Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމުގެ ހާލަތު ދަށްވުން

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، އެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް ސަރުކާރުން އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވި. ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވުމުގެ ސަބަބުން މުވައްޒަފުން ނޯޕޭ އަށް ފޮނުވުމާއި ވަޒީފާތައް މަދުކުރަމުންދާކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުގެ ހަރުދަނާ ޕްލޭނެއް ނެތް ކަމަށް އޭނާ ތުހުމަތުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 3 ޖޫން 2026 | ބުދަ 01:16
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ | ރާއްޖެއެމްވީ

ކޮވިޑުގެ ހާލަތުގައި އޮތް މިންވަރަށް ވުރެ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ގޯސް ކަމަށާއި ހާލަތަށް ރިއާޔަތްކޮށް އެކަމާ މެދު ފިޔަވަޅެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިވެދާނެތީ ސަރުކާރުގެ އެހީއަށް ޖަމިއްޔާ ޖަމާއަތްތަކުން އެދުނު ނަމަވެސް، އެ އަދަދާ ގުޅުވައިގެން ސީދާ އެހީތެރިކަމެއް ދިނުމަށް ވިސްނާފައި ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކުރި އާއި އަޅާ ބަލާ އިރު ފާއިތުވި މަސްތަކުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން މަދުވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ދީދީ ވަނީ ފަތުރުވެރިކަން ދަށްވަމުންދާ މިންވަރު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކުން ފެންނަން ހުރި ނަމަވެސް ސަރުކާރުން އެކަމާ މާ ބޮޑު އަޅާލުމެއް ނުބަހައްޓާ ކަަމަށް ވެސް ވިދާޅުވެފަ އެވެ. ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމާއި މެދު ސަރުކާރުގެ ރަނގަޅު ޕްލޭނެއް ނެތް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ. 

ދީދީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕެންސީ ދަށްވުމުގެ ސަބަބުން އެ ސިނާއަތުން ރާއްޖެ އަށް ވަންނަ ފައިސާ އިންތިހާ އަށް މަދުވެފައިވާ ކަމަށެވެ. ރާއްޖޭގެ ބެޑްކެޕޭސިޓީ އިތުރުވެފައި ވީ ނަމަވެސް އެކަމުން މަންފާ ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށް ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިސޯޓްތައް ރަނގަޅަށް ނުހިންގިގެން މުވައްޒަފުން ޗުއްޓީ އަށް ނުވަތަ ނޯޕޭ އަށް ބައެއް ރިސޯޓްތަކުން މީހުން ފޮނުވާ ކަމަށެވެ. ބައެއް ރިސޯޓްތަކުން މުވައްޒަފުން މަދު ކުރުމާއި އިތުރު މުވައްޒަފުން ނެގުން މަޑު ޖައްސާލުން ފަދަ ފިޔަވަޅުތައް އަޅަމުންދާކަން ދީދީ ވަނީ ފާހަގަކުރައްވާފަ އެވެ.

ދީދީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ގޯސްވެގެން ދާއިރު ފަތުރުވެރިކަމުގެ ވުޒާރާ އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން އެކުލަވާލާފައިވާ ކުންފުނިން ވެސް އެ މަސައްކަތް ނުކުރާ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިން ރާއްޖެ އައުން އިތުރު ކުރުމަށް ރާއްޖެ އަށް އިތުރު ފްލައިޓްތައް ގެނައުމަށް ވެސް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. 

"ފަތުރުވެރިން އިތުރުކުރަން ވަކި ކޮންކަމެއްތޯ އިތުރަށް ކުރީ. އެއާޕޯޓްސް ކުންފުނިން ވެސް ފްލައިޓްތައް އިތުރުކުރާކަށް. ރައީސްގެ އެހެނިހެން ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަނީ. މިހާރު އިންޑަސްޓްރީ ހުރި ގޮތުން އެހެނިހެން ދިމަ ދިމާލުން މާކެޓްތަކަށް މީހުން ގެނެވޭނެ ގޮތް ހަދަން ޖެހޭ."ދީދީ ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ބަޔަކީ ފަތުރުވެރިކަން ކަމަށް ވާއިރު އެ ސިނާއަތް ދަށް ވެގެން ދާން ދޫކޮށްލައިގެން ނުވާނެ ކަމަށް ދީދީ ވިދާޅުވި އެވެ. މިދިޔަ އަހަރާއި އަޅާ ބަލާނަމަ ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން މަދު ވެފައިވާ ކަމަށާއި އެކަމުގެ ގެއްލުން އެ ސިނާއަތަށް އިންތިހާ އަށް ކުރާނެ ކަމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއަޙްމަދު ދީދީމަރަދޫ ދާއިރާރާއްޖެޓީވީ ފަލަސުރުހީފަތުރުވެރިކަންކޮވިޑް

އިތުރަށް ކިޔާލަން

02 ޖޫން 2026

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން
01 ޖޫން 2026

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

01 ޖޫން 2026
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް
01 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި
01 ޖޫން 2026

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026
ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި
01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
01 ޖޫން 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!
01 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން
31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
30 މެއި 2026

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި
30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު