Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން، އީރާން އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި އިސްކޮށް ހުންނެވީ ވޭންސް. އީރާން އާއެކު މަޝްވަރާ ކުރުމަށް ވޭންސް ވަނީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވެސް ވަޑައިގެންފައި. މިދިޔަ ބުދަ ދުވަހު އެމެރިކާ އާއި އީރާން އިން ވަނީ ރަސްމީކޮށް ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 03:58
އެމެރިކާާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ދިޔައިރު، ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށް އެމެެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ކުރައްވަމުން ގެންދެވި މަސައްކަތަކީ އޭނާގެ ސިޔާސީ މުސްތަޤުބަލަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން، އީރާން އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި އިސްކޮށް ހުންނެވީ ވޭންސް އެވެ. އީރާން އާއެކު މަޝްވަރާ ކުރުމަށް ވޭންސް ވަނީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވެސް ވަޑައިގެންފައި އެވެ. މިދިޔަ ބުދަ ދުވަހު އެމެރިކާ އާއި އީރާން އިން ވަނީ ރަސްމީކޮށް ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކޮށްފައި އެވެ. 

މި އެއްބަސްވުމުގެ ދަށުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލި ނަމަވެސް، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ސަރަހައްދީ ހަނގުރާމަވެރި ގުރޫޕު ތަކަށް އީރާން އިން ދޭ އެހީތެރިކަން އަދި އިޤްތިޞާދީ ގޮތުން މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި ފަދަ މައިގަނޑު މައްސަލަތައް މުޅިން ޙައްލު ނުވެ އެވެ. މި މައްސަލަ ތަކަށް ޙައްލު ހޯދުމުގެ މަޝްވަރާ ތަކަށް 60 ދުވަހުގެ މުއްދަތެއް ވަނީ ލިބިފައި އެވެ. 

މި މަޝްވަރާ ތަކަކީ ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތް ތަކާއި، މެދު އިރުމަތީގެ މުޅި ސަރަހައްދުގެ އިތުރުން، ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް ވެސް ރިސްކު ބޮޑު މަޝްވަރާ ތަކެކެވެ. ސަރަހައްދުގެ ޙާލަތު އަދިވެސް ބަދަލު ވަމުން އަންނައިރު، ބުރާސްފަތި ދުވަހުގެ ރޭ ސްވިޒަލެންޑަށް ކުރައްވަން އޮތް ދަތުރުފުޅު ވޭންސް ވަނީ ކެންސަލް ކުރައްވައިފަ އެވެ. ނަމަވެސް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ، މަޝްވަރާ ތަކުގެ ފުރަތަަމަ ފުރުސަތާ އެކު، އެމެރިކާގެ ޓީމު އޮތީ ފުރަން ތައްޔާރަށް ކަމަށެވެ. 

ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޭންސް ވަނީ، ސުލްޙައިގެ ފައިނަލް އެއްބަސްވުމަކަށް އެމެރިކާ އިން އުންމީދު ކުރާ ކަންތައްތައް ބަޔާން ކުރައްވައިފަ އެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، އެމެރިކާގެ ތާރީޚުގައި އިޒްރޭލް އަށް ދެވުނު އެންމެ ބޮޑު ބަހުގެ ހަމަލާ އަދި އެންމެ ބޮޑު ފާޑު ކިޔުމުގެ ބަސްތައް ވެސް އަމާޒު ކޮށްފައި ވަނީ ވޭންސް އެވެ. އެއާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެތޯ ކުރި ސުވާލު ތަކަށް ވެސް ވޭންސް ޖަވާބު ދެއްވި އެވެ. 

ވޭންސް ވިދާޅުވެފައި ވަނީ، އީރާން އިން އެ ޤައުމުގެ އަމަލު ތަކަށް ބަދަލު ނުގެންނަ ނަމަ، އެ ޤައުމުގެ ސިފައިންނާއި ނިއުކްލިއާ ޕްރޮގްރާމް ވެސް ހަލާކު ކޮށްލާނެ ކަމަށެވެ. އެހެން ނަމަވެސް، އީރާން އިން އެ ޤައުމުގެ އަމަލުތައް ބަދަލު ކުރާ ނަމަ، އީރާން އަށް ބަދަލު ތަކެއް ގެނެވޭނެ ފަދަ ގުޅުން ތަކެއް މެދު އިރުމަތީގެ ބައިވެރިންނާ އެކު ޤާއިމު ކުރެވޭނެ ކަމަށެވެ. 

ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ގިނަ ބޭފުޅުން ވެސް ވަނީ، އީރާން އެއްބަސްވުމުގައި ވޭންސް އަދާ ކުރައްވާ މުހިންމު ދައުރު ފާހަގަ ކުރައްވައިފަ އެވެ. އެ ޕާޓީގެ ފޮރިން ސިޔާސަތުގެ މައިގަނޑު ލީޑަރުންގެ ތެރޭގައި ހިމެނޭ ސައުތު ކެރޮލައިނާގެ ސެނެޓަރު ލިންޑްސީ ގްރެހަމް ވަނީ، ވޭންސް އަކީ ސުލްޙައިގެ އެއްބަސްވުމުގެ "އާކިޓެކްޓް" ކަމަށް ވިދާޅުވެފައި އެވެ. އަދި ފައިނަލް އެއްބަސްވުމެއް އެކުލަވާލެވުމާ އެކު، ވޭންސްގެ ފަރާތުން އެ އެއްބަސްވުން ސެނެޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި 2028 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާާތުން ވާދަ ކުރައްވާނީ ވޭންސް އެވެ. އަދި ވޭންސް ގެންދަވަނީ އެކަމުގެ ޝައުޤުވެރިކަން އޮތް ކަމަށް އެކި ފަރާތް ތަކަށް ދަންނަވަމުން ކަމަށް ވެސް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.

އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

18 ޖޫން 2026

ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން

18 ޖޫން 2026
ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން
18 ޖޫން 2026

ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

18 ޖޫން 2026
ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"
18 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު އޮންނާނެ ކަމަށް ސްވިޒަލެންޑުން ބުނެފި

18 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު އޮންނާނެ ކަމަށް ސްވިޒަލެންޑުން ބުނެފި
18 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި

18 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި
18 ޖޫން 2026

ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް

18 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު