Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދާ އެއްގޮތަށް، އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރިމަތިކުރި ހުރަސްތައް އުވާލައިފި. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި ބްލޮކޭޑް އުވާލި ނަމަވެސް ދެ ގައުމުގެ ދެމެދުގައިވާ އެއްބަސްވުންތައް ތަންފީޒުވަމުންދާކަން ކަށަވަރުކުރުމަށް އެ ސަރަހައްދުގައި އެމެރިކާގެ މަނަވަރުތައް ދެމިތިބޭނެ.

ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 06:24
ސެންޓްކޮމް (ސެންޓްރަލް ކޮމާންޑް) ގެ ޒިންމާގެ ސަރަހައްދުގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހު، ޔޫއެސްއެސް ނިއު އޯލިއަންސް (އެލްޕީޑީ 18) މަނަވަރުގެ ފްލައިޓް ޑެކުން އެމެރިކާގެ މެރިން ކޯގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓުގެ ސިފައިންގެ މީހަކު ފުރުމަށް ތައްޔާރުވަނީ.

ސެންޓްކޮމް (ސެންޓްރަލް ކޮމާންޑް) ގެ ޒިންމާގެ ސަރަހައްދުގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހު، ޔޫއެސްއެސް ނިއު އޯލިއަންސް (އެލްޕީޑީ 18) މަނަވަރުގެ ފްލައިޓް ޑެކުން އެމެރިކާގެ މެރިން ކޯގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓުގެ ސިފައިންގެ މީހަކު ފުރުމަށް ތައްޔާރުވަނީ. | ޔޫއެސް މެރިން ކޯޕްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރެއްވި އަމުރަކާ ގުޅިގެން، އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރަށް ހުރަސްއެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ބްލޮކޭޑް ނުވަތަ ބަންދުކުރުންތައް އުވާލައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، އަރަބި ކަނޑާއި އޮމާން ކަނޑުގައި ހުރި އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި އެ ބަނދަރުތަކުން ނިކުންނަ އުޅަނދުފަހަރުގެ ދަތުރުފަތުރަށް އެމެރިކާގެ ސިފައިން މިހާރު ހުރަސް ނާޅާނެ ކަމަށެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސެންޓްކޮމް އިން ބުނެފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދާ އެއްގޮތަށް، އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަދެ ނިކުމެވާ ހުރިހާ ކަނޑުދަތުރުފަތުރަކަށް އަޅާފައިވާ ހުރަސްތައް އެމެރިކާގެ ސިފައިން މިއަދު އުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ސެންޓްކޮމް އިން ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ބްލޮކޭޑް ތަންފީޒު ކުރުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ހުރިހާ ކަމެއް ފުރިހަމައަށް ތަންފީޒުވަމުންދާކަން ކަށަވަރު ކުރުމަށްޓަކައި، އެމެރިކާގެ ވަރުގަދަ މަނަވަރުތައް އެ ސަރަހައްދުގައި ދެމިތިބޭނެ ކަމަށްވެސް ސެންޓްކޮމް އިން ވަނީ ހާމަކޮށްފައެވެ.

އީރާންސެންޓްރަލް ކޮމާންޑްއަރަބި ކަނޑުއޮމާން ގަލްފްއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

19 ޖޫން 2026

އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

19 ޖޫން 2026
އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި
18 ޖޫން 2026

ހަނގުރާމައިގައި ހަލާކުވި އީރާނުގެ ޕެޓްރޯކެމިކަލް ޔުނިޓްތަކުގެ 89 އިންސައްތަ އަލުން މަސައްކަތް ފަށައިފި

18 ޖޫން 2026
ހަނގުރާމައިގައި ހަލާކުވި އީރާނުގެ ޕެޓްރޯކެމިކަލް ޔުނިޓްތަކުގެ 89 އިންސައްތަ އަލުން މަސައްކަތް ފަށައިފި
18 ޖޫން 2026

އީރާނަށް ހަމަލާދިނުމަށްޓަކައި ޔޫރަޕްގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ސިފައިންނަށް ނުދިނުމަކީ ލަދުވެތި ކަމެއް: ޑިފެންސް ސެކްރެޓަރީ ހެގްސެތު

18 ޖޫން 2026
އީރާނަށް ހަމަލާދިނުމަށްޓަކައި ޔޫރަޕްގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ސިފައިންނަށް ނުދިނުމަކީ ލަދުވެތި ކަމެއް: ޑިފެންސް ސެކްރެޓަރީ ހެގްސެތު
17 ޖޫން 2026

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

17 ޖޫން 2026
އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ
17 ޖޫން 2026

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

17 ޖޫން 2026
އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު