Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ކޮމިޝަނަރު

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިއާގެ މެސެޖުގައި، އޭނާގެ އިހުލާސްތެރި ހިދުމަތުގެ އަގު ވަޒަންކުރައްވައި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި. މީގެއިތުރުން ހޯމް މިނިސްޓަރާއި ފުލުހުންގެ މުއައްސަސާގެ ފަރާތުންވެސް އާއިލާއަށް ތައުޒިއާ ފޮނުއްވާފައިވާއިރު، އާސިފް ގައުމަށްޓަކައި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް އަބަދުވެސް އިހުތިރާމާއެކު އާކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖޫން 2026 | ހޮނިހިރު 18:31
މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް ރައްދު ކޮށްދިނުން

މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް ރައްދު ކޮށްދިނުން | މޯލްޑިވްސް ޕޮލިސް ސާރވިސް

މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް، އަހްމަދު މުހައްމަދު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވައި، ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރެއްވި އެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއްވި އެވެ.

މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ކޮމިޝަނަރ ތަކުރާރުކުރެއްވި އެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާ ގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ފުލުހުން ބުނެ އެވެ.

އަޙްމަދު އާސިފް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްކެވި ނަމޫނާއާއި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައި ކަމަށް ފުލުހުން ބުނެ އެވެ.

އަހުމަދު އާސިފްޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

13 ޖޫން 2026

ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!

13 ޖޫން 2026
ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!
12 ޖޫން 2026

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު

12 ޖޫން 2026
އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
11 ޖޫން 2026

ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މަރުވި ސީނިޔަރ ސާޖަންޓް އާސިފް، ސަބް އިންސްޕެކްޓަރުގެ މަޤާމަށް ޕްރޮމޯޓުކޮށްފި

11 ޖޫން 2026
ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މަރުވި ސީނިޔަރ ސާޖަންޓް އާސިފް، ސަބް އިންސްޕެކްޓަރުގެ މަޤާމަށް ޕްރޮމޯޓުކޮށްފި
11 ޖޫން 2026

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުއަޑީގައި މަރުވެފައި ވަނިކޮށް!

11 ޖޫން 2026
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުއަޑީގައި މަރުވެފައި ވަނިކޮށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު