Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާ ތަންތަން

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި

19 ޖޫން 2026 | ހުކުރު 09:02

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ދައުލަތަށް ނަގާއިރު އެ ތަނެއްގައި ހުރި މުދަލުގެ އަގު ކަނޑައަޅާނެ އުސޫލު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފި. މި އުސޫލުގެ ދަށުން އަގު ދޭނީ ވިޔަފާރިއާ ސީދާ ގުޅުންހުރި މުދަލަށް ކަމަށްވާއިރު، ހުއްދަ ނެތި ހަދާފައިވާ ބިނާތަކާއި ބޭނުންނުކުރެވޭ ތަކެއްޗަށް އަގު ނުދޭނެ. މުދަލުގެ އަގު ހިސާބުކުރާނީ ލައިސަންސް އޮތް އޮޑިޓަރުން މެދުވެރިކޮށް، މުދާ ގަތް އަގުން ބަލަށް ކެނޑުމަށްފަހު ޖެހޭ އަދަދަށް ބަލައިގެން.

މަޚްތޫމް
މަޚްތޫމް | 19 ޖޫން 2026 | ހުކުރު 09:02
ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެއް

ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެއް | ގޫގުލް

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގުން ބަދަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފި އެވެ.

މި އުސޫލަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލް އެކުލަވައިލައްވާފައިވާ އުސޫލެކެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

Advertisement - newsAdvertisement

މި އުސޫލުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއްގެ ކުލީގެ މުއްދަތު ހަމަވެގެން ދައުލަތާ ހަވާލުކުރާއިރު ނުވަތަ ދައުލަތަށް ނަގާއިރު، އެ ތަނެއްގައި ހުރި މުދަލާއި ތަކެތީގެ އަގުން ބަދަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކޮށް، އެ މުދަލުގެ އަގުގެ ގޮތުގައި ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް ދައުލަތުން ދޭންޖެހޭ ފައިސާގެ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާންކުރުމެވެ. މި އުސޫލުގެ ދަށުން އަގު ދޭނީ އެ ތަނެއްގައި ހިންގި ވިޔަފާރީގެ ޚިދުމަތް ދިނުމާ ސީދާ ގުޅުންހުރި އުފުލޭ އަދި ނުއުފުލޭ މުދަލަށެވެ.

އަގު ކަނޑައެޅުމުގައި ހިމަނާނެ މުދަލުގެ ތެރޭގައި ލީސް އެއްބަސްވުމުގެ ދަށުން ހުށަހަޅައި އަދާހަމަކޮށް ބަލަހައްޓަމުން ގޮސްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ ތަކެތި ހިމެނެ އެވެ. ނަމަވެސް ބައުވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ބޭނުންނުކުރެވޭ ތަކެއްޗާއި، މަރާމާތުކޮށްގެން ނުވަތަ އަޕްގްރޭޑް ކޮށްގެންވެސް ބޭނުންނުކުރެވޭނެ ތަކެތި މި ހިސާބުތަކުގައި ނުހިމެނޭނެ އެވެ. މީގެ އިތުރުން މިނިސްޓްރީގެ ހުއްދަ ނެތި ނުވަތަ ފާސްކޮށްފައިވާ ކުރެހުންތަކާ ޚިލާފަށް ބިނާކޮށްފައިވާ އިމާރާތްތަކާއި ގެނެސްފައިވާ ބަދަލުތަކަށްވެސް އަގު ނުދޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް އަމިއްލަ މުދާ އަނބުރާ ގެންދިއުމަށް 90 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ދޭންޖެހޭނެ އެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ގެންގޮސް ތަން ހުސްނުކޮށްފިނަމަ، އެ ތަކެތި ނީލަމުގައި ވިއްކާލުމުގެ ނުވަތަ އަގު ހިސާބުކުރުމުގައި ހިމެނުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ. އަދި އިންވެންޓްރީގައި ނުހިމެނޭ ތަކެތި ނީލަމުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ޚަރަދުތައް ކެނޑުމަށްފަހު ބާކީވާ ފައިސާ ކުއްޔަށް ހިފި ފަރާތަށް ދޭންޖެހޭނެ އެވެ.

އަގު ހިސާބުކުރުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދާނީ މިނިސްޓްރީ މެދުވެރިކޮށެވެ. މިގޮތުން އިންވެންޓްރީ ލިސްޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި، ފާއިތުވި 5 އަހަރުގެ ތެރޭގައި ކެޕިޓަލައިޒްކޮށްފައިވާ ޚަރަދުތަކުގެ ލިޔެކިޔުންތައް ކުއްޔަށް ހިފި ފަރާތުން ހުށަހަޅަންޖެހެ އެވެ. މި މައުލޫމާތުތައް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައަޅައި 15 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންޖެހޭނެ އެވެ. މައުލޫމާތު ފޯރުކޮށްނުދީ 30 ދުވަސް ވެއްޖެނަމަ، އަގު ކަނޑައަޅާނީ އެ މުދަލެއްގެ ހާލަތަށާއި ކުރިމަގުގައި ބޭނުންކުރެވޭނެ މުއްދަތަށް ރިއާޔަތްކޮށްގެންނެވެ.

އަގު ހިސާބުކުރުމުގައި ބަލާނީ މުދާ ގަތުމަށް ނުވަތަ އުފެއްދުމަށް ހިނގި ޚަރަދު ނުވަތަ ހިސްޓޯރިކަލް ކޮސްޓަށެވެ. އަދި މުދަލުގެ އަގުން ބަލަށް ކަނޑަމުން އައި ނިސްބަތަކީ ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރާ އެވްރެޖް ރޭޓެއްތޯވެސް ބަލަންޖެހެ އެވެ. މިގޮތުން ހިސާބުކުރާ އަގުން، ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ އާއި، މަރާމާތަށް ހިނގާނެ ޚަރަދުތައް އުނިކުރެވޭނެއެވެ. އަގު ހިސާބުކުރުމުގެ މަސައްކަތް ހަވާލުކުރާނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

އޮޑިޓަރުން ތައްޔާރުކުރާ ރިޕޯޓު ހުށަހަޅަންޖެހޭނީ ސީދާ އޮޑިޓަރ ޖެނެރަލްގެ އޮފީހަށެވެ. އެ އޮފީހުން ރިޕޯޓު ރިވިއުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަމެއްވާނަމަ އެކަން އަންގާނެ އެވެ. ރިޕޯޓު ފައިނަލްވެ އޮޑިޓަރ ޖެނެރަލް އެޕްރޫވްކޮށް މިނިސްޓްރީއަށް އެންގުމުން، އެ ފައިސާ ދިނުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. މި އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތިންނެވެ.

އޮޑިޓަރ ޖެނެރަލްޓުއަރިޒަމާބެހޭ ގާނޫނުފަތުރުވެރިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ޖޫން 2026

ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

14 ޖޫން 2026
ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ
14 ޖޫން 2026

ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

14 ޖޫން 2026
ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ
10 ޖޫން 2026

އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ

10 ޖޫން 2026
އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ
06 ޖޫން 2026

ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ

06 ޖޫން 2026
ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ
03 ޖޫން 2026

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

03 ޖޫން 2026
ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި
27 މެއި 2026

މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ

27 މެއި 2026
މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ
26 މެއި 2026

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

26 މެއި 2026
ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް
24 މެއި 2026

ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް

24 މެއި 2026
ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް
22 މެއި 2026

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް