Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓު

ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ

ހިޔާ ފްލެޓްތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ އާ ލިފްޓު ބޭނުންނުކުރެވި ލަސްވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، އެޗްޑީސީން ބުނީ މިހާރު ކުރިއަށްދަނީ ލިފްޓު ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށް. މި މަޝްރޫއަކީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓަށް ކިއުޖެހެންޖެހޭ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް. އެޗްޑީސީގެ އަމާޒަކީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމައި އާންމުންނަށް ލިފްޓުގެ ހިދުމަތް ދިނުންކަމަށް ބުނެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2026 | އަންގާރަ 04:02
ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އެތައް ބަޔަކު ދިރިއުޅޭއިރު ލިފްޓުގެ މައްސަލަތައް ދިމާވާތީ ގިނަ ބަޔަކު ޝަކުވާ ކުރޭ

ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އެތައް ބަޔަކު ދިރިއުޅޭއިރު ލިފްޓުގެ މައްސަލަތައް ދިމާވާތީ ގިނަ ބަޔަކު ޝަކުވާ ކުރޭ | ރާއްޖެ އެމްވީ

ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ލިފްޓު ހަރުކޮށްފައިވީ ނަމަވެސް ބޭނުންނުކޮށް ގިނަ ދުވަސްވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ދަނީ ފެންމަތިވަމުންނެވެ.

Advertisement - newsAdvertisement

އެހެންވެ އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ގުޅާލުމުން އެ ކުންފުނިން ބުނީ، ލިފްޓު ހަރުކުރުމަށްފަހުވެސް ކޮމިޝަން ކުރުމުގެ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ އެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު 14 ވަނަ ޓަވަރުގެ މަސައްކަތް ހުރީ ކިހާ ހިސާބެއްގައިތޯ އިތުރަށް ބަލާލަން ޖެހޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ މަސައްކަތް ކުރަމުންދަނީ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށާއި، ވީހާވެސް އަވަހަށް އެ މަސައްކަތް ކޮށް އާންމުންނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލިފްޓު ބޭނުން ނުކުރެވި ގިނަ ދުވަސްވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. ވަކިން ޚާއްސަކޮށް ބާރުބޮޑު ގަޑިތަކުގައި ތޮއްޖެހުން ފަދަ ކަންކަން ދަނީ ދިމާވަމުންނެވެ. ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށްވެސް ލިފްޓު ބޭނުން ނުކުރެވި ގިނަ ދުވަސްވާތީ ކުޑަކުދިން ތިބި އާއިލާތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ލިފްޓު ނެތި ތޮއްޖެހުން ވަރަށް ދަތިވެއެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، ހިޔާގެ ގިނަ ޓަވަރުތަކުގައި ހުންނަނީ ތިން ލިފްޓެވެ. މަދު ޓަވަރެއްގައި ހަތަރު ލިފްޓް ހުރެއެވެ. 25 ބުރީގެ މި އިމާރަތްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، ލިފްޓަށް ބާރުބޮޑުވެ، ލިފްޓް ކިއޫއެއް އަބަދުވެސް އޮވެއެވެ. ވަކިން ޚާއްސަކޮށް ހެނދުނާ ހަވީރު ސްކޫލް ތަކަށާ އޮފީސްތަކަށް ދާގަޑިއާ ނިމޭގަޑިއަކީ އާންމުކޮށް ހިޔާގެ އިމާރާތްތަކުގައި ލިފްޓް ކިއު ދިގުވާ ވަގުތުތަކެކެވެ.

މިމައްސަލަ ހައްލުކުރުމުގެ ގޮތުން ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ހިޔާ ފްލެޓްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެޗްޑީސީޑރ. މުއިއްޒު

އިތުރަށް ކިޔާލަން

04 ޖޫން 2026

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

04 ޖޫން 2026
ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!
03 ޖޫން 2026

ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި

03 ޖޫން 2026
ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި
02 ޖޫން 2026

ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ

02 ޖޫން 2026
ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ
01 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން
01 ޖޫން 2026

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

01 ޖޫން 2026
އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު