Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

ރޮއިޓާސް އަދި އޭއެފްޕީ ފަދަ ބޮޑެތި ނޫސް އެޖެންސީ ތަކަށް މައުލޫމާތު ދެއްވަމުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވީ، މި އެއްބަސްވުމުގައި ޓްރަމްޕް އާއި ވޭންސްގެ އިތުރުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް ވެސް ސޮއި ކުރައްވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 05:05
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ނައިބު ރައީސް ވޭންސް އަދި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް.

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ނައިބު ރައީސް ވޭންސް އަދި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ވެވޭ މުހިންމު އެއްބަސްވުމެއްގައި (އެމްއޯޔޫ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ނައިބު ރައީސް ޖޭޑީ ވޭންސް އަދި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވެސް ސޮއި ކުރައްވާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ތަކުން ރިޕޯޓު ކޮށް ފިއެވެ.

މި އެއްބަސްވުމުގައި މިހާރު އިލެކްޓްރޯނިކްކޮށް ސޮއި ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ކަށަވަރު ކޮށްދެއްވާފައި އެވެ.

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން
Raajje.mv

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

ރޮއިޓާސް އަދި އޭއެފްޕީ ފަދަ ބޮޑެތި ނޫސް އެޖެންސީ ތަކަށް މައުލޫމާތު ދެއްވަމުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވީ، މި އެއްބަސްވުމުގައި ޓްރަމްޕް އާއި ވޭންސްގެ އިތުރުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް ވެސް ސޮއި ކުރައްވާފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ޓްރަމްޕް އަމިއްލަފުޅަށް ސޮއި ކުރައްވަން ބޭނުންފުޅުވީ، މި މައްސަލަ އަށް ކާމިޔާބު ހައްލެއް ހޯއްދަވައި ދެއްވުމަށް އޭނާ ދެއްވާ އަހަންމިއްޔަތު ހާމަކޮށް ދެއްވުމަށް ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.

މި ރިޕޯޓުތަކާ ގުޅިގެން އީރާންގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، އީރާންގެ ޤާނޫނު މަޖިލީހުގެ ރައީސް ޣަލިބާފް މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލް އާއި އެމެރިކާއާ ދެކޮޅަށް އީރާން އިން ކުރި ތާރީޚީ ހިތްވަރު ގަދަ މަސައްކަތަށް ފަހު، "ބޮޑު ކާމިޔާބީއަކާ" ދިމާލަށް އީރާން އިން ބޮޑު ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ7 ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވަމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއި ކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑުގައި އޮންނާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ޖޭޑީ ވޭންސް ސްވިޒަލޭންޑް އަށް ދަތުރު ކުރައްވާނެ ކަމަށާއި، އެއްބަސްވުމުގެ ތަފްސީލީ ލިޔެ ކިޔުންތައް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ މެދު އިރުމަތީގެ މަސްރަހު ފިނި ކުރުމަށާއި، އެމެރިކާ އާއި އީރާންގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދެކެ އެވެ. އެހެން ނަމަވެސް، މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ނުކުތާތައް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްމުހައްމަދު ބާގިރު ގަލިބާފް

އިތުރަށް ކިޔާލަން

16 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި

16 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި
16 ޖޫން 2026

އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ

16 ޖޫން 2026
އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
15 ޖޫން 2026

ސުލްހައިގެ އެއްބަސްވުމަށް އިޒްރޭލުން ރުޅިގަދަވުމަކީ އީރާނަށް ލިބުނު ކާމިޔާބީގެ ނިޝާން: ޕެޒެޝްކިއާން

15 ޖޫން 2026
ސުލްހައިގެ އެއްބަސްވުމަށް އިޒްރޭލުން ރުޅިގަދަވުމަކީ އީރާނަށް ލިބުނު ކާމިޔާބީގެ ނިޝާން: ޕެޒެޝްކިއާން
15 ޖޫން 2026

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

15 ޖޫން 2026
ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން
15 ޖޫން 2026

އިންތިޚާބަށް އަތްބާނަން އުޅެފިނަމަ "ލަޓިބުރި އާއި އޮށްގަލުން" ނަތަންޔާހޫ މަގާމުން ދުރުކުރަންޖެހޭނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް ވިދާޅުވެއްޖެ

15 ޖޫން 2026
އިންތިޚާބަށް އަތްބާނަން އުޅެފިނަމަ "ލަޓިބުރި އާއި އޮށްގަލުން" ނަތަންޔާހޫ މަގާމުން ދުރުކުރަންޖެހޭނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު