Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޭމް

މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 95 އިންސައްތަ ހިއްސާކުރަނީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުން ކަމަށްވާއިރު، މިފަދަ ކުށްތައް ހިންގުމުގައި އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ. ޚާއްޞަކޮށް ވޯލްޑްކަޕާ ގުޅުވައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރާއިރު، މީސްމީޑިއާގެ ހުށަހެޅުންތަކަށް ސަމާލުވެ، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް 125 އަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 19 ޖޫން 2026 | ހުކުރު 16:49
އޮންލައިން ސްކޭމް ހަރަކާތްތަކާއި ސައިބަރ ކްރައިމް ދައްކުވައިދޭ ކޮންސެޕްޓް ފޮޓޯއެއް، ފޭސްބުކް މާކެޓްޕްލޭސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މަކަރުވެރިން ޑިޖިޓަލް ޑިވައިސްތަކާއި ހީލަތުގެ މުއާމަލާތްތަކުން ޝިކާރައަކަށް ހަދާގޮތް ދައްކުވައިދޭ.

އޮންލައިން ސްކޭމް ހަރަކާތްތަކާއި ސައިބަރ ކްރައިމް ދައްކުވައިދޭ ކޮންސެޕްޓް ފޮޓޯއެއް، ފޭސްބުކް މާކެޓްޕްލޭސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މަކަރުވެރިން ޑިޖިޓަލް ޑިވައިސްތަކާއި ހީލަތުގެ މުއާމަލާތްތަކުން ޝިކާރައަކަށް ހަދާގޮތް ދައްކުވައިދޭ. | ރާއްޖެއެމްވީ

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކިއެކި ސްކޭމް މައްސަލަތަކުގައި އާންމު ރައްޔިތުންގެ އަތުން 33 މިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފުލުހުން ބުނީ، މި މުއްދަތުގެ ތެރޭގައި 2،700 އަށްވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ އަތުލުމާއި، ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ މުއާމަލާތްތަކެވެ. އަދި މީގެ ތެރެއިން 99 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ ކަންކަން ކަމަށް ފުލުހުން ބުނެ އެވެ.

މީސްމީޑިއާގެ ވަސީލަތްތަކުގެ ތެރެއިން "ފޭސްބުކް މާކެޓް ޕްލޭސް" އަކީ މިފަދަ ޖަރީމާތައް އެންމެ ގިނައިން ހިންގާ ތަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މުޅި ޖުމްލަ ސްކޭމްތަކުގެ 95 އިންސައްތަ ހިއްސާކުރަނީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ އުކުޅުތަކަށް ބަދަލު އަންނަމުންދާތީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ "ޑީޕް ފޭކް" ކޮންޓެންޓްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށް ފައެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ވޯލްޑްކަޕްގެ ފޯރި ގަދަ ދުވަސްވަރަކަށް ވުމާއެކު، މުބާރާތާ ގުޅުވައިގެން ހިންގާ "ޓްރެންޑް ބޭސްޑް" ސްކޭމްތައް ވެސް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރެ އެވެ. ވޯލްޑްކަޕް ފެށުނު ދުވަހު މީސްމީޑިއާގައި އާންމުކުރި ބައެއް ސްކޭމް އެކައުންޓުތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ އެކައުންޓުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މީސްމީޑިއާއިން އަންނަ ކޮންމެ ރިކުއެސްޓަކީ އަސްލު މީހެއް ކަމަށް ގަބޫލުނުކުރުމަށާއި، ގަބޫލުކުރަން ދަތި މިންވަރުގެ ބޮޑެތި ފައިދާތައް ދައްކައިގެން ކުރާ ހުށަހެޅުންތަކަށް ސަމާލުވުމަށް އާންމުންނަށް ނަސޭހަތްތެރިވެފައެވެ. އަދި އެއްވެސް މީހަކު ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ވީހާވެސް އަވަހަކަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ސައިބަރ ކްރައިމްސްކޭމް މައްސަލަތައްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
10 ޖޫން 2026

އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

10 ޖޫން 2026
އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި
07 ޖޫން 2026

ފުލުހުންގެ ސްޕޯކްސްޕާސަން ކަމުން ޝިފާން ވަކި ކޮށްފި

07 ޖޫން 2026
ފުލުހުންގެ ސްޕޯކްސްޕާސަން ކަމުން ޝިފާން ވަކި ކޮށްފި
05 ޖޫން 2026

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު