިބްތިދާއީ ސުލްހައިގެ އެއްބަސްވުމާ ގުޅޭ ފަންނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާއި ޖެރެޑް ކުޝްނަރ ސްވިޒަލޭންޑަށް ވަޑައިގެންފި. މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށްގެން ބާއްވާ މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަން އޮތް ނައިބު ރައީސް ޖޭ.ޑީ ވެންސްގެ ދަތުރުފުޅު ވަނީ ފަސްކުރައްވާފައި.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 06:06
މެދުއިރުމައްޗަށް ކަނޑައަޅުއްވާފައިވާ ވައިޓް ހައުސްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް.

މެދުއިރުމައްޗަށް ކަނޑައަޅުއްވާފައިވާ ވައިޓް ހައުސްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް. | އޭޕީ

އެމެރިކާއާއި އީރާނާ ދެމެދު ސްވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ފަސްކުރުމާ ގުޅިގެން، އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އެ ގައުމަށް ވަޑައިގަންނަވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ.

ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވިޓްކޮފް ހުކުރު ދުވަހު ހުންނެވީ ސްވިޒަލޭންޑަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.

ސީ.އެން.އެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވިޓްކޮފް މި ދަތުރުފުޅު ކުރައްވަނީ، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އިބްތިދާއީ ސުލްހައިގެ އެއްބަސްވުމާ ގުޅޭ ފަންނީ މަޝްވަރާތައް އަލުން ފަށައި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވޮޝިންޓަނާއި އީރާނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ސީ.އެން.އެން އިން ބުނެފައިވަނީ، ޓްރަމްޕްގެ މަންދޫބު ޖެރެޑް ކުޝްނަރ ވެސް މި މަޝްވަރާތަކަށް ސްވިޒަލޭންޑަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށެވެ. "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޝްނަރ މިހާރު ހުންނެވީ ސްވިޒަލޭންޑުގައެވެ.

ސްޓީވް ވިޓްކޮފް އީރާނުގެ އެއްވެސް އޮފިޝަލަކާ ބައްދަލުކުރައްވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅު ފަސްކުރައްވާފައިވާކަން ވައިޓް ހައުސްއިން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިއުލާނުކޮށްފައެވެ.

ހުކުރު ދުވަހަށް ތާވަލުކުރެވުނު އެމެރިކާ-އީރާނު މަޝްވަރާތަކަކީ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، ދާއިމީ ސުލްހައެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުންތަކެކެވެ.

ސްޓީވް ވިޓްކޮފްޖަރެޑް ކުޝްނަރއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއެމެރިކާ-އީރާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖޫން 2026

އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް

20 ޖޫން 2026
އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް
19 ޖޫން 2026

އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި

19 ޖޫން 2026
އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި
19 ޖޫން 2026

އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

19 ޖޫން 2026
އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި
17 ޖޫން 2026

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

17 ޖޫން 2026
އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ
17 ޖޫން 2026

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

17 ޖޫން 2026
އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި
17 ޖޫން 2026

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

17 ޖޫން 2026
ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން
17 ޖޫން 2026

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
16 ޖޫން 2026

ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ

16 ޖޫން 2026
ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ
16 ޖޫން 2026

ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް

16 ޖޫން 2026
ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް
16 ޖޫން 2026

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

16 ޖޫން 2026
ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް