Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

4 ޖޫން 2026 | ބުރާސްފަތި 20:41

ފެނަކަ ރައިޓްސައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް ދެމުން އައި ޗުއްޓީތައް ވަގުތީ ގޮތުން މެދުކަނޑާލައި، ހުރިހާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސް ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި ބަދަލުތަކަކީ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނެގުމަށްފަހު، ކުންފުނި ހަރުދަނާކުރުމުގެ ނަމުގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ފާހަގަކުރެވެއެވެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖޫން 2026 | ބުރާސްފަތި 20:41
 ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް ޕޭ ލީވް އާއި ނޯ ޕޭ ލީވް ދިނުން މަޑުޖައްސާލަން ވަނީ ނިންމާފަ.

ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް ޕޭ ލީވް އާއި ނޯ ޕޭ ލީވް ދިނުން މަޑުޖައްސާލަން ވަނީ ނިންމާފަ. | ރާއްޖެއެމްވީ

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ކުންފުންޏަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން މުވައްޒަފުންނަށް ދެމުން އައި ޗުއްޓީތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުރާސްފަތި ދުވަހު އެ ކުންފުނީގެ ބްރާންޗްތަކާއި ޑިޕާޓްމަންޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ދެމުން އައި ޗުއްޓީ އާއި މުސާރަ ނުލިބޭ ގޮތަށް ދެމުން އައި ޗުއްޓީ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.

Advertisement - newsAdvertisement

ފެނަކަ ކޯޕަރޭޝަނަކީ ފަހުގެ ތާރީޚުގައި ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނީގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށް ވެސް އަންގާފައިވެ އެވެ.

ފެނަކައިން މިފަދަ ކުއްލި ނިންމުންތައް ނިންމަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއި ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ރަށްރަށުގައި އެތައް ސަތޭކަ ވަޒީފާއެއް އުފައްދައި ދިނުމަށްފަހު އެވެ. އެ ވަޒީފާތައް ދިނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންކަމަށް ބުނެ ފާހަގަކުރެވެ އެވެ.

އިންތިޚާބުތަކުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުމާއެކު ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރާކަމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. 

މީގެ އިތުރުން ފެނަކައިގެ މެނޭޖްމަންޓުތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު މިކަމުގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތަށް ބުރޫއަރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރެ އެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއި ކޮރަޕްޝަނުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ދަރަނިވެރިވެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ. 

ފެނަކަ ކޯޕަރޭޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

04 ޖޫން 2026

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
03 ޖޫން 2026

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

03 ޖޫން 2026
ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
01 މެއި 2026

މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް

01 މެއި 2026
މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް
17 އެޕްރީލު 2026

ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

17 އެޕްރީލު 2026
ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި
12 އެޕްރީލު 2026

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

12 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟
07 އެޕްރީލު 2026

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

07 އެޕްރީލު 2026
ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް