Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. ރަސްދޫ

ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަނީ، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތް!

31 މެއި 2026 | އާދީއްތަ 06:51

ރަސްދޫން ފުރައިގެން ދަތުރުކުރި ލޯންޗެއް ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްދިޔަ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން. މި ހާދިސާ ހިނގިއިރު އުޅަނދުގައި ތިބި 20 މީހުން އެހެން ލޯންޗަކަށް ބަދަލުކޮށް ސަލާމަތްކޮށްފައިވީ ނަމަވެސް، އެއްވެސް މީހަކު ލައިފްޖެކެޓް އަޅާފައި ނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2026 | އާދީއްތަ 06:51
ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި ހާދިސާގައި އާއްމުވެފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް.

ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި ހާދިސާގައި އާއްމުވެފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް. | ރާއްޖެއެމްވީ

އއ. ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ، ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ސްޕީޑްބޯޓެއް ދިޔަވެ އަޑިއަށް ދާކަމަށް 30 މެއި 2026 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މިހާދިސާ ހިނގުމާގުޅިގެން، ސްޕީޑްބޯޓުގެ ވެރިފަރާތުން އެސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާ، ސްޕީޑްބޯޓުގައި ތިބި 20 މީހުން އެ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށް، ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ސްޕީޑްބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އުޅަނދުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ލޯންޗު ބަންޑުން ޖަހާލައި، މީހުން ކަނޑުވި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗުގައި ފަތަން ނޭނގޭ މީހުން ތިއްބެވެ. ފަތަން ނޭނގޭ މީހުން ބަންޑުން ޖަހާލި ލޯންޗު މަތީގައި ތިބިއިރު، ފަތަން އެނގޭ މީހުން އެކި އެއްޗެހީގައި ހިފަހައްޓައިގެން ފެންމަތީގައި ތިބޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މި ހާދިސާއާ ގުޅިގެން މިމައްސަލަ ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި މިހާރު ކަނޑުދަތުރުފަތުރު ކުރާއިރު، ލައިފްޖެކެޓް ނުދޭ ކަމަށާއި، އެ ދިން ނަމަވެސް ބޭނުންނުކުރާ މައްސަލަ ބޮޑުކަން ބައެއް މީހުން ފާހަގަކުރި އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

އއ. ރަސްދޫލައިފްޖެކެޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

30 މެއި 2026

ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

30 މެއި 2026
ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ
29 މެއި 2026

ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި

29 މެއި 2026
ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި
29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
28 މެއި 2026

މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި

28 މެއި 2026
މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
25 މެއި 2026

ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ

25 މެއި 2026
ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ
18 މެއި 2026

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

18 މެއި 2026
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
14 މެއި 2026

ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ދުންފަތާއި، 75 ކާޓޫނު ސިނގިރޭޓްތަކެއް އަތުލައިގަނެފި

14 މެއި 2026
ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ދުންފަތާއި، 75 ކާޓޫނު ސިނގިރޭޓްތަކެއް އަތުލައިގަނެފި
13 މެއި 2026

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް!

13 މެއި 2026
ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް!
09 މެއި 2026

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާ ދީފި

09 މެއި 2026
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް