Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

18 ޖޫން 2026 | ބުރާސްފަތި 08:22

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޭ މާލީ އިނާޔަތް ގަވާއިދުން ނުލިބޭތީ، އެންސްޕާ ޖަވާބުދާރީ ކުރުވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލަ ހުށަހަޅާފައި. މި އިނާޔަތަކީ ގިނަ ބައެއްގެ ޒަރޫރީ ބޭނުންތަކާ ގުޅިފައިވާ ފައިސާއަކަށް ވުމުން، އެ ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އާއިލާތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން މެންބަރު ކުޑޫ ފާހަގަކުރެއްވި. އެހެންކަމުން ކޮންމެ މަހަކުވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް ފައިސާ ލިބޭނެ ދާއިމީ ނިޒާމެއް ކަށަވަރުކޮށް ދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖޫން 2026 | ބުރާސްފަތި 08:22
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 45 ވަނަ މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްމެ ދައުލަތުން ދޭ މާލީ އެހީއެއް ނުވަތަ އިނާއަތެއް ލިބުމުގެ ހައްގު ގާނުނުން ކަށަވަރުކޮށްދޭ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް ފަހަކަށް އައިސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން އެންސްޕާ މެދުވެރިކޮށް ދޫކުރާ މާލީ އިނާއަތް ކަނޑައެޅިފައިވާ ތާރީހަށް ބަރާބަރަށް ޖަމާވަމުން ނުދާކަން ފާހަގަކުރެވޭ ކުރެވޭ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ސިޓީގައި ވަނީ، މި އިނާޔަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކެއް ބޭސްފަރުވާ އަށާއި، ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށްވުމުން ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތައް ދަނީ ނުހަނު ބޮޑެތި މާލީ އަދި ނަފްސާނީ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.  

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއެއް މެދުވެރިކޮށް އެންސްޕާ އާއި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަށާއި، ކޮންމެ މަހެއްގައި ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ސަރުކާރުން ކަށަވަރުކޮށްދިނުމަށް ބާރުއެޅުމަށް ސިޓީގައި ގޮވާލައްވާފައިވެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުމުހައްމަދު އިބްރާހިމް (ކުޑޫ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
17 ޖޫން 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި
17 ޖޫން 2026

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!
17 ޖޫން 2026

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

17 ޖޫން 2026
ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް
17 ޖޫން 2026

ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

17 ޖޫން 2026
 ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
09 ޖޫން 2026

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

09 ޖޫން 2026
ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
07 ޖޫން 2026

އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައަށް ބަދަލުކުރީ ޚިދުމަތްތައް "އެފިޝަންޓް" ކުރަން: މުންދު

07 ޖޫން 2026
އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައަށް ބަދަލުކުރީ ޚިދުމަތްތައް "އެފިޝަންޓް" ކުރަން: މުންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް