Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އުސޫލާ ހިލާފަށް ކުއްޔަށް ދޭ މައްސަލަތައް ބަލައި، އެފްޑީސީން ދަނީ ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަމުން. އެގޮތުން މެއި މަހުގެ ތެރޭގައި އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު ދީފައިވާއިރު، އިތުރު ދެ މައްސަލައެއް މިހާރުވެސް ދަނީ ތަހުގީގު ކުރަމުން. ސޯޝަލް ހައުސިން ޔުނިޓްތައް ކުއްޔަށް ދިނުން މަނާކޮށްފައި އޮތް ނަމަވެސް، މި މައްސަލަ ހައްލުނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ ކަމާބެހޭ އިދާރާތަކަށް އަމާޒުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖޫން 2026 | ބުރާސްފަތި 07:42
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތައް.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތައް. | ރާއްޖެއެމްވީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީ ކޮށްފައިވާ ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަތަކުގައި އެކަކު ޖޫރިމަނާ ކޮށް ތިން މީހަކަށް އިންޒާރު ދީފައިވާ ކަަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު އެފްޑީސީން ބުނީ، ގެދޮރުވެރިޔާ ސްކީމް ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ބައެއް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. މިފަދަ މައްސަލައެއް ސަމާލު ކަމަށް އައުމާއެކު ބަލަން ޖެހޭ ކަންކަން ބަލާ ކަމަށާއި، ކުއްޔަށް ދޭ ކަމަށްވާނަމަ ފިޔަވަޅު އަޅާ ކަމަށެވެ.

Advertisement - newsAdvertisement

ސޯޝަލް ހައުސިން ޔުނިޓް ކުއްޔަށް ނުދެވޭނެކަން ފާހަގަކޮށް އެފްޑީސީން ބުނީ، ފްލެޓު ކުއްޔަށް ދިން މައްސަލައެއްގައި މެއި މަހުގެ ތެރޭގައި އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ތިން މީހުންނަށް އިންޒާރުގެ ލިޔުން ދީފައިވާ ކަމަށެވެ. އަދި މިފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޯޕްރޭޝަނުން ބުނެ އެވެ. 

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ވެސް ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއް ބޮޑުވެފައިވެ އެވެ. މި މައްސަލަ ވެސް ތަހުގީގުކޮށް އެ ފްލެޓުގެ ވެރިފަރާތުން ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އެ ފްލެޓުން ބިދޭސީން ނެރިފައިވެ އެވެ. 

މިފަދަ ފިޔަވަޅުތައް އެޅިނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ފްލެޓުތައް ކުއްޔަށް ދޫ ކުރެ އެވެ. އަދި  ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) ން ބަލަހައްޓަމުންދާ ހިޔާ ފްލެޓުތައް ވެސް ކުއްޔަށް ދޫ ކުރާ މައްސަލަ ބޮޑެވެ.  މި މައްސަލައަށް ވެސް އެޗްޑީސީން ހައްލެއް ހޯދިފައިނުވާއިރު، މިކަން ނުހުއްޓުވޭނެ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަދި އެފްޑީސީއަށް އަމާޒުވެފައިވެ އެވެ. 

ގެދޮރުވެރިޔާ ސްކީމްފަހި ދިރިއުޅުން ކޯޕަރޭޝަންހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އިތުރަށް ކިޔާލަން

02 ޖޫން 2026

ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ

02 ޖޫން 2026
ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުުން ގެއްލިގެން" އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަށް އެދިއްޖެ
01 ޖޫން 2026

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

01 ޖޫން 2026
އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ
31 މެއި 2026

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

31 މެއި 2026
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު