Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢައްބާސް ޝަރީފު

ސްކޭމާއި ފްރޯޑް ހުއްޓުވުމަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އޮތީ ތައްޔާރަށް: ޕީޖީ

ޓެކްނޮލޮޖީގެ އެހީގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެފަދަ ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިންޓެލިޖެންސް ހިއްސާކޮށް ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ގޮވާލައްވައިފި. އޮސްޓްރިއާގައި ކުރިއަށްދާ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވީ، މިފަދަ ބޮޑެތި ވިއުގަތައް ހުއްޓުވުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް. އަދި މި ދާއިރާއިން އެހެން ގައުމުތަކަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުން ދިނުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޖޫން 2026 | ބުދަ 15:31
ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޒް އައްބާސް ޝަރީފް

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޒް އައްބާސް ޝަރީފް | ޕީޖީ އޮފީސް

މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޒް އައްބާސް ޝަރީފް ގޮވާލައްވައިފި އެވެ.

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށް ކުރުން ހުއްޓުވުމާއި، ޖިނާއީ އަދުލާ ގުޅޭ ބައިނަލްއަގްވާމީ ކޮމިޝަން، "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޒް އައްބާސް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ އަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، މީގެ ތެރޭގައި ޓްރާންސް ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިފަދަ ސްކޭމްތައް ހުއްޓުވުމަށް ގައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތް ކުރެވޭނީ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަހުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެން ކަމަށް ޕީޖީ ވިދާޅުވި އެވެ. 

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ގައުމުގައި ހުރީ އެކިވަރަށްކަމުން، އެއް ގައުމުގައި ހުންނަ ވަސީލަތް އަނެއް ގައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ދިވެހިރާއްޖެ އޮތީ މި ދާއިރާއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށް ވިދާޅުވި އެވެ.

"ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ އަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ ގެ މައިގަނޑު އިދާރާއެކެވެ. 

މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕްނަލް ޑިސްކަޝަންތަކުގައި ބައިވެރިވެފައިވެ އެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ގައުމުތަކުގެ ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. 

މިއަހަރުގެ ކޮންފަރެންސްގައި އެ އޮފީހުގެ ފަރާތުން ބައިވެރިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޒް މުހައްމަދު އަބްދުﷲ އާއި، އަޝްފާގު ނައީމްއާއި، އަހުމަދު އައިމަން އަލީ އެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރިއާގެ ވިއެނާގައި މިޖޫން މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ޢައްބާސް ޝަރީފުވިއެނާއޮސްޓްރިއާކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްސައިބަރ ކްރައިމް

އިތުރަށް ކިޔާލަން

19 މެއި 2026

މެސެންޖަރ މެދުވެރިކޮށް ގުޅުން އުފައްދައިގެން ސްކޭމް ހިންގި މޫސާ އިތުރު 10 މީހަކު ސްކޭމްގައި ޖައްސައި ފައިސާ ހޯދި

19 މެއި 2026
މެސެންޖަރ މެދުވެރިކޮށް ގުޅުން އުފައްދައިގެން ސްކޭމް ހިންގި މޫސާ އިތުރު 10 މީހަކު ސްކޭމްގައި ޖައްސައި ފައިސާ ހޯދި
07 ޖެނުއަރީ 2026

ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

07 ޖެނުއަރީ 2026
ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"
04 ޖުލައި 2024

ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!

04 ޖުލައި 2024
ނަތީޖާ ޤަބޫލު ކުރަން ރަންގްނިކް އަށް އުނދަގޫވެފައި!
03 ޖުލައި 2024

އޮސްޓްރިއާ ކަޓުވާލައި، ތުރުކީ ކުއާޓާ ފައިނަލަށް

03 ޖުލައި 2024
އޮސްޓްރިއާ ކަޓުވާލައި، ތުރުކީ ކުއާޓާ ފައިނަލަށް
23 ނޮވެމްބަރު 2023

އޮސްޓްރިއާ އަތުން ވެސް ޖަރުމަނަށް ލަދުވެތި ބައްޔެއް!

23 ނޮވެމްބަރު 2023
އޮސްޓްރިއާ އަތުން ވެސް ޖަރުމަނަށް ލަދުވެތި ބައްޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު