Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފުޓްބޯޅަ ފޯރި ހަވީރު

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

ވޯލްޑް ކަޕާ ދިމާކޮށް އުރީދޫން ކުރިއަށްގެންދާ "ފުޓްބޯޅަ ފޯރި" ކެމްޕެއިންގެ ދަށުން މާދަމާ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 12 ޖޫން 2026 | ހުކުރު 02:56
އުރީދޫ ފުޓުބޯޅަ ފޯރި

އުރީދޫ ފުޓުބޯޅަ ފޯރި | އުރީދޫ

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ ފޯރި ދިވެހިންގެ މެދުގައި އިތުރުކުރުމަށްޓަކައި، އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

"ފުޓްބޯޅަ ފޯރި" ގެ  ދަށުން ކުރިއަށް ދާ މި ހަރަކާތަކީ އުރީދޫ އާއި، އެލައިޑް އިންޝުއަރެންސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އުރީދޫން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކުޑަކުދިންގެ ހަވީރު އޮންނާނީ ހުކުރު ދުވަހު ހަވީރު 04:00 އިން ފެށިގެން 06:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މި ހަވީރުގައި ފުޓްބޯޅައާ ގުޅުންހުރި ތަފާތު ކުޅިވަރުތަކާއި، ކުޑަކުދިން ގަޔާވާނެ ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެރީދޫ އިން ބުނެއެވެ. 

މި ކެމްޕެއިންގެ މަގުސަދަކީ އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް މެޗުތައް ބަލައިލުމަށްޓަކައި، ތިން ޖީބީގެ ޑޭޓާއާއެކު މުބާރާތް ނިމެންދެން މީޑިއާނެޓު އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލައިލެވޭނެ ޚާއްސަ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުން، އުރީދޫ ސުޕަނެޓް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ކެމްޕެއިންގެ ދަށުން ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޖުލައި މަހުގެ ނިޔަލަށް ސުޕަނެޓް ޕެކޭޖުތައް ހިލޭ އަޕްގްރޭޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕެކޭޖު އަޕްގްރޭޑްކުރާ ކަސްޓަމަރުންނާއި، އަލަށް ސުޕަނެޓް ކަނެކްޝަން ނަގާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި، ހޮވޭ ނަސީބުވެރިއަކަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ވޯލްޑް ކަޕްއުރީދޫ މޯލްޑިވްސްހުޅުމާލެ އެލައިޑް އިންޝުއަރެންސްއެޗްޑީސީ

އިތުރަށް ކިޔާލަން

11 ޖޫން 2026

މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން

11 ޖޫން 2026
މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން
11 ޖޫން 2026

ވޯލްޑް ކަޕް 2026: މެޗުތަކުގެ ތާވަލު، ގްރޫޕްތައް، ޓީމުތައް އަދި މެޗުތައް ފަށާ ގަޑިތައް

11 ޖޫން 2026
ވޯލްޑް ކަޕް 2026: މެޗުތަކުގެ ތާވަލު، ގްރޫޕްތައް، ޓީމުތައް އަދި މެޗުތައް ފަށާ ގަޑިތައް
11 ޖޫން 2026

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް: މުބާރާތާ ގުޅޭ މުހިންމު ބައެއް މައުލޫމާތު

11 ޖޫން 2026
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް: މުބާރާތާ ގުޅޭ މުހިންމު ބައެއް މައުލޫމާތު
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
10 ޖޫން 2026

ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި

10 ޖޫން 2026
ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު