Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޭޕާކް މައްސަލަ

ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި

ހަމްބޯ ކުންފުނިން ބުނީ އެޑްވޮކަސީ ޗެމްބަރސް އިން މަސައްކަތްކުރަނީ ކޭޕާކް މައްސަލާގައި ކުށްވެރިވެފައިވާ ޙަސަން މަމްދޫޙުގެ ނިވާފަތްގަނޑެއްގެ ދަށުން ކަމަށާއި، އެ ލޯފާމުން އުޅެނީ މުވައްކިލުންނަށް ހަގީގަތް އޮޅުވާލައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް. ކުންފުނި ވުޖޫދުގައި އޮތްކަން ޝަރުޢީ ނިންމުންތަކުން އެނގެން އޮތްއިރު، މަކަރާއި ހީލަތް ހެދި ފަރާތްތަކަށް ހުކުމްކޮށްފައިވަނީ ވެސް އެ ކުންފުނީގެ އިސްނެގުމަށް ކުރި ތަހުގީގުންކަން ހަމްބޯއިން ފާހަގަކުރޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2026 | ބުދަ 09:54
ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (މ) އަދި ހަމްބޯ ކުންފުނީގެ ބައެއް ވެރިން

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (މ) އަދި ހަމްބޯ ކުންފުނީގެ ބައެއް ވެރިން | ސޯޝަލް މީޑިއާ

ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވުޖޫދުން ގެއްލިގެން އެ ކުންފުނި ހޯދުމަށް އެޗް.ޑީ.ސީ ގައި އެދިފައިވާ ކަމަށް ބުނެ އެޑްވޮކަސީ ޗެމްބަރސް ލޯފާމުން ފަތުރާ ޚަބަރަކީ ދޮގެއް ކަމަށް ބުނެ ހަމްބޯ ކުންފުނިން އެކަން ކުށްވެރިކޮށްފި އެވެ.

ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެޑްވޮކަސީ ޗެމްބަރސް މަސައްކަތްކުރަނީ ކޭޕާކް ވިކްޓިމްސް ނަމުގައި ކަމަށް ބުނިނަމަވެސް އެ ލޯފާމުން ތަމްސީލުކުރަނީ ކޮން މުވައްކިލުންނެއްކަމާއި، މުވައްކިލުން ތަމްސީލުކުރުމުގެ ބާރުދީފައިވާ ލިޔުމެއް ފޮނުވައިދެއްވުމަށް 2025 ގައި ފޮނުވި އީމެއިލް އަށް މިހާތަނަށް އެޑްވޮކަސީ ޗެމްބަރސްގެ ފަރާތުން ޖަވާބެއް ދީފައިނުވާ ކަމަށެވެ.

ބަޔާނުގައި ބުނީ އެޑްވޮކަސީ ޗެމްބަރސްއިން މަސައްކަތްކުރަނީ އެ ކުންފުންޏަށާއި އެތައް ޢާންމު ފަރާތަކަށް ގެއްލުންދީފައިވާ ޙަސަން މަމްދޫޙުގެ ނިވާފަށްގަޑެއްގައި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން އެޑްވޮކަސީ ވިކްޓިމްސް ކަމަށްބުނެ އެފަރާތްތަކަށް ޤާނޫނީ ޚިދުމަތް ދިނުމަށް މީގެ އެތައް އަހަރެއްކުރިން ޤާނޫނީ ފީ ނެގުމަށްފަހު އެ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ނޫސް ބަޔާނެއް ނެރުމާއި، އެޗް.ޑީ.ސީ އަށް ސިޓީއެއް ފޮނުވައި އެ ސިޓީ މީޑިއާތަކަށް ޢާންމުކުރުން ފިޔަވައި އިތުރު ކަމެއް އެ ލޯފާމުން ނުކުރާ ކަމަށް ބަޔާނުގައިވެ އެވެ.

ހަމްބޯ ކުންފުނިން ބުނީ ޙަސަން މަމްދޫޙު އަދި ޖައިޝަން ސަޢީދުގެ މައްޗަށް ޖިނާއީ ދަޢުވާކޮށްފައިވަނީވެސް އެ ކުންފުނީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލައިގައި ކަމަށެވެ. އެމައްސަލާގައި ޙަސަން މަމްދޫޙު 390 އަހަރަށް ޖަލަށްލުމަށް އަދި ޖައިޝަން ސަޢީދު 159 އަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަން ޝަރުޢީ ޙުކުމްތަކުން ފެންނަން އޮތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. 

މަކަރާއި ޚިލާތް ހެދި ފަރާތަކީ ކޮބައިކަމާއި، އެކަން ކުރީ އެ ކުންފުންޏަށާއި ޢާންމު ރައްޔިތުންނަށް އޮޅުވާލައިގެންކަން ޝަރުޢީ ގޮތުންވެސް ވަނީ ސާބިތުވެފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ދަޢުވާކުރަންޖެހޭ ފަރާތަކީ ކޮބައިކަން ނޭނގިގެން ވަކީލުންތަކެއް އަބަދާ އަބަދު ސިޓީ އެކި ތަންތަނަށް  ފޮނުވައި ވާނުވާ ނެނގުމެއް ތެރޭގައި އުޅެންޖެހޭ ސަބަބެއް ނެތް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ އެޑްވޮކަސީ ޗެމްބަރސް ނޫނަސް ކޭޕާކާ ގުޅުންހުރި މައްސަލަތަކުގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅައި އެފަދަ މައްސަލަތައް އެހެން ލޯފާމުތަކުންވެސް ކޮށްފައި އެބަހުރި ކަމަށެވެ. އެޑްވޮކަސީ ޗެމްބަރސް އާ ޖެހުމުން ދަޢުވާކުރަންޖެހޭ ފަރާތް އޮޅިގެން ގެއްލިގެން އުޅޭ ފަރާތެއް ނެތް ކަމަށާއި މިއީ ޤާނޫނީ ވަކީލުން ޢަމަލުކުރަންޖެހޭ ޒިންމާދާރު ގޮތެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

ފޮރިން އިންވެސްޓްމަންޓް އެއްބަސްވުން ދައުލަތާއިއެކު ހަދާފައިވަނީ އެ ކުންފުންޏާއެކުގައި ކަމަށްވެފައި، އެ ކުންފުނި މިހާރުވެސް ވުޖޫދުވެ އަދި ޝަރުޢީ އެތައް ނިންމުމެއްގައި މި ކަމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތަކީ ހަމްބޯ ކުންފުނި ކަމުގައި އެނގެން އޮތްއިރު،  އެޑްވޮކަސީ ޗެމްބަރސް އިން ކުރާ ކަމަކީ އެ ފަރާތްތަކުގެ މުވައްކިލުންނަށް ޙަޤީޤަތް ފޮރުވުމަށް ކުރާ މަސައްކަތެއްކަމުގައި ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.

ވީމާ، ޤާނޫނީ ވަކީލުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެޑްވޮކަސީ ޗެމްބަރސްއެޗްޑީސީޙަސަން މަމްދޫޙުޖައިޝާން ސައީދު ކޭޕާކް

އިތުރަށް ކިޔާލަން

31 މެއި 2026

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

31 މެއި 2026
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!
23 މެއި 2026

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

10 މެއި 2026

އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!

10 މެއި 2026
އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!
25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި
25 އެޕްރީލު 2026

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން

25 އެޕްރީލު 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލް އަށް ގެއްލުން ވެގެން
12 އެޕްރީލު 2026

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

12 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
02 އެޕްރީލު 2026

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!
30 މާރިޗު 2026

މަޑިހާ އިން "ޖޭކޭ" ބްރޭންޑުގެ ކްރީމް ކްރެކަރާއި ބިސްކޯދު އަލުން އެތެރެކުރަން ފަށައިފި

30 މާރިޗު 2026
މަޑިހާ އިން "ޖޭކޭ" ބްރޭންޑުގެ ކްރީމް ކްރެކަރާއި ބިސްކޯދު އަލުން އެތެރެކުރަން ފަށައިފި
28 މާރިޗު 2026

ވީޑިއޯ އެއް އާއްމުވެ ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީއަށް އަމާޒުވުމުން، ވިނަރެސް ފްލެޓުގައި ހިންގި ލޯންޑްރީ ފެކްޓްރީ މަސައްކަތް ހުއްޓާލާ، މެޝިންތައް ނެގުމަށް 7 ދުވަހުގެ މުއްދަތެއް ދީފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު