Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ކެފޭ ބަންދު

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026 | ހުކުރު 13:47

ފުވައްމުލައް ސިޓީގެ ފުނާޑު އަވަށުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ހާއްސަކޮށްގެން ހިންގި ގެއެއް، ކޯޓު އަމުރެއްގެ ދަށުން 85 ދުވަހަށް ބަންދުކޮށްފި. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މިފަދަ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުން، ހުއްދައާ ނުލައި އެ ތަނަށް ވަދެނުކުމެ އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 29 މެއި 2026 | ހުކުރު 13:47
ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، އެ ސިޓީގަ ހިންގާ ޑްރަގު ކެފޭ އެއް ވަނީ ބަންދު ކޮށްފަ.

ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، އެ ސިޓީގަ ހިންގާ ޑްރަގު ކެފޭ އެއް ވަނީ ބަންދު ކޮށްފަ. | ރާއްޖެއެމްވީ

ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގެ ކޯޓަކުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ފުލުހުން ހާމަކުރި ގޮތުގައި، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުދަ ދުވަހު ނެރުނު އަމުރުގެ ދަށުން ބަންދުކުރީ އެ ސިޓީގެ ފުނާޑު އަވަށު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭއެކެވެ. ކޯޓުން ވަނީ މި ހިނގާ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މި ތަނަކީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އަދި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ތަނެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ މުއްދަތުގައި، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތި އެ ތަނަށް ވަދެނުކުމެ އުޅުމަކީ ކުށެކެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެ މުއައްސަސާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ މާލޭގައި ހިންގި ބައެއް ޑްރަގު ކެފޭތައް ބަންދުކުރުމަށް ވެސް އަމުރުތައް ނެރެފަ އެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ އިތުރު ތަންތަން ހޯދައި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ފުވައްމުލައް ސިޓީފުވައްމުލައް މެޖިސްޓްރޭޓް ކޯޓުޑްރަގް ކެފޭކްރިމިނަލް ކޯޓްމާލެމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 މެއި 2026

ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ

28 މެއި 2026
ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ
28 މެއި 2026

މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި

28 މެއި 2026
މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
27 މެއި 2026

ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި

27 މެއި 2026
ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
25 މެއި 2026

ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ

25 މެއި 2026
ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ
25 މެއި 2026

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި

25 މެއި 2026
ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި
24 މެއި 2026

"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"

24 މެއި 2026
"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"
24 މެއި 2026

ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

24 މެއި 2026
ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
23 މެއި 2026

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

23 މެއި 2026
ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް