Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނީ ނިންމާފައި. ނިއުކްލިއާ މައްސަލައިގައި 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަން ހިމަނާފައިވާއިރު، އީރާން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ކަނޑައަޅާފައި. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ނުތަނަވަސްކަމާއި ފާޑުކިޔުންތަކެއް އުފެދިފައި.

ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 03:30
އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވުމަށްފަހު، ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުމާއި އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދައްކަވާލައްވަނީ. މި ތާރީޚީ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު.

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވުމަށްފަހު، ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުމާއި އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދައްކަވާލައްވަނީ. މި ތާރީޚީ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު. | އައި އާރް އެން އޭ

އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް، ދެ ގައުމުގެ އިސްވެރިން ސުލްހައިގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމަށް ވަގުތުން އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާން އަލުން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރު (224 ބިލިއަން ޕައުންޑް) ގެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ "ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް" އުވާލުމަށް ވަނީ ހިމަނާފައެވެ.

ނަމަވެސް، މި ހަނގުރާމަ ފެށުމަށް އެމެރިކާއިން ދެއްކި މައިގަނޑު ސަބަބު ކަމަށްވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އަދިވެސް މަޝްވަރާ ކުރަން ޖެހެއެވެ. މިކަމަށްޓަކައި 60 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، ބޭނުންވެއްޖެ ނަމަ އެ މުއްދަތު އިތުރުކުރެވޭނެއެވެ.

ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ނިންމުމަށް ދިފާއު ކުރައްވާ ވާހަކަދައްކަވާފައެވެ. ޓްރަމްޕް ވިދާޅުވީ މިއީ "އިގްތިސާދީ ބޮޑު ކާރިސާއަކުން" ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، ސުލްހައިގެ ފައިނަލް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާނަށް ވަރުގަދަ ބޮން އެޅުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ރައީސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ބުދަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވާކަން ތެހެރާނުން ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލިބާފް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާއަށް ކުރާ އިތުބާރު ކުޑަ ކަމަށާއި، އީރާން އޮތީ "ބަޑީގެ ޓްރިގަރ ގައި އިނގިލި ޖައްސައިގެން" ކަމަށެވެ.

ފާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، "ބުއްދީގެ ބަހުރުވަ ދުޝްމަނުންނަށް ފަހުމް ނުވާ ނަމަ، އަހަރެމެން އަލުން ބާރުގެ ބަހުރުވަ ބޭނުންކުރަން ފަށާނަން،" ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް އޮފިޝަލުން ވަނީ އަވަހާރަކޮށްލާފައެވެ.

އޭގެ ފަހުން ހަނގުރާމަ ވަރުގަދަވެ، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ 20 އިންސައްތަ ހިއްސާކުރާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ހަކަތައިގެ އަގުތައް އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ.

ޖީ7 ސަމިޓް ބޭއްވި ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން "ދުނިޔެއަށް ކުރިމަތިވެދާނެ ބޮޑު އިގްތިސާދީ ހީނަރުކަމަކުން" ސަލާމަތްވާނެ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އިގްތިސާދީ ކާރިސާއެއް ފެންނާކަށް. މި ހަނގުރާމަ ކުރިއަށް ދިޔަ ނަމަ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު އޮތް،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސުލްހައިގެ ވާހަކައެއް ދެކެވޭ ކޮންމެ ފަހަރަކު ހިއްސާގެ ބާޒާރު ރޮކެޓެއްހެން މައްޗަށް އަރައިގެންދާ ކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށް ބުނާ ކޮންމެ ފަހަރަކު ބާޒާރު ވަރަށް ބޮޑަށް ދަށަށްދާ ކަމަށެވެ.

މި އެއްބަސްވުން އިއުލާން ކުރުމާއެކު ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.

ބުރާސްފަތި ދުވަހު އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 1 އިންސައްތަ ދަށަށް ގޮސް 78.79 ޑޮލަރު (59.21 ޕައުންޑް) އަށް ތިރިވިއެވެ. ނަމަވެސް މިއީ ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު އަދިވެސް 8 ޑޮލަރު ބޮޑު އަދަދެކެވެ.

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ޕެލަސް އޮފް ވާސައިގައި ބޭއްވި ރަސްމީ ފަރިއްކޮޅެއްގެ ތެރެއިން ޓްރަމްޕް ވަނީ މި އެއްބަސްވުމުގެ (އެމް.އޯ.ޔޫ) ކޮޕީއެއްގައި ސޮއިކުރައްވާފައެވެ.

އެ ލިޔުމުގައިވާ ގޮތުން، އެމެރިކާއާއި އީރާނުން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި ދެ ފަރާތުން އެއްބަސްވާ ނަމަ މި މުއްދަތު އިތުރު ކުރެވިދާނެއެވެ.

ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމުގައި ބުނެފައިވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ނުވަތަ ހޯދުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އަލުން ދޭ ކަމަށެވެ. މިއީ ހަނގުރާމަ ފެށުނީއްސުރެ ޓްރަމްޕް ހުށަހަޅުއްވަމުން ގެންދެވި އެންމެ މުހިންމު ޝަރުތެވެ.

މީގެ އިތުރުން، އީރާނުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް، އދ. ގެ ނިއުކްލިއާ ވޮޗްޑޮގް (އައި.އޭ.އީ.އޭ) ގެ ބެލުމުގެ ދަށުން އެ ގައުމުގައި ބަހައްޓައިގެން، އޭގެ ބާރު ދަށްކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ކުރިން އެމެރިކާއިން ބާރުއަޅަމުން ދިޔައީ އީރާނުގައި ހުރި ހުރިހާ ނިއުކްލިއާ މާއްދާތަކެއް އެ ގައުމުން ބޭރުކުރުމަށެވެ.

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެއްބަސްވުމުގައި ބުނެފައިވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

ނަމަވެސް، ހަނގުރާމައިގެ ކުރިން އެއްވެސް ފީއެއް ނުނަގާ މި ސަރަހައްދުން ކުރިއަށް އޮތް ތަނުގައި ފީ ނެގުމުގެ ފުރުސަތު އޮތް ކަމަށް މި އެއްބަސްވުމުގައި އިޝާރާތްކޮށްފައިވެއެވެ.

އީރާނުގެ މަޖިލީހުގެ ރައީސް ގާލިބާފް ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް އަނބުރާ ނުދާނެ ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވި ގޮތުގައި، އެއްބަސްވުމުގައިވާ 60 ދުވަހުގެ މުއްދަތު ހަމަވުމުން، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުގެ އަތުން އީރާނުން ފީ ނަގަން ފަށާނެއެވެ.

އީރާނުގެ ބެލިސްޓިކް މިސައިލްތައް ނައްތާލާނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ނަމަވެސް، ޖީ7 ސަމިޓުގައި އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް އެފަދަ ހަތިޔާރު ހުރި ނަމަ، އީރާނުގައި އެފަދަ ހަތިޔާރު ހުރުމަކީ "މައްސަލައެއް ނޫން" ކަމަށެވެ.

މި އެއްބަސްވުމުގެ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓްލައިންތަކެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ލުބުނާނުން ސިފައިން ބޭލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިސްރާއީލުން ބުނެފައިވާއިރު، ބުދަ ދުވަހު ވެސް އެ ގައުމުން ވަނީ ހިޒްބުﷲއަށް ހަމަލާތަކެއް ދީފައެވެ.

ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އީރާނާއެކު ވެފައިވާ އެއްބަސްވުމަށް ބުރޫއަރާފާނެތީ ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބުދަ ދުވަހު ޖީ7 ސަމިޓުގައި އޭނާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ ނަތަންޔާހޫއަކީ "ރަނގަޅު މީހެއް" ކަމަށާއި، ނަމަވެސް އޭނާގެ އަމަލުތައް "މައިތިރި" ކުރަން ޖެހޭ ކަމަށެވެ.

"ހިޒްބުﷲގެ މީހަކު އިމާރާތަކަށް ވަންނަ ކޮންމެ ފަހަރަކު އެ އިމާރާތެއް ބިމާހަމަކޮށްލާކަށް ނުޖެހޭ،" ޓްރަމްޕް ވިދާޅުވިއެވެ.

ވާސައިގެ ފަރިއްކޮޅަށްފަހު ޓްރަމްޕް ވޮޝިންގޓަނަށް އެނބުރި ވަޑައިގަތުމުގެ ދަތުރުފުޅު ފެއްޓެވިއިރު، އީރާނާއެކު ވެފައިވާ މި ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ދެ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މީގެ ތެރޭގައި ޓްރަމްޕްގެ އަމިއްލަ ޕާޓީގެ މެންބަރުން ވެސް ހިމެނެއެވެ.

ޓްރަމްޕް ތާއީދުކުރެއްވި ކެންޑިޑޭޓަކާ ވާދަ ކޮށް ދާދި ފަހުން އިންތިޚާބުން ބަލިވި ރިޕަބްލިކަން ޕާޓީގެ ލުއިޒިއާނާގެ ސެނެޓަރު ބިލް ކެސިޑީ ވިދާޅުވީ، "މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ޚާރިޖީ ސިޔާސަތުގައި ހެދި އެންމެ ބޮޑު ގޯސް،" ކަމަށެވެ.

ކޮންގްރެސްގައި އީރާނާ ދެކޮޅަށް ހަރުކަށި ފިކުރު ގެންގުޅުއްވާ ރިޕަބްލިކަން ޓެކްސަސް ސެނެޓަރު ޓެޑް ކްރޫޒް ވަނީ އީރާނަށް ދޭން ނިންމާފައިވާ 300 ބިލިއަން ޑޮލަރުގެ ފަންޑާ މެދު ސުވާލު އުފައްދާފައެވެ.

"އަހަރެމެން މަރާލަން ބޭނުންވާ ދީނީ ހަރުކަށި މޮޔައިންނަށް ބިލިއަނުން ޑޮލަރު ދިނުމަކީ ރަނގަޅު ޚިޔާލެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ރައީސަށް މި ދެވެނީ ވަރަށް ނުބައި ލަފައެއް،" ކްރޫޒް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ކުރީކޮޅު އެމެރިކާގެ އޮފިޝަލުން ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެއްބަސްވުމުގައިވާ ލިޔުންތައް ކިޔައިދެއްވަމުން ވަނީ، 300 ބިލިއަން ޑޮލަރުގެ ފަންޑުގެ ދަށުން އެމެރިކާއިން އީރާނަށް "އެއްވެސް ފައިސާއެއް" ދޭން ނުޖެހޭނެ ކަމަށް ބުނެފައެވެ.

މިސާލެއްގެ ގޮތުން އެއް އޮފިޝަލަކު ވިދާޅުވީ، އީރާނުން "ރަނގަޅަށް އުޅޭ ނަމަ"، އެމެރިކާގެ ހުއްދައާއެކު ޔޫއޭއީގެ ކުންފުނިތަކަށް އީރާނުގައި އިންޖީނުގެއެއް ފަދަ ތަންތަން ބިނާކުރެވިދާނެ ކަމަށެވެ.

ޖީ7 ސަމިޓުގައި ޓްރަމްޕް ވިދާޅުވީ، 300 ބިލިއަން ޑޮލަރުގެ ފަންޑުގެ ދަށުން އެމެރިކާއިން އީރާނަށް ފައިސާ ދޭ ކަމަށް ބުނާ ވާހަކައަކީ "ދޮގު ޚަބަރެއް" ކަމަށެވެ.

"އަހަރެމެން އެމީހުންނަށް ފައިސާއެއް ނުދެން. އެއިން އެއްވެސް އެއްޗެއް ނުދެން،" ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، ހަނގުރާމައިގެ ތެރޭގައި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އަހަރެމެންގެ ފައިސާއެއް ނޫން، އެއީ އެމީހުންގެ ފައިސާ. އަހަރެމެން އެ ފައިސާ ހިފެހެއްޓީ. ކޮންމެވެސް ވަގުތަކުން އަހަރެމެން އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން، އީރާނުގެ 1.7 ބިލިއަން ޑޮލަރުގެ ފައިސާ ކުރީގެ ރައީސް ބަރަކް އޮބާމާ ދޫކޮށްލެއްވުމުން ޓްރަމްޕް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވަނީ އޮބާމާގެ އެ އެއްބަސްވުން އުވާލާފައެވެ.

މިދަނޑިވަޅުގައި ޑިމޮކްރެޓުން ގެންދަނީ ޓްރަމްޕްގެ މި ސުލްހައިގެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނިއު ހެމްޕްޝަޔާގެ ސެނެޓަރު ޖީން ޝަހީން ބީބީސީއަށް ވިދާޅުވީ، މިއީ "ވަރަށް ގޯސް އެއްބަސްވުމެއް" ކަމަށާއި، އީރާނުން ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް (މިސާލަކަށް ހިޒްބުﷲ) ދޭ އެހީތެރިކަމާއި، އެ ގައުމުގެ މިސައިލް ޕްރޮގްރާމް ފަދަ މުހިންމު ކަންކަމަށް މި އެއްބަސްވުމުގައި ހައްލެއް ހޯދާފައި ނުވާ ކަމަށެވެ.

"ހަނގުރާމަ ފެށިއިރު ރައީސް ޓްރަމްޕް ކަނޑައެޅުއްވި އެއްވެސް މަގްސަދެއް މި އެއްބަސްވުމުން ހާސިލެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާ-އީރާންޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިމަސްޢޫދު ޕެޒެޝްކިއަންޖީ-7 ސަމިޓްހިޒްބުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

އައި.އީ.އޭ: ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވޭނެ

17 ޖޫން 2026
ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު