Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި އީލޮން މަސްކްގެ "ގްރޮކް" އޭއައި ބޭނުންކުރާކަން ކޯޓު ލިޔެކިޔުންތަކުން ހާމަވެއްޖެ. މިކަން ހާމަވީ މަސްކްގެ "އެކްސްއޭއައި" ކުންފުންޏާ ދެކޮޅަށް ތިމާވެށީގެ މައްސަލައެއްގައި ކުރާ ދައުވާއަކުން ދިފާއުވުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހުށަހެޅި ބަޔާންތަކުން. ޕެންޓަގަނުން ބުނާގޮތުގައި މި ޓެކްނޮލޮޖީގެ އެހީގައި އަމާޒުތައް ކަނޑައެޅުމުގެ ހަލުވިމިން އިތުރުވެފައިވާއިރު، މީގެ ކުރިން ބޭނުންކުރި "ކްލޯޑް" އޭއައިގެ ބަދަލުގައި މިހާރު އިސްކަންދެނީ މަސްކްގެ އީޖާދުތަކަށް.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 16:29
އީރާނާ ދެކޮޅަށް ކުރިއަށްގެންދާ "އޮޕަރޭޝަން އެޕިކް ފިއުރީ" ގައި ބައިވެރިވުމުގެ ގޮތުން، ނިމިޓްޒް ކްލާސްގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން (ސީވީއެން 72) ގެ ފްލައިޓް ޑެކުން ފުރުމަށް "ސްޓްރައިކް ފައިޓާ ސްކޮޑްރަން (ވީއެފްއޭ) 41" ގެ އެފް/އޭ-18އެފް ސުޕަ ހޯނެޓް މަތިންދާބޯޓެއް 2026 ފެބްރުއަރީ 28 ވަނަ ދުވަހު ތައްޔާރުވަނީ.

އީރާނާ ދެކޮޅަށް ކުރިއަށްގެންދާ "އޮޕަރޭޝަން އެޕިކް ފިއުރީ" ގައި ބައިވެރިވުމުގެ ގޮތުން، ނިމިޓްޒް ކްލާސްގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން (ސީވީއެން 72) ގެ ފްލައިޓް ޑެކުން ފުރުމަށް "ސްޓްރައިކް ފައިޓާ ސްކޮޑްރަން (ވީއެފްއޭ) 41" ގެ އެފް/އޭ-18އެފް ސުޕަ ހޯނެޓް މަތިންދާބޯޓެއް 2026 ފެބްރުއަރީ 28 ވަނަ ދުވަހު ތައްޔާރުވަނީ. | އޭއެފްޕީ

އީލޮން މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލް "ގްރޮކް" އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި ބޭނުންކޮށްފައިވާކަން، އެމެރިކާ ސަރުކާރުން ހާމަކޮށްފި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން އަންގާރަ ދުވަހު ބުނެފިއެވެ. މިކަން ހާމަވެފައިވަނީ އެ އެޖެންސީއަށް ފެނިފައިވާ ގާނޫނީ ލިޔެކިޔުންތަކަކުންނެވެ.

ޖޫން މަހުގެ 15 ވަނަ ދުވަހު ހުށަހެޅި މި ބްރީފިންގް އަކީ، މަސްކްގެ ކުންފުނި "އެކްސްއޭއައި" (xAI) ގެ ބޮޑު ޑޭޓާ ސެންޓަރެއްގައި ބޭނުންކުރާ ގޭސް ޓާބައިންތަކާ ދެކޮޅަށް ތިމާވެށީގެ މައްސަލައެއްގައި ކުރާ ދައުވާއަކުން ދިފާއުވުމަށް ހުށަހެޅި ލިޔުމެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓުގައި ބުނެފައިވަނީ، މި ދައުވާއަކީ އެމެރިކާގެ ގައުމީ ސަލާމަތާއި، އިގްތިސާދީ އަދި ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. އެއީ މި ދައުވާގެ ސަބަބުން، ވޯ ޑިޕާޓްމަންޓުގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވެދޭ އޭއައި އީޖާދުތަކަށް ބޭނުންވާ ކަރަންޓު ކަނޑާލަން ޖެހިދާނެތީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ދައުވާއާ ދެކޮޅަށް ދައުލަތުގެ ވަކީލުން ހުށަހެޅި ހެކިތަކުގެ ތެރޭގައި، ޕެންޓަގަންގެ އޭއައި ޗީފް ކެމަރަން ސްޓެންލީ ދީފައިވާ ބަޔާނެއް ހިމެނެއެވެ. ހުވާގެ މަތީގައި ހުރެ އޭނާ ދިން ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ އަސްކަރިއްޔާގެ އޭއައި އެހީގައި އަމާޒުތައް ކަނޑައަޅާ ޕްރޮގްރާމް ކަމަށްވާ "ޕްރޮޖެކްޓް މޭވަން" ގައި މިހާރުވެސް ގްރޮކް ބޭނުންކުރަމުންދާ ކަމަށެވެ. މި ޕްރޮގްރާމްގައި މީގެ ކުރިން ބޭނުންކުރަމުން އައީ "އެންތްރޮޕިކް" ކުންފުނީގެ "ކްލޯޑް" މޮޑެލްއެވެ.

ސްޓެންލީގެ ބަޔާނުގައިވާ ގޮތުން، މި ޕްރޮޖެކްޓުގެ "މޭވަން ސްމާޓް ސިސްޓަމްސް" (އެމްއެސްއެސް) މެދުވެރިކޮށް، "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ތެރޭގައި 96 ގަޑިއިރުގެ ތެރޭގައި 2،000 ތަފާތު އަމާޒަކަށް 2،000 އަށްވުރެ ގިނަ ހަތިޔާރު ފޮނުވާލުމަށް އެމެރިކާގެ ސިފައިންނަށް މަގުފަހިވެފައިވެއެވެ.

މަސްކްގެ ޓެކްނޮލޮޖީއަށް ތައުރީފު ކުރައްވަމުން ސްޓެންލީ ވިދާޅުވީ، "ގްރޮކް ގަވަރމަންޓް މޮޑެލް" ގެ ސަބަބުން އަސްކަރީ އޮޕަރޭޝަންތަކުގެ ހަލުވިމިނާއި ފުރިހަމަކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެންއޭއޭސީޕީ (NAACP) އިން އެކްސްއޭއައި އާ ދެކޮޅަށް ދައުވާ ކުރަނީ، "ކްލީން އެއާ އެކްޓް" އާ ޚިލާފަށް ހުއްދަ ނެތި ގިނަ އަދަދެއްގެ ޓާބައިންތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި މި ޓާބައިންތަކުގެ ސަބަބުން ކަޅު ނަސްލުގެ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގެ ވައި ނުސާފުވެއެވެ. ނަމަވެސް އެކްސްއޭއައި އިން ބުނަނީ އެއީ ވަގުތީ ގޮތުން ބޭނުންކުރާ، އެއްތަނުން އަނެއްތަނަށް އުފުލޭ ޓާބައިންތަކެއް ކަމަށްވާތީ، އާންމު ގަވާއިދުތައް އެއަށް ނުހިނގާނެ ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ ސަރުކާރުން ވަނީ އެންތްރޮޕިކް ކުންފުންޏާއެކު އޮތް އެއްބަސްވުންތައް އުވާލާފައެވެ. އެއީ ފުރިހަމައަށް އޮޓޮމޭޓްކޮށްގެން ދޭ ހަމަލާތަކުގައާއި އެމެރިކާގެ ރައްޔިތުންނަށް ފާރަލުމުގެ މަސައްކަތުގައި އެ ކުންފުނީގެ ޓޫލްތައް ބޭނުންކުރުމަށް އެންތްރޮޕިކް އިން އިންކާރު ކުރުމާ ގުޅިގެންނެވެ.

މީގެ ސަބަބުން ޕެންޓަގަނުން ވަނީ އޭއައިގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެންތްރޮޕިކްގެ ވާދަވެރި ކުންފުނިތައް ކަމަށްވާ ގޫގުލް، އޯޕަންއޭއައި އަދި އެކްސްއޭއައި ފަދަ ކުންފުނިތަކުގެ އެހީތެރިކަން ހޯދަން ފަށާފައެވެ.

ގޫގުލްގެ 600 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ސިއްރު އަސްކަރީ އޮޕަރޭޝަންތަކަށް އެ ކުންފުނީގެ އޭއައި ފޯރުކޮށްނުދިނުމަށް ގޮވާލާފައެވެ. އަދި އެހެން ބައެއް ފަރާތްތަކުންވެސް ވަނީ އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ އަސްކަރިއްޔާ އޭއައި އަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، އީރާނުގެ ހަނގުރާމައިގައި އަދިވެސް "ކްލޯޑް" ބޭނުންކުރަމުންދާކަން މާޗް މަހު ސަރުކާރަށް ވަނީ އެއްބަސްވާން ޖެހިފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ މަސްކް ވަނީ، ފެބްރުއަރީ މަހު އެކްސްއޭއައި ކުންފުނި އޭނާގެ ޖައްވީ އިދާރާ "ސްޕޭސް އެކްސް" ގެ ދަށަށް ބަދަލުކޮށްފައެވެ. ސްޕޭސް އެކްސް އިން ވަނީ ޖޫން 12 ވަނަ ދުވަހު ތާރީޚީ ގޮތުން އެންމެ ބޮޑު އައިޕީއޯ (IPO) ކުރިއަށް ގެންގޮސްފައެވެ.

މަސްދަރު: އޭއެފްޕީ

އީލޮން މަސްކްގްރޮކްއެމެރިކާ-އީރާންއެކްސްއޭއައިޕެންޓަގަންއާޓިފިޝިއަލް އިންޓެލިޖެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި

ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި

16 ޖޫން 2026
އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

15 ޖޫން 2026
ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

15 ޖޫން 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު