Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ

އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވެފައި ވަނީ، އެމެެރިކާާ އާއި އީރާންއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމަކީ އެއް ސަފުހާގެ ދިގު ލިޔުމެއް ކަމަށާއި، އެއީ ވަރަށް އާންމު ލިޔުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 08:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންގެ އެއްބަސްވުމުގައި އެމެރިކާާގެ ރައީސް ޑޮނަަލްޑް ޓްރަމްޕް ސޮއި ކުރައްވާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށް، ހުކުރު ދުވަހުގެ ކުރިން ޓްރަމްޕް އެ އެއްބަސްވުން އާންމު ކުރައްވައި ފާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވެފައި ވަނީ، އެމެެރިކާާ އާއި އީރާންއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމަކީ އެއް ސަފުހާގެ ދިގު ލިޔުމެއް ކަމަށާއި، އެއީ ވަރަށް އާންމު ލިޔުމެއް ކަމަށެވެ. 

އެމެރިކާާގެ އިސްވެރިން ވަނީ އެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން ހާމަ ކުރައްވަން ފައްޓަވައިފަ އެވެ. އެގޮުތުން ހޮރްމޫޒް ކަނޑު އޮޅިި ހުޅުވާލުމާއި، ހުކުރު ދުވަހު ސްވިޒެލެންޑުގައި ރަސްމީކޮށް ސޮއި ކުރުން ހިމެނޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ. 

މިކަންކަން ހިނގަމުން ދަނީ އެމެރިކާގެ ރައީސް ޓްރަމްޕް، ޖީ7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފްރާންސްގައި ހުންނަވަނިކޮށެވެ. އެ ބައްދަލުވުމުގައި މިޞްރު، ޤަތަރި އަދި އެކުވެރި އަރަބި އިމާރާތުގެ ލީޑަރު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވައި، ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގެން އަދި އުފާވެފައި ހުންނެވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ބެހޭ ގޮތުން ޓެކްނިކަލް މަޝްވަރާތައް މި ހަފުތާގައި ފަށާނެ ކަމަށް އެމެރިކާގެ އިސްވެރިން ވިދާޅުވި އެވެ. އީރާން އަށް ދެވޭނެ ލުއި ތަކާއި، މާލީ އެހީތައް ލިބޭނީ އީރާން އިން އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

16 ޖޫން 2026

ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް

16 ޖޫން 2026
ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް
16 ޖޫން 2026

އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި

16 ޖޫން 2026
އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި
16 ޖޫން 2026

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

16 ޖޫން 2026
ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި
16 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި

16 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި
16 ޖޫން 2026

އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ

16 ޖޫން 2026
އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު