Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާން އަށް ވަދެވޭނެ: އެމެރިކާގެ ނައިބު ރައީސް

އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، އެއްބަސްވުމުގެ މައިގަނޑު ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އޭޖެންސީ އާއި އެމެރިކާ އިން އީރާން އަށް އެހީތެރިވެދީ، އީރާންގައި ހުރި މަތީ ފެންވަރުގެ ނިއުކްލިއާ މާއްދާ ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 07:55
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ ނިންމުމަށް އެކުލަވާލި އެއްބަސްވުމުގެ ދަށުން، ނިއުކްލިއާ އިންސްޕެކްޓަރުން އީރާން އަށް "ފުރިހަމަ އަށް" ވަދެވޭނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، އެއްބަސްވުމުގެ މައިގަނޑު ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އޭޖެންސީ އާއި އެމެރިކާ އިން އީރާން އަށް އެހީތެރިވެދީ، އީރާންގައި ހުރި މަތީ ފެންވަރުގެ ނިއުކްލިއާ މާއްދާ ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ މި ކަމާ ގުޅޭ ހޭލުންތެރި ކަމުގެ ލިޔުމެއްގައި ސޮއި ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމަށް އައުމަށް ދެ ޤައުމުން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ ތެރޭގައި ވެސް، އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔަ އެވެ. ނަމަވެސް، އުނދަގޫ މަރުހަލާ އަކަށް ފަހު ދެ ޤައުމުން ވެސް ހުކުރު ދުވަހު ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް މިހާރު ވަނީ ހާމަ ކޮށްފައި އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މި އެއްބަސްވުމުގައި ބައެއް ކަންކަން ނުހިމެނޭނެ އެވެ. އެގޮތުން ދެ ޤައުމަށް ވެސް ޙައްލު ހޯދުމަށް އެންމެ ބޮޑަށް އުނދަގޫ ވެފައިވާ ކަންކަން، ފަހަތަށް ޖައްސާލާފައިވާ ކަމަށް ވަނީ ބުނެފައި އެވެ. ހޯމަ ދުވަހާާ ހަަމައަށް އައިިއިރު ވެސް، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ސާފު މައުލޫމާތެއް ލިބިފައި ނުވެ އެވެ. 

މިވަގުތު ޖީ7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފްރާންސްގައި ހުންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ، އެއްބަސްވުމުގައި ސޮއި ކުރުން ހުކުރު ދުވަހު އޮންނާނެ ކަމަށެވެ. އަދި ސުލްޙަ އަށް އާދެވިފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

16 ޖޫން 2026

އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި

16 ޖޫން 2026
އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި
16 ޖޫން 2026

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

16 ޖޫން 2026
ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި
16 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި

16 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި
16 ޖޫން 2026

އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ

16 ޖޫން 2026
އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
15 ޖޫން 2026

އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!

15 ޖޫން 2026
އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު