Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި އެތެރެކުރުން

ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި

ވައިގެމަގުން ރާއްޖެއަށް 1.8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފި. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އިސްކޮށް އުޅުނީ އާމިނަތު ރޫނާ ކަމަށާއި، މި މައްސަލައިގައި ދެން ހިމެނޭ އަލްޔާ ޝަރްސާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުން. މި ދެ މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭއިރު، ފޯނު ރިޕޯޓުތަކުން މިކަމާ ގުޅޭ ހެކި ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 މެއި 2026 | ހުކުރު 18:07
މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން

މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން | ޕޮލިސް

ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ފުލުހުން ބުނެފި އެވެ. 

މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަޞީރު ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އާމިނަތު ރޫނާ  ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިންނެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާއިރު ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އިތުރު 30 ދުވަސް ޖަހާފަ އެވެ.

ކޯޓު އަމުރުތަކުގައި ވާ ގޮތުން ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށް މައްސަަލަ ތަހުގީގު ކުރާ ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. ކޯޓު އަމުރުގައި ބުނީ މައްސަލާގައި ދެން ހިމެނޭ އަލްޔާ ޝަރްސާ ނަސީރު ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުން ކަމަށެވެ. 

ކޯޓު އަމުރުގައި ބުނީ ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ  އަލްޔާގެ ޓްރެވަލް ހިސްޓްރީ އާއި ފޯނު އެކްސްޓްރެކްޝަން ރިޕޯޓުން އަލްޔާ އަކީ ގާތްގާތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހެއްކަން އެނގޭ ކަމަށާއި ފޯނުން ވެސް މައްސަލައާ ގުޅޭ ހެކި ފެނިފައިވާ ކަމަށެވެ. 

ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދިނުމަށް އަލްޔާ ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެ އެވެ. 

މި ދެ މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރިކަމުގެ ކުށުގެ ތުހުމަތެވެ. ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށެވެ.

ކްރިމިނަލް ކޯޓްކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްމޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި ޓްރެފިކްކުރުން

އިތުރަށް ކިޔާލަން

29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
28 މެއި 2026

ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ

28 މެއި 2026
ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ
28 މެއި 2026

މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި

28 މެއި 2026
މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު