Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ ބާޒާރު

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމާއެކު ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމުން، މެދުއިރުމަތިން ތެޔޮ އުފެއްދުމަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް އަންނާނެ ކަމަށް އައި.އީ.އޭ އިން ބުނެފި. މި ބަދަލާއެކު 2027 ވަނަ އަހަރާ ހަމައަށްދާއިރު ތެލުގެ ސަޕްލައި ބޭނުންވާ މިންވަރަށްވުރެ އިތުރުވެ، ބާޒާރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ އެޖެންސީން ލަފާކުރޭ. މީގެ ސަބަބުން ގައުމުތަކުގެ ތެޔޮ ރިޒާވްތައް އަލުން ބިނާކުރުމަށް ފުރުސަތު ލިބި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ހަމަޖެހުން އަންނާނެ.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 17:35
ޢިރާޤުގެ ބަޞަރާ ޕްރޮވިންސްގެ ދެކުނުގައި އޮންނަ އަލް-ފާއޯ ޕެނިންސިއުލާގައި ހުންނަ އަލް-ފާއޯ ސްޓޯރޭޖް ޓާމިނަލްގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކެއް.

ޢިރާޤުގެ ބަޞަރާ ޕްރޮވިންސްގެ ދެކުނުގައި އޮންނަ އަލް-ފާއޯ ޕެނިންސިއުލާގައި ހުންނަ އަލް-ފާއޯ ސްޓޯރޭޖް ޓާމިނަލްގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކެއް. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ ކަމަށާއި، ނަމަވެސް 2027 ވަނަ އަހަރާ ހަމައަށްދާއިރު ބޭނުންވާ މިންވަރަށްވުރެ ތެޔޮ އިތުރުވެ (ސަރޕްލަސްވެ)، ބާޒާރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީ (އައި.އީ.އޭ) އިން ބުދަ ދުވަހު ނެރުނު ތެލުގެ ބާޒާރާ ބެހޭ މަހު ރިޕޯޓުގައި ހާމަކޮށްފިއެވެ.

އައި.އީ.އޭ އިން ބުނި ގޮތުގައި، އެމެރިކާ އާއި އީރާނާ ދެމެދު ތިން މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އެމެރިކާއިން އެ ސަރަހައްދުގައި އޮތް ކަނޑުގެ އަސްކަރީ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލުމަށް ވަނީ ނިންމާފައެވެ. މިއީ މެދުއިރުމަތިން ދުވާލަކު 14 މިލިއަން ފީފާގެ ތެޔޮ އުފެއްދުން ހުއްޓުމަކަށް ގެނައި، ތާރީޚުގައިވެސް ތެޔޮ ފޯރުކޮށްދިނުމަށް ކުރިމަތިވި އެންމެ ބޮޑު ބުރޫއަށް ނިމުމެއް އަތުވެދާނެ ކަމެކެވެ.

ސިނާއީ ގައުމުތަކަށް ލަފާދޭ އެޖެންސީން ބުނި ގޮތުގައި، މި އެއްބަސްވުމަށް އަމަލުކުރަމުންދާނަމަ، ގަލްފް ސަރަހައްދުގެ ގައުމުތަކުން ތެޔޮ ބޭރުކުރުމާއި އުފެއްދުމުގެ މަސައްކަތްތައް މަޑުމަޑުން އިއާދަވާން ފަށާނެއެވެ. އަދި ހާއްސަކޮށް އެމެރިކާގެ ބްލޮކޭޑް ނައްތާލުމާއެކު، އީރާނުން ތެޔޮ ބޭރުކުރުމުގެ މަސައްކަތް ފުރިހަމައަށް އަލުން ފެށޭނެ ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

2027 ވަނަ އަހަރަށް އަމާޒުކޮށް އައި.އީ.އޭ އިން ނެރުނު ފުރަތަމަ އަންދާޒާގައި ބުނެފައިވަނީ، އަންނަ އަހަރު ތެލުގެ ބާޒާރަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނައިން ތެޔޮ ސަޕްލައި ކުރެވޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 8 މިލިއަން ފީފާއަށް އިތުރުވެގެންދާއިރު، ތެލަށް އޮތް ޑިމާންޑް އިތުރުވާނީ އެންމެ 2 މިލިއަން ފީފާއަށް ކަމަށް އެ ރިޕޯޓުގައިވެއެވެ.

މި ބަދަލުގެ ސަބަބުން ތެލުގެ ބާޒާރަށް ހަމަޖެހުމެއް ލިބި، ހުސްވެފައިވާ ތެޔޮ ރައްކާކުރާ ނިޒާމުތައް އަލުން ފުރުމަށް ނުވަތަ އާ ރިޒާވްތައް ބިނާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އައި.އީ.އޭ އިން ބުނެއެވެ. މިއީ މިހާރު ކުރިމަތިވެފައިވާ ކްރައިސިސް ހާލަތާ ގުޅިގެން، ގައުމުތަކުގެ ހަކަތައާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް މުރާޖައާ ކުރަމުންދާ ދަނޑިވަޅެއްގައި ލިބޭނެ ބޮޑު ލުޔެއް ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

ހުރްމުޒް ކަނޑުއޮޅިއެމެރިކާ-އީރާންއިންޓަނޭޝަނަލް އެނާޖީ އޭޖެންސީތެލުގެ ބާޒާރުތެލުގެ އަގު

އިތުރަށް ކިޔާލަން

17 ޖޫން 2026

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

17 ޖޫން 2026
އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި
17 ޖޫން 2026

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

17 ޖޫން 2026
ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން
17 ޖޫން 2026

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
17 ޖޫން 2026

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

17 ޖޫން 2026
ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި
17 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު