Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާ ބުރާސްފަތި

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

ސަރުކާރުން ވަޒީފާގެ ބިރުދައްކައި، ނުހައްގުން މުވައްޒަފުން ވަކިކުރަމުންދާ ދިއުމަކީ ހުދުމުހުތާރު ވެރިކަމެއް ނިމުމުގެ ސިގްނަލެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މާޒް ސަލީމް ވިދާޅުވި. "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އޭނާ ވަނީ ގާނޫނާ ހިލާފަށް ވަކިކުރި މުވައްޒަފުންނަށް ވަޒީފާ އިޔާދަކޮށްދިނުމަށާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައްވާފައި. އަދި ފުލުހުން މެދުވެރިކޮށް ރައްޔިތުންނަށް އަނިޔާވެރިވި ނަމަވެސް، އިދިކޮޅުގެ ހަރަކާތްތައް ފަހަތަށް ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2026 | ހުކުރު 08:43
މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ.

މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

ހުދުމުހުތާރު ވެރިކަމެއް ނިމިގެންދާއިރު ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި މާޒް ސަލީމް ވިދާޅުވީ ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރުގަ ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން ކަމަށާއި، މިސަރުކާރުން ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ. އަދި ފުލުުހުން ނެރި ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. 

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ.
އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ.

ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރައްޔިތުން ނުކުތުމުން ސަރުކާރު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މާޒް ސަލީމް ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް، ދައުވާ އުފުލި ނަމަވެސް އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުތީ ވަޒީފާގެ ބިރު ދައްކާތީ އާއި ވަޒީފާއިން ނުހައްގުން ވަކި ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.  އަދި މިއީ ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. 

މިކަހަލަ ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރުގަ ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން. މިއީ އެންމެފަހުގެ ރަނގަބީލު. އަޅުގަނޑުމެންނަށް މިއަދު މި ރަނގަބީލުގެ އަޑު އިވިގެން މިރަނގަބީލުގެ ބިރުވެރިކަން ކުރިމަތިވެގެން އަޅުގަނޑުމެން މިއަދު މިއުޅެނީ. އާދެ މިކަހަލަ ހުދުމުހުތާރު ވެރިކަންތައް ނިމޭއިރުގަ އަދާ ކުރާ އޮންނާނެ ފަހު ރުކުނެއް. އެ ފަހުގެ ރުކުނަކީ އެއީ މިދެންނެވި ރުކުން. މިދެންނެވި ރުކުން މިހާރު އަދާކުރަމުން އެދަނީ އެއީ ވަޒީފާގެ ބިރު ދެއްކުން. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

މީގެ އިތުރުން މާޒް ސަލީމް ވަނީ ގާނޫނާ ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ހުރިހާ މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަ ކުރުމަށް ގޮވާލާފަ އެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެރީން އެބޭފުޅުންގެ ޒިންމާ އިންސާފުވެރިކަމާއެކު އަދާ ކުރުމަށް ވެސް ގޮވާލެއްވި އެވެ. 

މާޒް ސަލީމްއެމްޑީޕީވަޒީފާ ބުރާސްފަތިވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

19 ޖޫން 2026
ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
18 ޖޫން 2026

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު