Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އީ-ކޮމާސް

ދުނިޔޭގެ އޮންލައިން ވިޔަފާރި: ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތެއް ދޭން ބޮޑު ހަރަދެއް ހިނގާ

ބައިނަލްއަޤްވާމީ އޮންލައިން މުއާމަލާތްތަކަކީ ބޭންކުތަކާއި ސެކިއުރިޓީ ނެޓްވޯކްތައް ހިމެނޭހެން ގިނަ ފަށަލަތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ވުމުން، މި ޚިދުމަތްތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް އިދާރީ ޚަރަދުތަކެއް ހިނގާ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ކުދި އިޤްތިޞާދުތަކުގައި ބޭރު ފައިސާގެ ތަދިކަމާއެކު މިފަދަ މުއާމަލާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގައި މާލީ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ. އެހެންކަމުން، އީކޮމާސް މުއާމަލާތްތަކުން ނެގޭ ފީތަކަކީ މުޅި ޕޭމަންޓް ޗެއިންގެ ހަރުދަނާކަން ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ޚަރަދުތަކެއް.

ރާއްޖެ އެމްވީ | 23 އެޕްރީލު 2026 | ބުރާސްފަތި 10:24
ބައިނަލްއަގުވާމީ އީކޮމާސްގެ ނިޒާމުގައި ބައިވެރިވާ ޕޭމަންޓް ގޭޓްވޭތަކާއި، ބޭންކުތަކާއި، ސެކިއުރިޓީ ނެޓްވޯކްތަކާއި، އޮންލައިން މުއާމަލާތްތަކުގައި ބޯޑަރު ހުރަސްކޮށް ފައިސާ ދައުރުވާ ގޮތް ދައްކުވައިދޭ ޑިޖިޓަލް އިމޭޖެއް.

ބައިނަލްއަގުވާމީ އީކޮމާސްގެ ނިޒާމުގައި ބައިވެރިވާ ޕޭމަންޓް ގޭޓްވޭތަކާއި، ބޭންކުތަކާއި، ސެކިއުރިޓީ ނެޓްވޯކްތަކާއި، އޮންލައިން މުއާމަލާތްތަކުގައި ބޯޑަރު ހުރަސްކޮށް ފައިސާ ދައުރުވާ ގޮތް ދައްކުވައިދޭ ޑިޖިޓަލް އިމޭޖެއް. | ރާއްޖެއެމްވީ

ބައިނަލްއަޤްވާމީ އޮންލައިން ވިޔަފާރި ނުވަތަ އީކޮމާސްއަކީ މިއަދު ދުނިޔޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބަޔެވެ. އޮންލައިންކޮށް ވިޔަފާރިކުރުން ފުޅާވަމުންދާއިރު، ޑިޖިޓަލް މުއާމަލާތްތަކަކީ އެއްވެސް ހަރަދެއް ހިނގައިގެން ނުވާނެ ކަމެއް ކަމަށްވެސް ބަޔަކު ގަބޫލުކުރެ އެވެ. ސަބަބަކީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި އޮންނަ ފަސޭހަތަކާއި ދެތިން ކްލިކަކުން ބޭނުންވާ އެއްޗެއް ނުވަތަ ތަކެއްޗެއްވެސް ގަނެލެވޭކަމެވެ. ނަމަވެސް، މި ފަސޭހަކަމުގެ ފަހަތުގައިވާ ހަގީގަތަކީ، އީ-ކޮމާސްގެ ނިޒާމުގައި ގިނަ ފަރާތްތަކެއް ބައިވެރިވެ، ބޮޑެތި އިންފްރާސްޓްރަކްޗަރތަކެއް އެކުލަވައިލާ، ތަކެތި ގަންނަ ފަރާތާއި ވިއްކާ ފަރާތަށް ރައްކާތެރިކަން ލިބޭ ގޮތަށް މި ނިޒާމު ފަރުމާކޮށް ތަރައްގީކޮށްފައިވުމެވެ. އެހެންކަމުން އެއްވެސް ޚަރަދަކާ ނުލައި މިކަން ކުރުމަކީ ނާދިރު ކަމެކެވެ.

 މުޢާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އިދާރީ ޚަރަދުތައް

 ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރިއެއް ކުރާއިރު އެއީ ވަގުތުން ހިނގާ ކަމެއްގެ ގޮތުގައި ފެނިދާނެ އެވެ. އަދި އެއީ ހަމައެކަނި ގަންނަ މީހާއާއި ވިއްކާ މީހާއާ ދެމެދު ހިނގާ ކަމެއް ނޫނެވެ. މީގެ ތެރޭގައި ބޭންކުތަކާއި، ޕޭމަންޓް ގޭޓްވޭތަކާއި، ސެކިއުރިޓީ ނެޓްވޯކްތައް ބައިވެރިވެ އެވެ. މި ކޮންމެ ފަރާތަކުން ފޯރުކޮށްދޭ ޚިދުމަތަށް އިދާރީ ގޮތުން ބޮޑެތި ހޭދަތަކެއް ހިނގަ އެވެ. ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސައިބަރ ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންކުރާ ސޮފްޓްވެއަރތަކާއި ސާވަރތައް ބެލެހެއްޓުމަކީ ބޮޑު އިދާރީ ޚަރަދެއް ހިނގާ ކަންކަމެވެ. މިއީ ބޯޑަރުތަކުން ބޭރުގައި މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގުޅިފައިވާ ނެޓްވޯކެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

އާންމުކޮށް އެންމެ މުއާމަލާތެއްގައި ވެސް ތިރީގައިވާ ފަރާތްތައް ބައިވެރިވޭ

  • ގަންނަ ފަރާތުގެ ކާޑު ދޫކޮށްފައިވާ ބޭންކް
  • ވިޔަފާރިވެރިޔާއަށް ފައިސާ ބަލައިގަތުމުގެ ޚިދުމަތްދޭ ބޭންކް
  • ކާޑު ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު)
  • ޕޭމަންޓް ޕްރޮސެސަރުން އަދި ގޭޓްވޭތައް
  • ބޭރު ފައިސާ ބަދަލުކޮށްދޭ ފަރާތްތައް
  • ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސް ނިޒާމުތައް

މިއިން ކޮންމެ ފަރާތަކުން ވެސް ކަށަވަރުކޮށްދެނީ އެ މުއާމަލާތަކީ ހުއްދަދެވިފައިވާ، ރައްކާތެރިކަމާއެކު ކުރިއަށްދާ އަދި ނިންމާލެވޭ މުއާމަލާތެއް ކަމެވެ. މި ގިނަ ފަށަލަތަކުގެ މައްޗަށް އެކުލެވޭ އޮނިގަނޑަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށްވުމުގެ ސަބަބުން ކޮންމެ މަރުހަލާއެއްގައި ވެސް ޚަރަދުތަކެއް އުފެދެ އެވެ. އެހެންކަމުން، މި ޚިދުމަތްތައް ދެމެހެއްޓުމަށްޓަކައި ކޮންމެވެސް މިންވަރެއްގެ ފީއެއް ނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 ފައިސާ ދައުރުވާ ގޮތް

 އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުން ކުރިއަށްދަނީ ތަރުތީބުކުރެވިފައިވާ މަރުހަލާތަކެއްގެ ތެރެއިންނެވެ.

މި މަރުހަލާ ތަކަކީ:

  • އޮތޮރައިޒޭޝަން – ކާޑު ދޫކޮށްފައިވާ ބޭންކުން މުއާމަލާތް ޔަގީންކޮށް ހުއްދަދެ އެވެ.
  • ކްލިއަރިންގ – މި މަރުހަލާގައި މާލީ މުއައްސަސާތަކުގެ މެދުގައި މުއާމަލާތުގެ މައުލޫމާތު ބަދަލުކުރެވެ އެވެ.
  • ސެޓްލްމަންޓް – މިއީ ފަހު މަރުހަލާއެވެ. މި މަރުހަލާގައި ފައިސާ ބަދަލުކުރެވެ އެވެ.

މީގެ ތެރޭގައި ގިނަ ފަހަރަށް އެއް ފައިސާއިން އަނެއް ފައިސާއަށް ބަދަލުކުރުން ހިމެނެ އެވެ. އެންމެ ގިނަ ހަރަދުތައް ހިނގަނީވެސް ސެޓްލްމަންޓް މަރުހަލާގަ އެވެ. މީގެ ތެރޭގައި ފޮރިން އެކްސްޗޭންޖް މާޖިންތަކާއި، ނެޓްވޯކް ޗާޖުތަކާއި، ޕްރޮސެސިންގ ފީތަކާއި، އަދި ރިސްކާ ގުޅުންހުރި ހަރަދުތައް ހިމެނެ އެވެ. މި ހަރަދުތައް އާންމުކޮށް ހިމެނިފައި ހުންނަނީ ގަންނަ ފަރާތުގެ އެކައުންޓުން އެންމެ ފަހުން ކެނޑޭ އަދަދުގައި ހިމެނިފަ އެވެ.

 ނިޒާމުގެ ތެރޭގައި ޚަރަދުތައް ހިމެނިފައިވާ ސަބަބު

 ބައިނަލްއަގުވާމީ އީކޮމާސް ބިނާވެފައިވަނީ ހަމައެކަނި ފައިސާ ދެއްކުމުގެ މަރުހަލާއަށްވުރެ މާ ފުޅާ އިންފްރާސްޓްރަކްޗަރއެއްގެ މައްޗަށެވެ.

މާލީ މުއައްސަސާތަކުން މެދުނުކެނޑި ތިރީގައިވާ ކަންކަމަށް އިންވެސްޓްކުރަން ޖެހޭ

  • ޕޭމަންޓް އިންފްރާސްޓްރަކްޗަރ – ތަފާތު ގައުމުތަކާއި ވަގުތުތަކުގައި އިތުބާރާއެކު މަސައްކަތްކުރާ ނިޒާމެއް ގާއިމުކުރުމަށް.
  • ސައިބަރ ލިކުއިޑިޓީ މެނޭޖްމަންޓް ނިޒާމުތައް – ތަފާތު ފައިސާތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް.
  • ސެކިއުރިޓީ ނިޒާމުތައް – މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކާއި ހަމަލާތަކުން ރައްކާތެރިވުމަށް.
  • ކޮމްޕްލަޔަންސް އޮނިގަނޑުތައް – މަނީ ލޯންޑަރިންގއާ ދެކޮޅަށް މަސައްކަތްކުރުމާއި ސެންކްޝަންތަކާ (ދަތިކުރުމުގެ ފިޔަވަޅު) ގުޅޭ ބައިނަލްއަގުވާމީ ގަވާއިދުތަކަށް އަމަލުކުރުމަށް.

މިފަދަ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތްތަކުގައި އިތުބާރާއި ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. މިކަންކަމަށް ހިނގާ ހިންގުމުގެ ހަރަދުތަކާއި ރެގިއުލޭޓަރީ ޑިމާންޑްތަކުގެ ސަބަބުން، އެއްވެސް ހަރަދަކާ ނުލައި ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަކީ ކުރިން ދެންނެވިހެން ކުރެވޭނެ ކަމެއް ނޫނެވެ. މި ނިޒާމަށް ބަލާއިރު، ބައިނަލްއަގުވާމީ އީކޮމާސް މުއާމަލާތްތަކާ ގުޅިފައިވާ ފީތަކަކީ ހަމައެކަނި އެއް މުއައްސަސާއަކަށް ލިބޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މި ފީތައް ބެހިގެންވަނީ މުޅި ޕޭމަންޓް ޗެއިންގެ ތެރެއަށެވެ.

 ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް

 އީކޮމާސްގެ އޮނިގަނޑަށް ހިނގާ ހަރަދުތައް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި މާ ބޮޑަށް ފާހަގަކުރެވެ އެވެ. އާބާދީ ކުޑަ ނަމަވެސް، ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި އީކޮމާސްގެ ޚިދުމަތްދޭ ބޭންކް އޮފް މޯލްޑިވްސްގެ ރެކޯޑްތައް ދައްކާ ގޮތުން ހަމައެކަނި އެ ބޭންކް މެދުވެރިކޮށް، ރުފިޔާއެކައުންޓުން ކާޑު ބޭނުންކޮށްގެން މަހަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އީކޮމާސް މުއާމަލާތް ކުރެވެ އެވެ. މާނައަކީ ބީއެމްއެލް އިން ކަސްޓަމަރުން ރުފިޔާއިން ކުރާ ޚަރަދު ޑޮލަރަށް ބަދަލުކޮށް، އެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ މަސްއޫލިއްޔަތު އަދާކޮށްދޭކަމެވެ. ދުނިޔޭގެ ބައެއް މަޝްހޫރު އީކޮމާސް ސައިޓްތަކަށް، އަބާދީއާ އަޅައިބަލާއިރު ރާއްޖެއަކީ އެ ސައިޓްތަކުގެ އެންމެ ލޯޔަލް ކަސްޓަމަރުން ތިބި ތަނެވެ. އެންމެ ރަނގަޅަށް މުއާމަލާތްތައް ހިންގާ އެއް ގައުމެވެ. މިކަމުގެ ސަބަބުން އެ ވިޔަފާރިތަކުގެ ޓާގެޓް މާކެޓަކަށް ރާއްޖެވަނީ ވެފަ އެވެ. މިއީ ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރި ހިންގާ ސައިޓްތަކަށް ރާއްޖެ ބަރާބަރުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ކުރިން މިދެންނެވި މިންވަރަށް މުއާމަލާތްތައް ހިންގުމަކީ ރާއްޖޭގެ މާލީ މުއައްސަސާތަކަށް، ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްއަށް، ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ބޭރުގެ ކޮންމެ ފައިސާގެ މުއާމަލާތަކަށް ބޭރު ފައިސާ ބޭނުންވާއިރު، ބީއެމްއެލްއަށް ޑޮލަރު ވިއްކޭނީ އެ ބޭންކަށް ޑޮލަރު ގަންނަން ނުވަތަ މާރުކުރަން ލިބޭ މިންވަރަކަށެވެ. އަދި މީގެ އިތުރުން މާލީ ނިޒާމުގެ ހަމަޖެހުން ހިފަހައްޓާ އުސޫލުތައް ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާޑު ނެޓްވާކްތަކާއި ޕާޓްނަރުންނާއެކު އަދާކުރަންޖެހޭ ފައިސާގެ ކޮމިޓްމަންޓްތައް ފުރިހަމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭން ޖެހެ އެވެ.

މާލީ ބާޒާރުތައް ފުޅާ ބޮޑެތި އިގްތިސާދުތަކާ ހިލާފަށް، ރާއްޖެފަދަ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކުޑަ ގައުމަކުން ބޭރަށް ފޮނުވާ ފައިސާގެ މިންވަރާއި، އަތުގައި ހުރި ބޭރު ފައިސާގެ ވަސީލަތްތަކާ ދެމެދު ވަރަށް ފަރުވާތެރިކަމާއެކު ބެލެންސް ހިފަހައްޓަންޖެހެ އެވެ. މީގެ ސަބަބުން ކުރެވޭ ކޮންމެ މުއާމަލާތަކަށް އިތުރު އުނދަގޫތަކާއި ޚަރަދުތަކެއްވެސް ކުރަންޖެހެ އެވެ.

 ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބީއެމްއެލްއިން ފީ ނަގާ އުސޫލު

  • ތައުލީމާއި، ބޭސްފަރުވާ ހޯދުން ފަދަ މުހިންމު ބޭނުންތަކަށް ފައިސާ ދެއްކުން - %5 އާ ހަމައަށް
  • އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ބޮޑެތި އަދަދުތަކުން ވިޔަފާރީގެ ބޭނުމަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ޓީމޫ ފަދަ ލިސްޓްކޮށްފައިވާ ސައިޓްތަކުން - %30 އާ ހަމަޔަށް.
  • އެހެނިހެން މުދަަލާއި ޚިދުމަތަށް ފައިސާ ދެއްކުމުން - %10 އާ ހަމަޔަށް.

 އީކޮމާސް: ފަސޭހަ، އެހެނަސް ދަމަހައްޓަން ޚަރަދު ހިނގާ ނިޒާމެއް

 ބައިނަލްއަގުވާމީ އީކޮމާސް ބިނާވެފައިވަނީ އެކި ގައުމުތަކުގެ މާލީ ނިޒާމުތަކާއި، ގަވާއިދުތަކާއި، އަދި ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ މައްޗަށެވެ. ކޮންމެ މުއާމަލާތަކީ ހަމައެކަނި ޑިޖިޓަލް ބަދަލުކުރުމެއް ނޫނެވެ. އެއީ އެކި ގައުމުތަކުގެ ގިނަ ފަރާތްތަކެއް ގުޅިގެން ހިންގާ ވަރަށް ބޮޑު މަސައްކަތެކެވެ. އެހެންކަމުން، މި ޚަރަދުތަކަކީ އިއްތިފާގަކުން ކުރިމަތިވާ ކަންކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އޮންލައިން ވިޔަފާރި ރައްކާތެރިކަމާއެކު އަދި ހަރުދަނާކޮށް ހިންގުމަށްޓަކައި އެކުލަވާލެވިފައިވާ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި، ސެކިއުރިޓީ ކަށަވަރުކުރުމަށާއި، އަދި އިޤްތިޞާދީ ރައްކާތެރިކަމަށްޓަކައި ކުރާ ޚަރަދަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ޚަރަދުތައް މުޅިން ނައްތާލުމަކީ އެ ނިޒާމު ރޫޅާލުމެވެ.

އީ-ކޮމާސްޑިޖިޓަލް މުއާމަލާތްބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

06 އެޕްރީލު 2026
ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

03 މާރިޗު 2026
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ޑިސެމްބަރު މަހު 1.9 މިލިއަން ރުފިޔާ ގެއްލުނު!

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ޑިސެމްބަރު މަހު 1.9 މިލިއަން ރުފިޔާ ގެއްލުނު!

10 ޖެނުއަރީ 2026
1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް

1 ހަފްތާ ތެރޭގައި 4 ލައްކަައަށްވުރެ ގިނަ ރުފިޔާ ހިމެނޭ ސްކޭމުގެ މައްސަލަތައް

08 ޖުލައި 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު