Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހަށް ހުށަހެޅޭ ބިލު

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

ގުނަވަން ބަދަލުކުރުމުގެ ބިލު ފުރިހަމަނުވާތީ ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާލެއްވުމާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކުން ބިލްތައް އެކަށީގެންވާ މިންވަރަށް ދިރާސާނުކުރާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ނަމަވެސް، އިދިކޮޅު މެންބަރުންނަށް ބަހުސްކުރުމުގެ ފުރުސަތު ނުދީ ބިލްތައް އަވަސްއަރުވާލައިގެން ނިންމާލުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ބިލްތައް ފާސްކުރުމުގައި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދައި، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް މައުރޫފު ގޮވާލެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 10:07
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު. | ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލްތައް ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރާ ކަމަށާއި، ގުނަވަން ޓްރާންސްޕްލާންޓުގެ ބިލަކީ ވެސް އޭގެ މިސާލެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފު މިފަދައިން ވިދާޅުވީ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ފުރިހަމަ ނުވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން މަޖިލީހުގައި އެ ބިލަށް ކުރި ބަހުސްގަ އެވެ. 

Advertisement - newsAdvertisement

މައުރޫފު ވިދާޅުވީ އެ ބިލު އަލުން ކޮމިޓީއަށް ފޮނުވައި އިތުރަށް ދިރާސާކުރުމަށްފަހު ރަނގަޅު އިސްލާހުތަކެއް ނުވަތަ ބަދަލުތަކެއް ގެނައުމަށްފަހުގައި އެ ބިލު ފާސްކުރަން ފެންނަ ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން ހަނދާނަށް އަންނަ ކަމެއް ހިއްސާކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މައުރޫފު ވިދާޅުވީ މިހާރުގެ މަޖިލީހުގެ ކޮމިޓީތަކުގައި ސަރުކާރުން ފޮނުވާ ބިލެއް ހަގީގަތުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރާ ކަމަށެވެ. އެ ބިލްތަކަށް މަޝްވަރާއެއް ނުކުރާ ކަމަށާއި ބަހުސްއެއް ނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދެން އަޅުގަނޑު ވެސް އަލަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެގެން މި ދައުރުގެ ތެރޭގައި ދާއިރުގައި އަޅުގަނޑު ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ޙަޤީޤަތުގައި އިއްޒަތްތެރި ރައީސް، އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ. އެކަމަކަށް މަޝްވަރާއެއް ނުކުރޭ. އެކަމަކަށް ބަހުސެއް ނުކުރޭ. އެޓަރނީ ޖެނެރަލަށް ނުވަތަ ސަރުކާރުގެ ކަމާ ބެހޭ ކޮންމެވެސް ފަރާތަކަށް ގުޅާލާފައި ނިންމައިލެވޭތޯ އަވަހަށް ބަލަނީ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އޭގެ ނަތީޖާ ދެއުޅިއެއްނުވާ ވާހަކަ ނަސީބެއް ރައީސުލްޖުމްހޫރިއްޔާ މި ބިލު ރަނގަޅަށް ބަލާލިކަން އެހެންނޫންނަމަ އަޅުގަނޑުމެންނަށް ޖެހުނީހީ ބިލު ފާސްނުވަނީސް ގަވާއިދު ހަދައި ތަންފީޒް ކޮށްގެން ބައެއްގެ ގުނަވަންނަގާކަށްނު . އެ ހާލަތުގައި މި އޮތީ މި ބިލު. މިއީ ޙަޤީޤަތުގައި އިއްޒަތްތެރި ރައީސް، މިހާރު މި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަކީ އަދި ސުޕަރ މެޖޯރިޓީއާއި އަޣްލަބިއްޔަތު އޮތްކަމުގައި ވިޔަސް ވެސް، އެ ބިލަށް، އެ ކޮމިޓީތަކަށް ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޖިލީހުގެ ކޮމިޓީތަކަށް އެކަންޏެއް ވެސް ނޫން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

މިހާރުގެ މަޖިލީހުގެ ކޮމިޓީތަކަކީ ސުޕަރ މެޖޯރިޓީއާއި އަޣްލަބިއްޔަތު އޮތްކަމުގައި ވިޔަސް ވެސް އެ ކޮމިޓީތަކަށް ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ކަމާބެހޭ ފަރާތްތަކާއެކު ދިރާސާނުކުރާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މަޖިލީހުގެ ފްލޯ ވެސް މިހާރަކަށް އައިސް ހިންގަނީ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް ބިލަކަށް ބަހުސްކުރަން ތައްޔާރުވެލާއިރަށް މަޖިލީހުގެ ރައީސް ކުރައްވާ ކަމަކީ އިދިކޮޅުން އެއްޗެއް ބުނަން ފުރުސަތު ނުދީ އެ ބިލުގެ ބަހުސް ހުއްޓައިލާފައި މަޖިލިސް ކުރުކޮށްލާފައި އަނެއްކާ އަނެއް ބިލަށް ދިއުން ކަމަށް މައުރޫފު ވިދާޅުވި އެވެ.

ކަނޑައެޅިގެން މިހާރު އިއްޒަތްތެރި ރައީސް ކަންތައް ކުރައްވާ ގޮތް އެއީ. އެހެންވީމާ، މަޖިލީހުގެ ފްލޯއެއް ނޫން މިހާރު ވާ ގޮތަކީ. އިއްޒަތްތެރި ރައީސް، ސުޕަރ މެޖޯރިޓީ އޮތެއް ކަމަކު މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީއަށް ބަހުސްކުރަން ފުރުޞަތު ދޭންޖެހޭ. މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީއަށް ބަހުސްކުރަން ފުރުޞަތު ދޭންޖެހޭނެ. އަޅުގަނޑުމެން އެޗެއް ބުނެދާނެތީ، އެންމެ ދިހަބާރަ މެންބަރުންނޭ މިތާ މި ތިބީ. އަޅުގަނޑުމެން ބަހުސްކޮށްލަން ފުރުޞަތަށް ނުދީ، ހަމަ އިރުކޮޅަކުން ބަހުސްގެ މައުޟޫޢު ބަދަލުކޮށްލައި، މަޖިލިސް ނިންމާލާނެ. މިއީ ކޮން އުސޫލެއްތޯ؟ ހަޖަމުކުރަން ދަސްކުރަންޖެހޭނެ. ވާހަކަ އަޑުއަހަން ދަސްކުރަންޖެހޭނެ އިއްޒަތްތެރި ރައީސް. އޭގެ ނަތީޖާއެއް ނޫންތޯ މިއަދު މި ފެންނަނީ. ނަސީބެއް ނޫން ރައީސުލްޖުމްހޫރިއްޔާ މި ރަނގަޅަށް ބެލިކަން ނަސީބެއްނު މި ބެލިކަން އެހެންނޫންނަމަ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަމުގެ ޒިންމާ އިއްޒަތްތެރި ރައީސް ނަންގަވަންޖެހޭނެ. 
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

މިއީ ކޮން އުސޫލެއްތޯ ސުވާލުކުރައްވައި މައުރޫފު ވިދާޅުވީ ހަޖަމުކުރަން ދަސްކުރަންޖެހޭ ކަމަށާއި ވާހަކަ އަޑުއަހަން ދަސްކުރަންޖެހޭ ކަމަށެވެ. އެގެ ނަތީޖާއެއް ނޫންތޯ މިއަދު މިފެންނަނީ,   ރައީސުލްޖުމްހޫރިއްޔާ އެ ބިލު ރަނގަޅަށް ބެއްލެލިކަން އެއީ ނަސީބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީތަކުގައި ރަނގަޅަކަށް ދިރާސާއެއް ނުކުރާ ކަމަށާއި ކަމާބޭފަރާތްތަކެއް ހާޒިރެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޓީއެއްގައި އަނގައިން ބުނާ މީހަކު ނޫޅޭ ކަމަށާއި ތަޅުމުގެ ފްލޯގައި ހުއްދަދީފިއްޔާ ނޫނީ އަނގައިން ބުނާ މީހަކު ނޫޅޭ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މައުރޫފް ޒާކިރުޑރ. މުޙައްމަދު މުޢިއްޒުއޯގަން ޓްރާންސްޕްލާންޓް20 ވަނަ ރައްޔިތުންގެ މަޖިލީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
 ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

15 ޖޫން 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު